ads
ފޮޓޯ: އަވަސް
ވިޔަފާރިތަކަށް އެސްއެމްއީ ބޭންކުން 739 މިލިއަން ރުފިޔާގެ ލޯން ވަނީ ދޫކުރެވިފައި: ރައީސް
އެސްއެމްއީ ބޭންކްގެ ދަށުން 741 ވިޔަފާރިއަކަށް 739 މިލިއަން ރުފިޔާ ދޫކުރެވިފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެ އެވެ.

މިއަދު އޮތް ރިޔާސީ ބަޔާނުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވީ ގައުމެއްގެ އިގްތިސާދުގެ މައި ބަދައަކީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަށް ކަމަށެވެ. އަދި ރާއްޖޭގައި އާމްދަނީ އެއް ލިބޭ އުފެއްދުންތެރި މަސައްކަތް ކުރާ ފަރާތްތައް ވަރަށް ގިނަވެއްޖެކަން ރައީސް ވަނީ ފާހަގަ ކުރައްވާފަ އެވެ.

ރައީސް ވިދާޅުވީ މިއީ ދުޅަހެޔޮ ދިވެހި ކުރިމަގަކަށް އޮތް ވަރަށް ބޮޑު އުންމީދެއް ކަމަށެވެ. އަދި ކުރިން ވިޔަފާރިތަށް ހުއްޓާލަންޖެހެނީ އެކަމަށް އެހީތެރިވާނެ ބައެއް ނެތުމުން ކަމުގައ ވިދާޅުވި އެވެ.

"ކުރީގެ އާދައަކީ އުފެދުމަށް ފަހު އުވުން، ހުޅުވި މަސް ނޫން އަނެއް މަހު ބިއްލޫރިތަކުގައި ނޫސް ކަރުދާސް ހިއްޕާ ތަން ބަންދުކުރުން. މިކަން މިހެން ހިނގަނީ މި ދެންނެވި ވިޔަފާރިތައް ލައިގަންނަނާނެ މުގުލެއް ނެތުމުން."

މިކަމަށް ބޭނުންވާ ފިޔަވަޅު މި ސަރުކާރުން އަޅާފައިވާ ކަމަށާއި އެއީ އެސްއެމްއީ ބޭންކް ކަމަށް ރައީސް ވިދާޅުވި އެވެ. މީގެ އިތުރުން ރައީސް ވިދާޅުވީ އެސްއެމްއީ ލޯން ދޫކުރުން ބޭނުންވާ އަމާޒަށް އަދި ނުދެވުނަސް އެކަން ދަނީ އިތުރަށް ފަހިވަމުން ކަމަށެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ފުރަތަމަ ރިޔާސީ ބަޔާނުގައި ވިދާޅުވެފައިވާ ގޮތުގައި ސަރުކާރުގެ ވިސްނުމަކީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ސަރުކާރުގެ ކުންފުނިތައް ނުވަދެ އެ ކުންފުނިތަކަކީ ރައްޔިތުންނަށް ބޭނުންވާ އަސާސީ ހިދުމަތްތައް ފޯރުކޮށްދޭ އަދި ބޮޑެތި މަޝްރޫއުތައް ހިންގާ ކުންފުނިތަކަށް ހެދުމެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް