ads
ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފް
މެލޭޝިއާގައި މަރުވި ކުޑަ ކުއްޖާގެ އާއިލާއާ ޝިދާތާ ބައްދަލުކުރައްވައިފި
މެލޭޝިއާގެ އުސް އިމާރާތެއްގެ މަތިން ވެއްޓި މަރުވި ދިވެހި ކުއްޖާގެ އާއިލާއާ، ރާއްޖޭގެ ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފް ބައްދަލުކުރައްވައިފި އެވެ.
މެލޭޝިއާގެ އުސް އިމާރާތެއްގެ މަތިން ވެއްޓި މަރުވި ދިވެހި ކުއްޖާގެ އާއިލާއާ، ރާއްޖޭގެ ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފް ބައްދަލުކުރައްވައިފި އެވެ.

އުމުރުން ތިން އަހަރުގެ ފިރިހެން ކުއްޖާ އިއްޔެ މަރުވީ މެލޭޝިއާގެ ވެރިރަށް، ކުއާލަލަންޕޫރުގެ އުސް އިމާރާތެއްގެ 14 ވަނަ ބުރީގެ ބެލްކަނިން ބިންމައްޗަށް ވެއްޓި ލިބުނު ބޮޑެތި އަނިޔާތަކަކާ ގުޅިގެންނެވެ.

މަރުވި ކުއްޖާގެ އާއިލާއާ މިނިސްޓަރު ޝިދާތާ ބައްދަލުކުރެއްވީ މިއަދުގެ ވަގުތެއްގަ އެވެ.

މެލޭޝިއާގައި ކުރިއަށް ދިޔަ މިބައްދަލުވުމުގައި މިނިސްޓަރު ޝިދާތާ ވަނީ މަރުވި ކުއްޖާގެ އާއިލާއަށް ތައުޒިޔާ ވިދާޅުވެފައި ކަމަށް ޖެންޑާ މިނިސްޓްރީން ވަނީ ބުނެފަ އެވެ.

މިނިސްޓަރު ޝިދާތާ އާއިލާއާ އެކު މެލޭޝިއާ އަށް ވަޑައިގަތީ ޗުއްޓީ އަކަށް ކަމަށް އެނގިފައިވެ އެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް