ads
ބޭކަރީ ސްޓައިލް ބިސްކޯދު
ބިސްކޯދު ތައްޔާރުކޮށްލަން މި އޮތީ ފަސޭހަ ގޮތެއް!
ބޭކަރީ ސްޓައިލް ބިސްކޯދު ތައްޔާރު ކޮށްލަން ބޭނުން ނަމަ މިއޮތީ މިބިސްކޯދު ތައްޔާރު ކޮށްލުމަށް ފަސޭހަ ގޮތެކެވެ.

މިއީ ހެނދުނު ސަޔަށް ވެސް އަދި ހަވީރު ސަޔަށްވެސް ހަމަ ކަމުދާ މީރު ބިސްކޯދެކެވެ. ކޮވިޑްގެ މި ހާލަތުގައި ބޭރު ތެރެއިން ކާބޯތަކެތި ގަތުމުގެ ބަދަލުގައި، ގޭތެރޭގައި ތައްޔާރު ކޮށްލަން ފަސޭހަ އަދި ކުޑަވަގުތު ކޮޅެއްގެ ތެރޭގައި، ތައްޔާރު މީރު ބިސްކޯދެކެވެ.

ތައްޔާރު ކުރަން ބޭނުންވާ ސާމާނު:

3/1 އެއްބައި ޖޯޑް ޝުގާ (ދޯބުރާލި)

2/1 އޮއިލް

1 ޖޯޑް ފުށް

2/1 ބޭކިންގް ޕައުޑާ

4/1 ސެމޮލީނާ (ސޫޖީ)

1 ބިސް

ސެސެމީ ސީޑްސް ( މައްޗަށް ވިއްސާލުމަށް)

ތައްޔާރު ކުރާނެ ގޮތް:

ހެޔޮވަރު ތައްޓަކަށް ޝުގާ އެޅުމަށް ފަހު، ތެޔޮ އަޅާނީ އެވެ. އަދި ރަނގަޅަށް މިކްސް ވަންދެން ހޭންޑް މިކްސްއާ އަކުން މިކްސް ކުރާނީ އެވެ. އެއަށް ފަހު ބިހާއި، ސެސެމީ ސީޑްސް ފިޔަވާ، އެހެން ހުރިހާ އެއްޗެއް އަޅާ ރަނގަޅަށް ފުށްގަނޑު މޮޑެލާނީ އެވެ. މޮޑުނު ފުށްގަނޑުން އެއްވަރު ސައިޒަކަށް ގުޅަ ކެނޑުމަށް ފަހު، އަތްތިލައިގެ މަތީގައި ބާއްވާ ސާކަލްއެއްގެ ޝޭޕަށް ވަށް ކުރުމަށް ފަހު، ބޭކިންގް ޓްރޭގައި ފަތުރާލާށެވެ. އެއަށް ފަހު، ގިރާފައި ހުރި ބިސް ބިސްކޯދު މަތީގައި އުނގުޅާ ލާށެވެ. އަދި ސެސެމީ ސީޑްވެސް ވިއްސާލާށެވެ. 180 ޑިގްރީ އަށް އަވަން ޖެއްސުމަށް ފަހު،  ބޭކިންގް ޓްރޭ އަވަނަށް ލާށެވެ. އަދި 15 މިނެޓް ވަންދެން ރަނގަޅަށް ފިހެލާށެެވެ.

މިހާރު ތި ހުރީ ބިސްކޯދުތައް ތައްޔާރުކޮށް ނިމިފައެވެ. ނިކަން ތައްޔާރު ކޮށްލުމަށް ފަހު އަޖުމަ ބަލާލާށެވެ.

80%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
20%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް