ads
ފުޑް ބޭންކް ރެސްޓޯރަންޓް
ފުޑް ބޭންކް ރެސްޓޯރަންޓް ރިޒާވްކޮށް، ފައިސާ ބަހާކަމަށް ބުނެ މައްސަލަ ހުށަހަޅައިފި
އެމްޑީޕީން ފުޑް ބޭންކު ރެސްޓޯރަންޓް ރިޒާވްކޮށްގެން ފައިސާ ބަހަމުންދާކަމަށް ބުނާ މައްސަލައެއް އިދިކޮޅު ޕީޕީއެމްގެ ފަރާތުން އިލެކްޝަން ކޮމިޝަނަށް ހުށަހަޅައިފި އެވެ.

ޕީޕީއެމްގެ ތަރުޖަމާން ހީނާ ވަލީދު ވިދާޅުވީ، އެމައްސަލަ އިލެކްޝަން ކޮމިޝަނަށް ހުށަހަޅާފައިވަނީ މިހާރު ކުރިއަށްދާ ށ. ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަނުގެ ވޯޓަށް ނުފޫޒު ފޯރުވުމަށް އެމްޑީޕީން މުޅި އެ ރެސްޓޯރަންޓް ރިޒާވްކޮށްފައިވާތީ ކަމަށެެވެ.

އިސްކަންދަރު ސްކޫލު ކައިރީ ހުންނަ އެ ރެސްޓޯރަންޓްގެ ބޭރުގައި “އޯޕަން” ބޯޑާއިއެކު “އެމްޑީޕީ އޮންލީ” ޖަހާފައިވާ ކަރުދާސް ގަނޑެއްވެސް ވަނީ ހިއްޕާފައެވެ.

your imageފުޑް ބޭންކް ރެސްޓޯރަންޓް

މާލޭގައި ވޯޓު ލާން ދާ މީހުންނަށް، އިސްކަންދަރު ސްކޫލު ކުރިމަތީގައި ހުރި އެމްޑީޕީގެ ޖަގަހަ އަކަށް ވައްދައި، ފައިސާ ދޭ ކަމުގެ ތުހުމަތުކޮށް ޕީޕީއެމްގެ ސަޕޯޓަރުން އެސަރަހައްދުގައިވެސް ވަނީ ހިތްހަމަ ނުޖެހުން ފާޅުކޮށްފައެވެ.

މި ޖަގަހަ އެމްޑީޕީން ގާއިމުކޮށްފައިވަނީ އިސްކަންދަރު ސްކޫލު ކުރިމަތީގައި ހުންނަ މއ. ސެމީޑީލްގެ ފުރަތަމަ ފަންގިފިލާގައެވެ.

ހީނާ ވިދާޅުވީ، އެމްޑީޕީން އެތަނުގައި ޖަގަހަ ހަދާފައިވާތީ، މިހާރު އެތަނުގެ ދެވަނަ ފަންގިފިލާގައި އެޕާޓީގެ ޖަގަހައެއްވެސް ގާއިމުކޮށްފައިވާނެ ކަމަށެވެ.

އަދި އެތަނުން ވޯޓުލުމާއި ގުޅޭ ކަންކަން އިންތިޒާމް ކުރެވިގެން ދާނެ ކަމަށެެވެ.

75%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
25%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް