ads
ކޮރޯނާ ވައިރަހާ ގުޅިގެން ޑެންމާކުގެ ނޫހެއްގައި ޝާއިއު ކުރި ކާޓޫން-- ފޮޓޯ: ފްރާންސް 24
ޑެންމާކުގެ ކޮރޯނާ ވައިރަސް ކާޓޫނާ މެދު ޗައިނާއިން ހިތްހަމަނުޖެހިއްޖެ
ކޮރޯނާ ވައިރަހާ ގުޅިގެން ޑެންމާކުގެ ނޫހެއްގައި ޝާއިއު ކުރި ކާޓޫނެއްގެ މައްސަލާގައި ޗައިނާއިން ހިތްހަމަނުޖެހިއްޖެ އެވެ.

"މަންޑޭ" ނޫހުގެ ޖެހި އެ ކާޓޫނުގައި ވަނީ ޗައިނާ ދިދައިގައިވާ ފަސް ރަން ތަރީގެ ބަދަލުގައި ނުރައްކާތެރި ކޮރޯނާ ވައިރަސް ކުރަހާފަ އެވެ. 

ނީލްސް ބޯ ބޮޖެސެންގެ އެ ކާޓޫނަކީ ޗައިނާއަށް ފުރައްސާރަ ކުރުން ކަމަށް ބުނެ، މައާފަށް އެދުމަށް ޑެންމާކުގައި ހުންނަ ޗައިނާ އެމްބަސީން ވަނީ އެ ނޫހާއި ކާޓޫނިސްޓުގެ ކިބައިން އެދިފަ އެވެ. 

ނަމަވެސް "މަންޑޭ" ނޫހުން ވަނީ މައާފަށް އެދުމަށް ދެކޮޅު ހަދާފަ އެވެ.

މީގެ ކުރިން 2005 ވަނަ އަހަރު ކީރިތި ރަސޫލާގެ ސޫރައިގައި ކާޓޫނެއް ކުރެހި މައްސަލާގައި ވެސް މުސްލިމުން ޑެންމާކާ މެދު ހިތްހަމަނުޖެހުނެވެ. 

މިފަހަރު ޗައިނާއިން މައްސަލަ ޖެއްސުމުން ޑެންމާކުގެ ބޮޑުވަޒީު މެޓް ފްރެޑެރިކްސަން ވިދާޅުވީ ހިޔާލު ފާޅު ކުރުމުގެ މިނިވަންކަން ޑެންމާކުގައި އޮންނަ ކަމަށެވެ. 

22%
ކަމުގޮސްފި
22%
އަޑުއެހިތާ މިހުރީ
56%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް