"ނާޗީ ނާޗީ" ނަމަކަށް ކިޔާ އެލަވައިން ފެނިގެންދަނީ ޝްރައްދާ ކަޕޫރާއި ވަރުން ދަވަން އަދި ނޯރާ ފަތޭހީއެވެ. ފޯރި ގަދަ މިލަވައިން ވާދަވެރިކަމެއް ފެނިގެންދާއިރު ގިނަ ބަޔަކަށް ވަނީ އެ ލަވަ ކަމުގޮސްފައެވެ.
ފިލްމުގައި އެ ތިން ފަންނާނުންގެ އިތުރުން ޕްރަބޫދޭވާ އާއި ރާގަވް އާއި ޕުނިތް އަދި ދަރުމޭޝް ފެނިގެންދާނެ އެވެ. ޕްރަބޫދޭވާ އާއި ރާގަވް އާއި ޕުނިތް އަދި ދަރުމޭޝް ވަނީ އޭބީސީޑީގެ ފުރަތަމަ ބައިން އަދި ދެވަނަ ބައިން ވެސް ފެނިފަ އެވެ.
މި ފަންނާނުންގެ އިތުރުން ބޮލީވުޑަށް އަލަށް ތައާރަފުވާ ސަކްތީ މޯހަން ވެސް ފެނިގެންދާނެ އެވެ.
ފިލްމު ނެރުމަށް ހަމަޖެހިފައިވަނީ މިމަހުގެ 24 ވަނަ ދުވަހު އެވެ. ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި ފިލްމަށް "އޭބީސީޑީ 3" ނުކީ ނަމަވެސް އެއީ ޑާންސް ސީރީޒް "އޭބީސީޑީ"ގެ ތިންވަނަ ބައެވެ.