
ހަށިގަނޑުގެ އެތެރޭގެ އެކި ގުނަވަންތައް ކައިރީ އުފެދިފައި ހުންނަ މި ކަހަަލަ ފެޓް ތަކުގެ ބޭނުމަކީ ހަށިގަނޑަށް ހަކަތަ ބޭނުންވާ ވަގުތުތަކުގައި ހަކަތަ ފޯރުކޮށްދިނުމެވެ. ނަމަވެސް މާ ގިނައިން މި ފެޓް ހަށިގަނޑުގައި އިތުރުވާނަމަ އޭގެ ބޭނުން ހިފޭލެއް މަދުވެގެން ދާނެއެވެ. މީގެ ސަބަބުން ދިމާވާ އެންމެ ބޮޑު ގެއްލުމަކީ އިންފްލެމޭޝަން އަށް މަގުފަހިވާ ޕްރޮޓީން އާއި ހޯމޯންސް ލީކްވާން ފެށުމެވެ. މީގެ ސަބަބުން ބަލިތައް ޖެހުމުގެ ފުރުސަތު ބޮޑުވެގެން ދެއެވެ.
ނަމަވެސް މިއީ ހައްލެއް ނެތް ކަމެއް ނޫނެވެ. ސަޕްލިމެންޓެއްގެ ގޮތުގައި ކެއުމަށް ބޭނުން ކުރެވޭ ގަހަކުން ހަށިގަނޑުން ފެޓް ފިލުވައިލުމަށް އެހީތެރިވެދެއެވެ.
ޖިމްނެމަ ސިލްވެސްޓާ ނުވަތަ ގުރްމަރް ނަމަކަށް ކިޔާ މިގަހަށް އެންމެ ބޮޑު މަޝްހޫރު ކަމެއް ލިބެނީ އޭގައިވާ ޑައިބެޓިކްސް އާއި ދެކޮޅަށް މަސައްކަތް ކުރާ ކޮލެޓީތަކުގެ ސަބަބުންނެވެ. ނަމަވެސް "ވަން ލައިން ރިސާޗް"ގައި ވާގޮތުން މި ގަހަކީ ކާ ހިތްވާލެއް މަދުކޮށްދީ ބަރުދަން ލުއި ކުރުމަށް އެހީތެރިވެދީފާނެ ގަހެެކެވެ.
ޑްރަގް ރިސާޗްގެ ޝާއިއުކޮށްފައިވާ ކޮމްޕަރޭޓިވް ސްޓަޑީ އެއްގައި ދިރާސާކުރާ ފަރާތްތަކުން ވަނީ ވިސެރަލް ފެޓް(ބަނޑުގެ އެންމެ އަޑީގައި ފޮރުވިފައި ހުންނަ ސަރުބީ) އަދި ކޮލެސްޓްރޯލް ހިމެނޭ ގޮތަށް މި ގަހުގެ ސަބަބުން ބަލިތަކަށް ކުރާ އަސަރުތައް ދިރާސާކޮށްފަ އެވެ.
ތިން ހަފުތާގެ މުއްދަތަށް ކުރިއަށް ދިޔަ މި އެކްސްޕެރިމެންޓުން ދައްކުވައިދިނީ ގުރްމަރްގެ ފެނުގެ ސަބަބުން ހަށިގަނޑުގެ ބަރުދަން ކާމިޔާބުކަމާއެކު ދަށްކުރެވިދާނެކަމެވެ.
ރިސާޗަރުންގެ ވާހަކަ ނިންމާލަމުން ބުނެފައި ވަނީ "މި ދިރާސާގެ ނަތީޖާއިން ދައްކާ ގޮތުގައި ޖިމްނެމާ ސިލްވެސްޓާ އިން ނެރޭ ފެނުގައި އެންޓި އޮބޭސިޓީ އަސަރު ހުރެއެވެ."
ޑައިބެޓީސް، އޮބޭސިޓީ އަދި މެޓަބޮލިޒަމް ޖާނަލްގައި ޝާއިއުކޮށްފައިވާ ދިރާސާއެއްގައި ވެސް މި ހޯދުންތައް ތަކުރާރުކޮށްފައިވެއެވެ.
އާދައިގެ ގޮތެއްގައި އޮބިސިޓީ ހުންނަ 60 މީހުން މި ގަހުގެ ފެން ބޭނުން ކުރުމަށްފަހު ކާނާ ކެއުން މަދުވެ، ހަށިގަނޑުގެ ބަރުދަން 5-6 އިންސައްތަ ދަށްވިކަން ވަނީ ފާހަގަވެފައެވެ.
އެންޓި-ޑައިބެޓިކް އަދި އެންޓި-އޮބޭސިޓީ އިފެކްޓްސްގެ އިތުރުން، ކޮލެސްޓްރޯލް ލެވެލް ވެސް މި ފެނުގެ ސަބަބުން ވަރަށް ބޮޑަށް ދަށްވާ ކަން ދިރާސާކުރި ފަރާތްތަކުން ވަނީ ފާހަގަކޮށްފައެވެ.
މި ފެނުގެ ސަބަބުން އެލްޑީއެލް ނުވަތަ "ނުބައި" ކޮލެސްޓްރޯލްގެ ލެވެލްތައް ވަކިން ހާއްސަކޮށް ދަށްވެ، ޓްރައިގްލައިސެރައިޑްސް ލެވެލް 19 އިންސައްތައާއި 20.2 އިންސައްތައަށް ދަށްވިއެވެ. މީގެ އިތުރުން ފައިދާހުރި ހަށިގަނޑަށް ގެއްލުންދެނިވި ލިޕިޑްތައް ނައްތާލުމަށް އެހީތެރިވެދޭ އެޗްޑީއެލް ކޮލެސްޓްރޯލްގެ ލެވެލް 22 އިންސައްތަ މަތިކޮށްދެއެވެ.
ބައެއް ކަހަލަ ކާބޯތަކެތި ކާ ހިތްވާލެއް މަދުކޮށްދިނުމުގެ ސަބަބުން ބަރުދަން ލުއިކުރުމަށް ގުރްމާރް ގެ އެހީ ލިބޭ ކަމަށް ފާހަގަކުރެވިފައިވެއެވެ.
ވެލްނެސް ސައިކޮލޮޖިސްޓެއް ކަމަށްވާ ލިވާ ކުބިލިއުޓޭ ތަފްސީލުކޮށްދެއްވި ގޮތުގައި "ގުރްމަރް އަކީ ވަރަށް ކާ އެއްޗެހި ކާހިތް ވާލެއް މަދުކޮށްދިނުމުގެ އިތުރުން ލޭގައި ހަކުރު އެކުލެވިގެންވާ މިންވަރުވެސް ދަށްކޮށްދޭ އެއްޗެކެވެ."
އޭގެ ފަތް ހަފައިގެން ވެސް ނުވަތަ ބޯ އެއްޗެއްގެ ގޮތުގައި ހަދައިގެންވެސް ބޭނުންކުރެވިދާނެއެވެ.
ގުރްމާރް އިން ފާހަގަކޮށްލެވޭ އަނެއް މުހިންމު ކަމަކީ އޭގެން ފޮނި އެއްޗެހި ކާ ހިތްވާލެއް މަދުކޮށްދިނުމެވެ.
މިކަން ހާމަކޮށްފައިވަނީ ޖިމްނޭމާ ސިލްވެސްޓާ އެކްސްޓްރެކްޓްގެ އޯރަލް އެޕްލިކޭޝަން ގެ ސަބަބުން ކާބޯތަކެތީގެ "ސްވީޓްނެސް ޕާސެޕްޝަން" ދެބައިކުޅަ އެއްބަޔަށް ދަށްކުރެވިފައިވާކަމަށް ފިޒިއޮލޮޖީ އެންޑް ބިހޭވިއަ ޖާނަލްގައި ޝާއިއުކޮށްފައިވާ ވަރަށް ކުރީގެ ދިރާސާއެއްގައެވެ.
ފޮނި ކާއެއްޗެހީގެ ރަހަ ބެލުމަށް ހުންނަ ޓޭސްޓް ބަޑްތައް ބަންދުވުމުގެ ސަބަބުން ކެލޮރީ ދަށްވެގެންދެއެވެ. މީގެ ސަބަބުން ބަރުދަން ލުއި ކޮށްލުމަށް މަގުފަހިވެގެންދެއެވެ.
ސިއްހީ މާހިރުން ލަފާ ދެނީ ވިސެލް ފެޓް ރަނގަޅަށް ގެއްލުވާލުމަށް، ރަނގަޅު ޑައެޓް އެއް ގެންގުޅުމުގެ އިތުރުން ދުވާލަކު މަދުވެގެން ބައި ގަޑިއިރުގެ ކަސްރަތުކުރުމަށެވެ. ގިނައިން ނުކައި ކަސްރަތު ނުކުރެވޭ މީހުން މަދުން ކެއުމަށް މަސައްކަތް ކުރަން ޖެހެއެވެ. ފެޓްގެ މިންވަރު ދަށްކުރުމަށް ހަށިގަނޑަށް ނެގެޓިވް އެނާޖީ ބެލެންސް އެއް ބޭނުންވާތީ މިއީ ކޮންމެހެން ކުރަންޖެހޭ މުހިންމު ކަމެކެވެ.