އާދިއްތަ ދުވަހުގެ ރޭ ކުޅުނު ފައިނަލް މެޗު ސެނެގާލުން ކާމިޔާބުކުރީ ޕެނަލްޓީ ޖަހައިގެން ހަތަރު ލަނޑު ދެ ލަނޑުންނެވެ. ކެމަރޫންގެ އޮލެމްބޭ ސްޓޭޑިއަމްގައި ކުޅުނު މެޗުގައި ޕެނަލްޓީ ޖަހަން ޖެހުނީ ފުރިހަމަ ވަގުތާއި އިތުރު ވަގުތުގައިވެސް ދެ ޓީމުން ކުރެ ޓީމަކަށް ލަނޑެއް ނުޖެހުމުންނެވެ.
ޕެނަލްޓީ ޖަހައިގެން 4-2 އިން މިސްރު ބަލިކޮށް ސެނެގާލުން ފުރަތަމަ ފަހަރަށް އެފްރިކާގެ ޗެމްޕިއަންކަން މިރޭ ހޯދައިފި އެވެ. ޗެމްޕިއަންކަން ހޯދި ސެނެގާލްވަނީ ދެހާސް ނަވާރަވަނަ އަހަރުގެ ފައިނަލުގައި އަލްޖީރިއާ އަތުން ޕެނަލްޓީން ބަލިވެފައެވެ.