ads
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް
އެއާޕޯޓުގައި ހިނގި އެކްސިޑެންޓެއްގައި މުވައްޒަފެއްގެ އަތް ބިނދިއްޖެ
ވެލާނާ އިންޓަނޭޝަލަން އެއާޕޯޓްގައި ހިނގި ހާދިސާއެއްގައި އެތަނުގެ މުވައްޒަފެއްގެ އަތް ބިނދިއްޖެ އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މިހާދިސާ ހިނގުމަށް މެދުވެރިވީ، ފްލައިޓުން މުދާ ބާލަން އުޅެނިކޮށް ރޭމްޕު ތެރޭ މުވައްޒަފުގެ އަތް ތާށިވުމުގެ ސަބަބުންނެވެ. 

މިކަމާއި ގުޅިގެން ސީއެންއެމް އަށް މައުލޫމާތު ދެމުން އެމްއޭސީއެލްގެ އޮފިޝަލަކު ވިދާޅުވީ އޭނާގެ އަތް ބިންދައިގެން ދިޔައީ، އެއާޕޯޓްގައި އޮތް ސްރީލަންކަން އެއާލައިންގެ ފްލައިޓް އަކުން ލަގެޖްތައް ބާލަން އުޅުމުގެ ތެރޭގައި އޭނާގެ އަތް ރޭމްޕުގައި ތާށިވުމުގެ ސަބަބުން ކަމަށެވެ. 

މީގެ އިތުރުން އެހެން އެއްވެސް އަނިޔާއެއް އޭނާއަށް ވެފައި ނުވާ ކަމަށާއި، އަނިޔާ ލިބުނު މުވައްޒަފަށް މިހާރު ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަ ކަމަށްވެސް އޮފިޝަލް ވަނީ މައުލޫމާތު ދީފައެވެ. 

އެތަށް ހާސް ބަޔަކަށް ހިދުމަތް ދެމުން އަންނަ އެއާޕޯޓުގައި ފަހަކަށް އައިސް ނުރައްކާތެރި ހާދިސާތައް ހިނގުންވަނީ ގިނަވެފައެވެ. އެކަމާއި ގުޅިގެން ބައެއް މުވައްޒަފުން ވަނީ ރައްކާތެރި މާހައުލެއް އެއާޕޯޓްގައި ގާއިމް ކޮށްދިނުމަށް އެކުންފުނީގައި އެދިފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް