ތިރީގައި ބަޔާންކޮށްފައި މިވަނީ އެބޮޓް، ނިއުޓްރިޝަން މެޑިކަލް އެންޑް ސައިންޓިފިކް އެފެއާޒްގެ އެސޯސިއޭޓް ޑިރެކްޓަރު ގަނޭޝް ކަދޭ، ނަގާފައިވާ ލޭގައި ހަކުރުގެ މިންވަރު އަބަދު ވެސް ހިފެހެއްޓޭނެކަން ކަށަވަރުކޮށްދޭނެ ކާބޯތަކެތީގެ 10 ބާވަތެކެވެ. Please
ހުރިހާ ވައްތަރެއްގެ ތޮޅި
ލެންޓިލްސް، ކިޑްނީ، ކަޅު ނުވަތަ ޗިކްޕީ ތޮޅި ތަކަކީ އޭގައި ގްލައިސިމިކް އިންޑެކްްސް މަދު އެއްޗެކެވެ. އެހެންކަމުން އޭގެން ކާބޯހައިޑްރޭޓްސް ލިއްބައިދޭ މިންވަރު އިތުރުވުމުގެ ސަބަބުން ލޭގައި ހަކުރު އުފެދޭ މިންވަރު ދަށްކޮށްދެއެވެ. ދާދި ފަހުން ކުރި ދިރާސާއަކުން އެނގުނު ގޮތުގައި ލޯ ގްލައިސިމިކް ޑައިޓެއްގެ ދަށުން ތިން މަސް ވަންދެން ދުވާލަކު އެއް ތަށި ބީންސް ކެއުމަކީ (ހީމޮގްލޮބިން އޭ1ސީ) އެޗްބީއޭ1ސީ ލެވެލް ދެބައިކުޅަ އެއްބައި ޕަސަންޓަށް ދަށްވާ ކަމެކެވެ. މީގެ ސަބަބުން ބީންސް އަކީ ކިހާ ފައިދާ ހުރި އެއްޗެކަން އެނގިގެންދެއެވެ.
އާފަލު
ޑައިބެޓިކް މީލް ޕްލޭނެއްގައި މޭވާއަށް އެއްވެސް ޖާގައެއް ނެތް ކަމަށް ހީކޮށްފާނެއެވެ. ނަމަވެސް އާފަލަކީ އޭގައި ގްލައިސިމިކް މިންވަރު އެކުލެވިގެންވާލެއް މަދު އެއްޗެކެވެ. ދަށް ނުވަތަ މެދު މިނުގައި ގްލައިސިމިކް އިންޑެކްސްގެ މިންވަރު އެކުލެވިގެންވާ ކާނާ ތަކަކީ ލޭގައި ހަކުރު ހުންނަ މިންވަރު މެނޭޖްކުރުމަށް ކެއުމަށް މުހިންމު އެއްޗެކެވެ. ދުވާލަކު އާފަލެއް ކެއުމަކީ އޭގެ ފައިދާ ބޮޑު ކަމެކެވެ. ސަބަބަކީ އޭގައި ފައިބަރު އެކުލެވިގެންވާ މިންވަރު މަތިވުމުގެ އިތުރުން ވިޓަމިން ސީ ހިމެނުމާއި އަދި ފެޓް ފްރީ އެއްޗަކަށް ވުމެެވެ. އާފަލަކީ ކާލަން ފަސޭހަ އަދި ތަންތަނަށް ދާއިރު ހިފައިގެން ގެންދިއުމަށް ނުހަނު ފަސޭހަ އެއްޗެކެވެ.
އަލްމަންޑް
މި ނަޓްސް އަކީ މެގްނީޒިއަމް އިން މުއްސަނދިވެފައިވާ، ހަށިގަނޑުގައި އިންސިއުލިން ބޭނުން ކުރުމުގައި ވަރަށް ރަނގަޅަށް އެހީތެރިވެދޭ މިނަރަލް އެކެވެ. ލޭގައި ހަކުރު އެކުލެވިގެންވާ މިންވަރު ބެލެންސް ކުރުމަށްޓަކައި އަލްމަންޑްތައް ކެއުމުގައި އިތުރު ކުރެވޭތޯ ބަލާށެވެ. މީގެ އިތުރުން އަލްމަންޑް އަކީ މޮނޮއަންސެޗުރޭޓެޑް ފެޓީ އެސިޑް، ޕްރޮޓީން، އަދި ފައިބަރު ގިނަ އެއްޗަކަށް ވުމުން، މިއީ ލޭގައި ގްލޫކޯޒް އެކުލެވިގެންވާ މިންވަރު މެނޭޖްކުރުމަށް އެހީތެރިވެދޭ ވަރަށް ރަނގަޅު އެއްޗެކެވެ.
ބޯވެލި (ސްޕިނެޗް)
މި ފެހި ކުލައިގެ ތަރުކާރީގައި ކައްކާފައި ހުންނަ ކޮންމެ ތަށްޓެއްގައިވެސް 21 ކެލޮރީސް ހުންނަ އިރު މިއީ ލޭގައި ހަކުރު އެކުލެވޭ މިންވަރަށް ބޭނުންތެރި މެގްނީޒިއަމް އާއި ފައިބަރުން ފުރިފައިވާ ތަރުކާރީއެކެވެ. މީގެ އިތުރުން، ބޯވެލި އަކީ ހުހާ ވެސް ކާލެވޭ އަދި އޮލިވް އޮއިލް އާއި އެކުވެސް ނުވަތަ އެންމެ ކާހިތްވާ ކެއުމަކާއި އެކުވެސް ކާލެވޭ އެއްޗެކެވެ.
އިސްބަގޫލު
ބަރުދަން ލުއިކުރުން ނުވަތަ މެނޭޖްކުރުމަކީ ލޭގައި ހަކުރު އެކުލެވިގެންވާ މިންވަރު ރަނގަޅުކުރުމަށް ކުރެވިދާނެ އެންމެ ރަނގަޅު އެއް ކަންތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ. އިސްބަގޫލަކީ އެކަމަށް އެހީތެރިވެދީފާނެ އެއްޗެކެވެ. ދިރާސާއެއްގައި ދައްކާ ގޮތުން ހަކުރު ބަލި ހުންނަ މީހުން ހަ މަސް ވަންދެން ކެލޮރީ ކޮންޓްރޯލް ކުރާ ޑައިޓަކަށް ގާތްގަނޑަކަށް އިސްބަގޫލުގެ މުށެއްހާމިން އިތުރު ކުރުމުން އެމީހުންގެ ބަރުދަނުގެ ހަތަރު ޕައުންޑް ދަށްވެގެންދިޔައެވެ. ފައިބަރު އެކުލެވިފައި ހުރުމުގެ އިތުރުން މީގައި ޕްރޮޓީން ވެސް އެކުލެވިގެންވާއިރު ދުވާލަކު ކެއުމުގައި ކެލްސިއަމް ހިމެނުމަށް ލަފާދޭ މިންވަރުގެ 18 ޕަސަންޓް ވެސް އިސްބަގޫލް އިން ލިއްބައިދެއެވެ.
ޑައިބެޓީސް ސްޕެސިފިކް ފޯމިއުލާއެއް އިތުރުކުރުން
ލައިފްސްޓައިލް މޮޑިފިކޭޝަންތަކާއި ގަވާއިދުން ކަސްރަތު ކުރުމުގެ އިތުރުން ޑައިޓް ޕްލޭނަށް ޑައިބެޓީސް އަށް ހާއްސަ ފޯމިއުލާއެއް އިތުރު ކުރުމަށް ނަސޭހަތްތެރިވެއެވެ. ކޮމްޕްލެކްސް ކާބޯހައިޑްރޭޓްސް، ވިޓަމިންސް އަދި އެންޓިއޮކްސިޑެންޓްސް ފަދަ ހާއްސަ އިންގްރީޑިއަންޓްސް އެކުލެވޭ ގޮތަށް ފަރުމާކޮށްފައިވާ ފޯމިއުލާއެއް ހޯދުމަށް އިސްކަންދޭށެވެ. އޭގެ ސަބަބުން ގުލްކޯޒް އެއްހަމައެއްގައި ހިފެހެއްޓުމަށް އެހީތެރިވެދޭނެވެ. އާންމު ގޮތެއްގައި ކައި އުޅޭ ހެނދުނުގެ ނާސްތާ އާއި މެންދުރުގެ ކެއުން ނުވަތަ ރޭގަނޑުގެ ކެއުމުގައި މި ފޯމިއުލާ ހިމަނަން ޖެހެއެވެ. ސަބަބަކީ ލޭގެ ގުލްކޯޒް އާއި ބަރުދަން ކޮންޓްރޯލްކުރުމަށް މި ފޯމިއުލާ އެހީތެރިވެދޭތީއެވެ.
ބްލޫބެރީސް
ބްލޫބެރީގައި ހިތުގެ ބަލިތައް ޖެހުމުގެ ފުރުސަތު ކުޑަކޮށްދީ، ހަށިގަނޑުގައި އިންސިއުލިން ބޭނުންކުރާ ގޮތް ރަނގަޅު ކުރުމަށް އެހީވެދޭކަމަށް ފާހަގަވެފައިވާ ކޮމްޕައުންޑްތައް ހިމެނެއެވެ. ދިރާސާއަކުން ދެއްކި ގޮތުގައި ދުވާލަކު ގާތްގަނޑަކަށް ދެ ތަށި ބްލޫބެރީ ކެއުމުން އިންސިއުލިން ރެސިސްޓެންސް ހުންނަ ބަރުދަން އިތުރު މީހުންގެ އިންސިއުލިން ސެންސިޓިވިޓީ ރަނގަޅުވެދެއެވެ. އަދި ހަމައެއާއެކު ބްލޫބެރީއަކީ ފައިބަރާއި، ވިޓަމިން ސީ އަދި އެންޓިއޮކްސިޑެންޓް ފަދަ ނިއުޓްރިއެންޓްތައް ވެސް ވަރަށް ގިނައިން ލިބޭ އެއްޗެކެވެ.
އޯޓްމީލް
އޯޓްމީލް އަކީ ހަމައެކަނި ހިތުގެ މައްސަލަތަކަށް ރަނގަޅު އެއްޗެއް ނޫނެވެ. މިއީ ލޭގައި ހަކުރު އެކުލެވޭ މިންވަރަށް ވެސް ފައިދާ ލިއްބައިދޭ އެއްޗެކެވެ. އާފަލާއި އެއްގޮތަށް ސްޓީލް ކަޓް އަދި ރޯލްޑް އޯޓްސް އަކީ ވެސް ގްލައިސިމިކް އިންޑެކްސް ދަށް އެއްޗެކެވެ. ސްޓީލް ކަޓް އަދި ރޯލްޑް އޯޓްސް އަކީ ވަރަށް ރަނގަޅު އެއްޗަކަށްވީ ނަމަވެސް، ހައި ޕްރޮސެސްޑް އިންސްޓަންޓް އަދި ކުއިކް އޯޓްސް ގައި ގްލައިސިމިކް އިންޑެކްސް މަތިކަމަށް ފާހަގަކުރެވެއެވެ. އެހެންކަމުން އެއީ ލޭގައި ހަކުރު އެކުލެވިގެންވާ މިންވަރަށް އެހާ ރަނގަޅު އެއްޗެއް ނޫނެވެ.
ރީނދޫ
ރީނދޫގައި ކާކިއުމިން އެކުލެވިގެންވާއިރު މި މާއްދާއަކީ ޕެންކްރިއާސް ދުޅަހެޔޮކޮށް ބެހެއްޓުމަށާއި ޕްރީޑައިބެޓީސް އިން ޓައިޕް ޓޫ ޑައިބެޓީސް އަށް ބަދަލުވިޔަ ނުދިނުމަށް އެހީތެރިވެދޭ މާއްދާއެކެވެ.
ޗެމޮމައިލް ސައި
ކެމޮމައިލް ސަޔަކީ ޒަމާނުއްސުރެ ތަފާތު އެކި ކަހަލަ ބަލިތަކުގައި ބޭނުން ކުރަމުން އަންނަ ސައެކެވެ. މިހާރު ގެ ދިރާސާތަކުން ދައްކާ ގޮތުގައި އޭގައި އެންޓިއޮކްސިޑެންޓް އަދި އެންޓިކެންސަރު ގެ ޕްރޮޕަޓީސްތައް ހުންނަ ކަމަށާއި ދާދި ފަހުން ހެދި ދިރާސާއަކުން އެނގިފައިވާ ގޮތުގައި މިއީ ލޭގައި ހަކުރު އެކުލެވިގެންވާ މިންވަރު ވެސް މެނޭޖް ކުރުމަށް އެހީތެރިވެދޭނެ އެއްޗެކެވެ.
ދިރާސާގެ ބައިވެރިން ހަ ހަފުތާ ވަންދެން ދުވާލަކު ތިން ފަހަރު ކެއުމަށް ފަހު އެއް ތަށި ކެމޮމައިލް ސައި ބުއިމުން، ލޭގައި ހަކުރުގެ މިންވަރު، އިންސިއުލިން، އަދި އިންސިއުލިން ރެސިސްޓެންސްގެ މިންވަރު ދަށްވިކަމަށް ޑޮކްޓަރު ކާދީ ވިދާޅުވިއެވެ.