ads
އަހުމަދު މަހުލޫފް
މަހުލޫފްގެ ޝަރީއަތް މާދަމާ އަށް ތާވަލް ކޮށްފި
ޔޫތް މިނިސްޓަރު އަހްމަދު މަހްލޫފުގެ މައްޗަށް އުފުލާފައިވާ ކޮރަޕްޝަންގެ ދައުވާގެ ޝަރީއަތް މާދަމައަށް ޝެޑިއުލްކޮށްފިއެވެ.
Advertisement

މަހުލޫފުގެ މައްޗަށް އުފުލާފައިވާ ދައުވާގެ އަޑުއެހުން ކުރިމިނަލް ކޯޓުން ތާވަލްކޮށްފައި ވަނީ މާދަމާ މެންދުރު 13:30 އަށެވެ. 

ކުރިމިނަލް ކޯޓުން ޖެނުއަރީ މަހުގެ 19 ވަނަ ދުވަހު މި މައްސަލައިގެ އަޑުއެހުމެއް ތާވަލް ކުރިއެވެ. ނަމަވެސް ކޮވިޑްގެ ހާލަތު ގޯސްވެފައިވާ ކަމަށާ ބުނެ އެދުވަހުގެ ޝަރީއަތް ކޯޓުން ވަނީ ކެންސަލް ކޮށްފައެވެ. އަދި ކޮވިޑްގެ ހާލާތު ރަނގަޅުވަންދެން މަހުލޫފުގެ މައްސަލައިގެ އަޑުއެހުންތައް ފަސްކޮށްފައިވާ ކަމަށް ކޯޓުން ވަނީ ބުނެފައެވެ. 

އޭގެފަހުން މާދަމާ އެމައްސަލައިގެ ޝަރީއަތެއް ބާއްވާނެ ކަމަށް މީގެ ކުރިން ކްރިމިނަލް ކޯޓުން ބުނެފައިވެއެވެ. ކްރިމިނަލް ކޯޓުގެ މީޑިއާ އޮފިސަރު އަމާން މުހައްމަދު ނަޖީބް "ސީއެންއެމް" އަށް އެދުވަހު ވިދާޅުވީ، މަހްލޫފް މައްސަލަ އަކީ ގިނަ ބަޔަކު އަޑު އެހުމަށް ވަނުމަށް ނަން ނޯޓުކުރާ މައްސަލައެއް ކަމަށެވެ. މަހްލޫފުގެ އަޑުއެހުން ފެށުމަށް ނިންމީ އެފަދަ ގިނަ މީހުންން ކޯޓު ރޫމަށް ގެނެސް ގެންގޮސް ކޯޓު ރޫމް މެނޭޖް ކުރަން ބޭނުންވާ ސެކްޝަންގެ ކޯޓު އޮފިސަރު ކޮވިޑް އަށް ޕޮޒިޓިވް ވުމަށް ފަހު މިހާރު ރަނގަޅުވެފައިވާތީ ކަމަށެވެ. އަދި ކޯޓުގެ ގިނަ މުވައްޒަފުން ބޫސްޓަ ޑޯޒް ވެސް މިހާރު ޖައްސަވާފައިވާތީ، ގިނަ ބަޔަކު ހާޒިރުކޮށްގެން ހިނގާ ޝަރީއަތެއް ބޭއްވޭ ވަރަށް މައްސަލަ ބަލާ ސެކްޝަންގެ ކޮވިޑްގެ ހާލަތު މިހާރު ރަނގަޅުވެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. 

މަހުލުފްގެ މައްސަލަ އާއި ގުޅިގެން އޭސީސީއިން މީގެ ކުރިން ބުނެފައިވަނީ އެސްއީޒީ ބިލު ފާސްކުރުމަށް ވޯޓު ދިނުމަށް 27 އޮގަސްޓު 2014 ގައި މަހުލޫފު މަޖިލީހަށް ހާޒިރުވެފައިވަނީ މެލޭޝިއާއިން ސީދާ ވޯޓަށް ކަމަށާއި އެސްއޯއެފްގެ ޗެކަކުން މަހުލޫފުގެ އެކައުންޓަށް 33،000 ޑޮލަރު ޖަމާކޮށްފައިވާކަންވެސް ތަހުގީގަށް ހާމަވެފައިވާ ކަމަށެވެ.

މަހުލޫފުގެ އެކައުންޓަށް ޖަމާކޮށްފައިވާ 33،000 ޑޮލަަރަކީ ޑޮލަރު ގަނެވިއްކުމުގެ މުއާމަލާތެއްކަމަށް ބުނެ އެސްއޯއެެފްގެ ނަމުގައި ތަައްޔާރުކޮށްފައިވާ "ޕޭމެންޓް ރިސީވްޑް" ސްލިޕެއް މަހުލޫފު އޭސީސީއަށް ހުށަހަޅާފައިވާ ކަމަށާއި ނަމަވެސް، އެ ފައިސާއަކީ ޑޮލަރު ގަތުމުން ދިން ފައިސާކަން ތަހުގީގުން ބެލި ބެލުމުން އެނގެން ނެތް ކަމަށްވެސް އޭސީސީ އިން ވަނީ ބުނެފައެވެ.

މަހުލޫފް އަށް މިފައިސާ ދިނީ ރާއްޖޭގެ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ކަމަށް ދައުލަތުން ވަނީ ތުހުމަތު ކޮށްފައެވެ. 

މަހުލޫފްގެ މައްޗަށް ދައުލަތުން އުފުލާފައި ވަނީ، ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ގާނޫނުގެ (ހ)އާ ހަވާލާދީ އެ މާއްދާގެ (ށ)ގެ ދަށުން ރިޝްވަތު ހިފުމުގެ ދައުވާ އެވެ. 

އެހެން ނަމަވެސް މިދައުވާތަކަށް މަހުލޫފް އިންކާރު ކުރެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް