ads
2023ވަނަ އަހަރުގެ ރިޔާސީ އިންތިހާބަށް އެމްޑީޕީން ބާއްވާ ޕްރައިމަރީއަށް ތައްޔާރުވަނީ
2023ވަނަ އަހަރުގެ ރިޔާސީ އިންތިހާބަށް އެމްޑީޕީން ބާއްވާ ޕްރައިމަރީއަށް ތައްޔާރުވުމުގެ ގޮތުން އެ ޕާޓީން ޕްރައިމަރީ ބާއްވާނެ ތާރީހެއް ކަނޑައެޅުމުގެ މަޝްވަރާތައް ކުރަން ނިންމައިފި އެވެ.

އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާއެއް މާދަމަރެޔަށް ތާވަލުކޮށް، މަޖިލީހުގެ މެންބަރުންނަށް މިހާރު ވަނީ ދައުވަތު ދީފަ އެވެ.

މެމްބަރުންނަށް ފޮނުވާފައިވާ ޖަލްސާގެ އެޖެންޑާގައި ވާގޮތުން މާދަމާ ރޭގެ ޖަލްސާގައި އެ ޕާޓީގެ ކުރިއަށް އޮތް ފަސް އިންތިހާބެއް ބާއްވާނެ ތާރީހެއް ކަނޑައެޅުން އޮންނާނެވެ. މި ޖަލްސާ އޮންނާނީ މާދަމާ ރޭ 8:30ގައި އިސްކަންދަރު ސްކޫލުގައެވެ. 

އެޖެންޑާގައި ވާގޮތުން ޖަލްސާގައި މަޝްވަރާކުރާނެ ކަންކަން

  1. ރިޔާސީ ޕްރައިމަރީ އިންތިހާބުގެ ތާރިހު
  2. ޕީޖީ ލީޑަޝިޕް އިންތިހާބު ތާރީހު
  3. ޗެއާޕާސަންގެ އިންތިހާބު ތާރިހު
  4. އަންހެނުންގެ ރޫހުގެ އިންތިހާބު ތާރިހު
  5. ޒުވާނުންގެ ހިތްވަރުގެ އިންތިހާބު ތާރިހު

ކުރިއަށް އޮތް 2023ވަނަ އަހަރުގެ އިންތިހާބުގައި އެމްޑީޕީ ޕްރައިމަރީ އިންތިހާބުގެ ތާރީހު ކަނޑައެޅުމަށް މާދަމާ ރޭ ޖަލްސާއެއް ބާއްވަން އެޕާޓީން ނިންމާފައިވާއިރު، އަންނަ އަހަރުގެ އިންތިހާބާއި މެދު އެމްޑީޕީގެ މެދުގައި ވަނީ ހިޔާލު ތަފާތުވުންތައް އުފެދިފައެވެ. އެގޮތުން އެ ޕާޓީގެ ރައީސްގެ މަގާމުގައި ހުންނެވި ކުރީގެ ރައީސް މުހައްމަދު ނަޝީދު ބޭނުންވަނީ އަންނަ އަހަރު ރިޔާސީ އިންތިހާބަަކަށް ނުގޮސް ވެރިކަމުގެ ނިޒާމު ބަރުލަމަނީއަށް ފުރޮޅާލުމަށެވެ. އަދި އެމަނިކުފާނަށް ބޮޑު ވަޒީރުކަން ދެއްވުމަށެވެ. ނަމަވެސް މިހާތަނަށް މިކަމާއި ބެހޭގޮތުން ގޮތެއް ނިންމިފައި ނުވަނީ ރައީސް ސޯލިހު އެކަން އެގޮތަށް ކުރައްވަން އެއްބާރުލުން ނުދެއްވާތީއެވެ.

ރިޔާސީ އިންތިހާބެއްގެ ޕްރައިމަރީގައި ވާދަކުރުމާއި ބެހޭގޮތުން ނަޝީދު ވިދާޅުވެފައިވަނީ އަންނަ އަހަރު ރިޔާސީ އިންތިހާބެއް އޮންނަނަމަ އެމްޑީޕީ ޕްރައިމަރީގައި ވާދަކުރައްވާނެ ކަމަށެވެ. ނަމަވެސް ރައީސް ސޯލިހު އާއި ވާދަ ކުރައްވަން ބޭނުންފުޅު ނުވާ ކަމަށެވެ. ރައީސް ސޯލިހް ދެވަނަ ދައުރަކަށް ކުރިމަތިލެއްވުމާ ބެހޭ ގޮތުން މިހާތަނަށް އެއްޗެއް ވިދާޅުވެފައެއް ނުވެ އެވެ.

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް