ads
މަރާލި ދޫނިތަކުގެ ފޮޓޯ
ގަވާއިދާ ހިލާފަށް ދޫނި އެތެރެ ކުރި މީހުންނާއިމެދު ފިޔަވަޅު އަޅާނެ ކަމުގެ ޔަގީންކަން ދީފި
ގަވާއިދާ ހިލާފަށް ދޫނި އެތެރެ ކުރި މީހުނަށް ފިޔަވަޅު އަޅާނެކަމުގެ ޔަގީންކަން އެންމެފަހުން ފިޝަރީޒް މިނިސްޓްރީން ދީފިއެވެ.

އިއްޔެ ގަވާއިދާ ހިލާފަށް އެތެރެ ކުރި 200އެއްހާ ދޫނި ވަނީ ފިޝަރީޒް މިނިސްޓްރީގެ ބެލުމުގެ ދަށުން އިހާނެތިކޮށް މަރާލާފައެވެ. މިކަމާ ގުޅިގެން އާންމުންގެ ނުރުހުން ވަނީ ފިޝަރީޒް މިނިސްޓްރީ އާއި ކަމާބެހޭ އިދާރާ ތަކަށް އަމާޒު ވެފައެވެ. 

ފިޝަރީޒް މިނިސްޓްރީން ބުނީ މިކަމާއި ގުޅިގެން ގާނޫނާއި ގަވާއިދާއި ހިލާފަށް އަމަލުކޮށްފައިވާ އެންމެހާ ފަރާތްތަކާއިމެދު ގާނޫނީ ފިޔަވަޅު އަޅާނެކަމުގެ ޔަގީންކަން ދޭ ކަމަށެވެ. 

އދި އެ މިނިސްޓްރީން ބުނީ ދިރޭތަކެތަކެއްޗަށް ލިބިދޭންޖެހޭ ރައްކާތެރިކަމާއި ހިމާޔަތް ފޯރުކޮށްދެވޭކަމާއި، ރައްޔިތުންގެ އާއްމު ސިއްހަތު ރައްކާތެރި ކުރެވޭކަން ކަށަވަރު ކުރުމާއިއެކު، ޕްލާންޓް އެންޑް އެނިމަލް ކަރަންޓިން ހިދުމަތް ދިވެހިރާއްޖޭގައި އިތުރަށް ފުޅާކޮށް ހަރުދަނާކުރުމަށްޓަކައި، ގަނޫނާއި ގަވާއިދަށް ގެންނަންޖެހޭ އިސްލާހުތައް ގެނައުމުގެ މަސައްކަތް، ކަމާބެހޭ މަސްލަހަތު ވެރިނާގެ ލަފަޔާއި އިރުޝާދާއިއެކު ކުރިއަށް ގެންދާނެކަމުގެ ޔަގީންކަން ރައްޔިތުންނަށް މިފުރުސަތުގައި އަރުވާ ކަމަށެވެ. 

"ދިވެހިރާއްޖެއަށް ދޫނި އެތެރެކުރުމާބެހޭ ގަވާއިދު" އާއި ޚިލާފަށް ރާއްޖެއަށް އެތެރެކޮށްފައިވާ ފަސް ޝިޕްމަންޓެއްގައި ހިމެނޭ ދޫނިތަކެއް މިމިނިސްޓްރީގެ ދަށުން ހިންގާ ޕްލާންޓް އެންޑް އެނިމަލް ކުރަންޓީން ސާވިސްއިން 8 ފެބްރުއަރީ 2022 ގައި ނައްތާލުމާއި ގުޅިގެން، ރައްޔިތުން ފާޅު ކުރައްވަމުން ގެންދާ ކަންބޮޑުވުންތަކާއި އިހްސާސްތައް އިޚްލާސްތެރިކަމާއެކު ބަލައިގަނެ، އެކަމާމެދު ހިތާމަކުރަމެވެ." މިނިސްޓރީގެ ބަޔާނުގައި ވެއެވެ.

ދިވެހިރާއްޖެއަށް އެތެރެކުރާ ދިރޭ ޖަނަވާރާއި ގަސްގަހާގެހި އިންސްޕެކްޓްކޮން ކަރަންޓީންކުރުމަކީ، ދިވެހިރާއްޖޭގެ ގާނޫނީ އިޖުރާއަތްތަކާއި ބައިނަލް އަގްވާމީ މުއާހަދާއާއި އެއްގޮތަށް މި މިނިސްޓްރީން ފޯރުކޮށްދިނުން ލާޒިމްކުރާ އަސާސީ ހިދުމަތެކެވެ.

މިގޮތުން، ގާނޫނާއި ގަވާއިދާއި ހިލާފަށް ރާއްޖެއަށް އެތެރެކުރާ ތަކެތި، ނައްތާލަންޖެހޭ ހާލަތްތަކުގައި، ގާނޫނާއި ގަވާއިދާއި އެއްގޮތައް ނައްތާލަމުން އައިސްފައިވާކަން މިނިސްޓްރީން ފާހަގަ ކުރެއެވެ.

މިކަމާއި ގުޅިގެން، ކަން ހިނގާފައިވާ ގޮތުގެ ތަފްސީލު ރިޕޯޓެއް އެކުލަވާލުމަށް ރައީސުލް ޖުމްހޫރިއްޔާ އަންގަވާފައިވާތީ، އެ ރިޕޯޓު އެކުލަވާލުމުގެ މަސައްކަތް ދަނީ ކުރަމުންކަމަށާއި، މިރިޕޯޓަކީ، ލިބެންހުރި ލިޔެކިޔުމާއި މައުލޫމާތުގެ މައްޗަށް ބިނާކޮށް، ކަންހިނގިގޮތުގެ ހަހަގީގަތް ދެނެގަނެ، އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް މަގުފަހިކުރުމުގެ ގޮތުން އެކުލަވާލާ ރިޕޯޓެއް ކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެއެވެ.

މިފަދަ ކަންކަން މުސްތަގްބަލުގައި ތަކުރާރުވިޔަ ނުދިނުމަށްޓަކައި ކުރެވޭނެ އެންމެ މުހިންމު ކަމަކީ، ދިވެހިރާއްޖެއަށް ދޫންޏާއި ދިރޭތަކެތި އެތެރެކުރާ ފަރާތްތަކުން އެކަމަށް ކަނޑައަޅާފައިވާ ގާނޫނީ އިޖުރާއަތްތަކާއި އެއްގޮތަށް އަމަލުކުރަމުން ގެންދިއުން ކަމަށްވާތީ، ރާއްޖެއަށް ދިރޭތަކެތި އެތެރެކުރާ ފަރާތްތަކުން، އެކަންކަމަށް ކަނޑައަޅާފައިވާ ޤާނޫނީ އިޖުރާޢަތްތަކާއި އެއްގޮތަށް އަމަލުކުރަމުން ގެންދިއުމަށް މިނިސްޓްރީން އިލްތިމާސްކުރެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް