ads
ކިނބުލެއްގެ ކަރުގައި ތާށިވެފައި އޮތް ޓަޔަރެއް ހަ އަހަރު ފަހުން ނައްޓާލައިފި
އިންޑޮނޭޝިއާގެ ރަށެއް ކަމަށްވާ ސުލަވެސީގެ ޖަނަވާރުން ދެކެ ލޯބިވާ މީހަކު، ހަ އަހަރު ވަންދެން ކަރުގައި ސައިކަލް ޓަޔަރެއް ތާށިވެފައި އޮތް އިންޑޮނޭޝިއާގެ ކިނބުލެއް އެންމެ ފަހުން މިނިވަންކޮށްފިއެވެ.

ގާތްގަނޑަކަށް ހަތަރު މީޓަރު (13.12 ފޫޓު) ގެ މި ކިނބުލުގެ ސަބަބުން ޕަލޫ ސިޓީގެ ބައެއް ރަށްވެހިންގެ މެދުގައި ހަމްދަރުދީ އުފެދިގެން ދިޔައެވެ. އެއީ ކިނބުލުގެ ސައިޒު ބޮޑުވަމުން ދިޔަ ވަރަކަށް ޓަޔަރު އެންމެ ފަހުން އޭގެ ކަރަށް ވާންވެ މަރުވެދާނެ ކަމުގެ ބިރުހީވެގެންނެވެ. 

އެކަމަކު އެ ކިނބުލަކީ އަތުލައިގަތުން ވަރަށް އުނދަގޫ އެއްޗެއްކަން އޭތި ސާބިތު ކޮށްދިނެވެ. އެއް ފަހަރަކު އޮސްޓްރޭލިއާގެ ކިނބުލުގެ މައުލޫމާތު ހޯދާ ބަލާ މީހަކު އެ ކިނބޫ މިނިވަން ކުރަން މަސައްކަތް ކުރި ނަމަވެސް އެކަން ވަނީ ނާކާމިޔާބު ވެފައެވެ.

"އަހަރެން އަމިއްލައަށް ކިނބޫ އަތުލައިގަތީ. އަހަރެން އެތާ ތިބި މީހުންގެ ކިބައިން އެހީއަށް އެދުނިން، އެކަމަކު އެމީހުން ތިބީ ބިރުން،" އިންޑޮނޭޝިއާގެ ގިނަ ރައްޔިތުން ފަދައިން އެއް ނަމެއް ބޭނުންކުރާ އުމުރުން 35 އަހަރުގެ އެ އަވަށުގެ ރައްޔިތެއް ކަމަށްވާ ޓިލީ ބުންޏެވެ.

އޭނާ ވަނީ ގަސް ގުޅި އަކަށް ވާ ފަށެއް އައްސައިގެން ކުކުޅާއި އަސްދޫނި އެ ހިފުމަށް ބޭނުން ކޮށްފައެވެ. 

ވިލީ ނަމަކަށް ކިޔާ މި ކިނބޫ ޓްރެކް ކުރާތާ ތިން ހަފްތާވީ އިރު، އެންމެ ފަހުން އަތުލައިގަތުމުގެ ކުރިން މި ކިނބޫ ވަނީ ދެ ފަހަރުމަތިން މަޅިން ސަލާމަތް ވެފައެވެ.

"ވަރަށް ގިނަ މީހުން އަހަރެންނާ މެދު ޝައްކު ކުރި، އަދި ހީކުރީ އަހަރެން ސީރިއަސް ނޫން ކަމަށް އެ ކިނބޫ ހިފުމާ މެދު" ކިނބުލުގެ ކަރުގައި އޮތް ޓަޔަރު ކީހަކުން ބުރި ކޮށްލުމަށްފަހު، ބަނދެފައިވާ ކިނބުލުގެ ކުރިމައްޗަށް ފޮޓޯ އަކަށް ހުއްޓި ހުރެ ޓިލީ ބުންޏެވެ.  

2020 ވަނަ އަހަރު އެ ޕްރޮވިންސްގެ ކަމާބެހޭ ފަރާތްތަކުން ވަނީ ޓަޔަރު ނައްޓާލެވޭނެ މީހަކަށް ވަކި އުޖޫރައެއް ދިނުމަށް ހުށަހަޅާފައެވެ. ނަމަވެސް ޓިލީގެ މަގްސަދަކީ އެއީ ހެނެއް ހިއެއް ނުވެއެވެ. 

"ޖަނަވާރުންނަށް އަނިޔާކުރާތަން ބަލަން އަހަރެންނަށް ނުހުރެވޭނެ. ހަރުފަ އަށް ވެސް އަހަރެން އެހީތެރިވެދޭނަން" އަމިއްލައަށް ވައިލްޑްލައިފް އެކްސްޕަޓީސް ކަން ދަސްކޮށްގެން ހުރި މީހެއްކަމަށްވާ ޓިލީ ބުންޏެވެ.

"ބުއާޔާ ކަލުންގް ބޭން" (ޓަޔަރު ފަށެއް އަޅާފައި ހުންނަ ކިނބޫ) ގެ ނަމުން ރައްޔިތުން އިޝާރާތްކޮށްފައިވާ މި ކިނބޫ އަލުން ކޯރުގެ ތެރެއަށް ދޫކޮށްލާފައިވަނީ ހޯމަ ދުވަހުގެ ހަވީރުގެ ވަގުތެއްގައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް