ads
ރަޝިޔާއިން ވަނީ ޔުކްރޭން ބޯޑަރު ކައިރިއަށޤ އެއްލައްކަ ސިފައިން ޖަމާ ކޮށްފައި
ޔޫކްރޭނުގައި ތިބި އެމެރިކާ މީހުން ވަގުތުން ފޭބުމަށް އެމެރިކާ ރައީސް ގޮވާލައްވައިފި
ރަޝިޔާއިން ޔުކްރޭނާ ދެކޮޅަށް އަސްކަރީ ފިޔަވަޅުއަޅާނެކަމުގެ އިންޒާރު ތައް އިތުރުވެފައިވާކަމަށް ވިދާޅުވެ، ޔޫކްރެއިންގައި މިހާރު ތިބި އެމެރިކާގެ ހުރިހާ ރައްޔިތުން ވަގުތުން އެގައުމުން ފޭބުމަށް އެމެރިކާގެ ރައީސް ޖޯ ބައިޑަން ގޮވާލައްވައިފިއެވެ.
Advertisement

ރައީސް ބައިޑަން ވިދާޅުވީ މޮސްކޯއިން ޔޫކްރެއިންއަށް ޙަމަލާދީފިނަމަ އެމެރިކާ މީހުން ސަލާމަތްކުރުމަށް ސިފައިން ނުފޮނުވާނެކަމަށެވެ.

އެ ސަރަހައްދުގައި ކަންކަން އިސާހިތަކު ބަދަލުވެގެން ހިނގައިދާނެކަމުގެ  އިންޒާރު ވެސް އޭނާ ދެއްވި އެވެ.

ޔުކްރޭން ބޯޑަރު ކައިރީގައި 100،000 އަށް ވުރެ ގިނަ ސިފައިން ރަޝިޔާއިން ވަނީ ޖަމާ ކޮށްފައެވެ. ނަމަވެސް ރަޝިޔާއިން ވަނީ ޔޫކްރެއިންއަށް ހަމަލާ ދިނުމަށް ރާވާފައިވާ ކަމަށް ދެކެވޭ ވާހަކަތައް ތަކުރާރުކޮށް ދޮގުކޮށްފަ އެވެ.

ނަމަވެސް އެގައުމުން މިހާރު ވަނީ އެސަރަހައްދުގައި އަވަށްޓެރި ބެލަރޫސްއާއެކު ބޮޑެތި އަސްކަރީ ޑްރިލްތަކެއް ފަށާފައެވެ.

އެމެރިކާގެ ރައީސް ވިދާޅުވީ ކަންކަން ގޯހުން ގޯހަށް ހިނގައިދާނެ ކަމަށާއި، ރަޝިޔާ އާއި އެމެރިކާ މިލިޓަރީ ކުރިމަތިލުމަކަށް ނުކުމެއްއޖެ ނަމަ އެކުރިމަތިލުން ވެގެން ދާނީ ނުނިޔޭގެ ބޮޑު ހަނގުރާމަ އަކަށް ކަމަށެވެ. 

ނަމަވެސް ދުނިޔޭގެ ލީޑަރުން ވަނީ ޔޫކްރެއިންގެ މައްސަލައިގައި މިހާރު އުފެދިފައިވާ މައްސަލަ ފިނިކުރުމަށް އެ ގައުމުތަކުގެ ޑިޕްލޮމެސީ ކުރިއަށް ގެންދަވާފައެވެ.

ރަޝިޔާއާއި ޔޫކްރެއިންއިން ބުރާސްފަތި ދުވަހުގެ ރޭ އިއުލާން ކުރި ގޮތުގައި، އިރުމަތީ ޔޫކްރެއިންގައި އުފެދިފައިވާ ވަކިވެގަތުމުގެ ހަޅުތާލު ނިމުމަކަށް ގެނައުމަށް ފަރަންސޭސިވިލާތާއި ޖަރުމަނުވިލާތުގެ މަސްއޫލުވެރިންނާއެކު 9 ގަޑިއިރަށް ކުރިއަށް ގެންދެވި މަޝްވަރާތަކަށްފަހު، އެއްވެސް ކާމިޔާބީއެއް ހޯދިފައެއް ނުވެއެވެ. ޔޫކްރެއިންގެ މަންދޫބު އަންދްރޭ ޔެރްމަކް ވިދާޅުވީ ދެބަސްވުންތަކެއް އުފެދިފައި ވީ ނަމަވެސް "ކުރިއަށް ދާނެ އުއްމީދެއް އެބައޮތް ކަމަށާއި މަޝްވަރާ ކުރުމުގެ ވިސްނުން އެބައޮތް ކަމަށެވެ.

މިހާރު އުފެދިފައިވާ ނުތަނަވަސްކަން އުފެދިފައި މިވަނީ ރަޝިޔާއިން ޔޫކްރެއިންގެ ދެކުނުގެ ކްރައިމިއާ ޕެނިންސިއުލާ ހިފިތާ އަށް އަހަރު ފަހުންނެވެ. އޭގެ ފަހުން ޔޫކްރެއިންގެ ސިފައިން ވަނީ ރަޝިއާގެ ބޯޑަރު ކައިރީގައިވާ އިރުމަތީ ސަރަހައްދުތަކުގައި ރަޝިއާއިން ވާގިވެރިވާ ހަނގުރާމަވެރިންނާ އެކު ހަނގުރާމައެއްކޮށް، ބަންދުކޮށްފަ އެވެ.

33%
ކަމުގޮސްފި
33%
އަޑުއެހިތާ މިހުރީ
33%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް