ބާރަށު ކައުންސިލުން ސީއެންއެމް އަށް ބުނީ އޭނާ ހައްޔަރު ކޮށްފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ. އެ ކައުންސިލުން އިތުރަށް ބުނީ ދޮން ބައްޕަ ހައްޔަރު ކޮށްފައިވަނީ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކޮށްގެން ކަމަށެވެ.
އެ ކައުންސިލް ރައީސް ސޮފްހަތު މުހައްމަދު ވިދާޅުވީ އޭނާ ހައްޔަރު ކޮށްފައިވަނީ ފުލުހުންނާއި، ޖެންޑާ މިނިސްޓްރީން ގުޅިގެން ހިންގި އޮޕަރޭޝަންތަކަށް ފަހު ކަމަށެވެ.
މިމައްސަލައާ ގުޅިގެން ފުލުހުން ފޯނަށް ޖަވާބު ދީފައިނުވާތީ ފުލުހުންގެ ބަހެއް ލިބޭގޮތް ވަނީ ނުވެފައެވެ.