
ނިދިފައި ހޭލެވުނުއިރުވެސް ދަރިފުޅު އޮތީ ހަމަ ކުރިން އޮތް ގޮތަށް ނިދާފައެވެ. ފުރޮޅިލުމެއް ވެސް ނެތި ހަމަ އެ އޮތްގޮތަށް ކުޑަދަރޮފުޅު ނިދާފައި އޮތުމުން ރެބެކާއަށް ޝައްކުތަކެއް ވެގެން ކުއްޖާގެ ވިންދު ބެލުނީ އެހާ ހިސާބުންނެވެ. އެހާ ހިސާބުން އެގުނީ ދަރިފުޅު ނޭވާ ނުލާކަމެެވެ.
ގަތް ބިރުން ރެބެކާ ޑިއުޓީއަށް ދިޔައިރު ގޭގައި ހުރި އޭނާގެ ލޯބިވެރިޔާ ކްރިސްޓޮފާ ޓްރެންޓް ކޮބައިތޯ ބެލިއިރު، އޭނާ ހަބަރެއް ނުވިއެވެ. ފޯނަކަށްވެސް ނުގުޅުނެވެ. ފަހުން އެގުނު ގޮތުގައި އޭނާ ވަނީ ފިލާފައެވެ.
ތުއްތު ދަރިފުޅު މަރުވިތާ ހަތަރު ދުވަސް ފަހުން ފުލުހުންނަށް ވަނީ ވިޗީޓާ ފަރުބަދަމަތިން ރެބެކާގެ ލޯބިވެރިޔާ ޓްރެންޓްގެ ހަށިގަނޑު ފާޅުކަން ބޮޑު ގޮތެއްގައި އަމިއްލައަށް މަރުވެފައި އޮތްވާ ފެނިފައެވެ. އަދި "ރެބެކާ އިޒް އިނޮސެންޓް"(ރެބެކާގެ ކުށެއް ނެތް) މިގޮތަށް ކައިރީގައި ހުރި ގަހެއްގައި ލިޔެފައި ހުއްޓެވެ.
ރައިޑާ މަރުވާން ދިމާވި ސަބަބެއް ކަމަށް ނިންމާފައިވަނީ ބްލަންޓް ފޯސް ޓްރޯމާ(އެއްޗަކުން ޖަހައިގެން ނުވަތަ އެހެންވެސް ގޮތަކުން ހަށިގަނޑުން ފެންނާނެފަދަ ފުން ޒަހަމެއް ދިނުން) އެއް ކަމަށް ވާއިރު، ޕްރޮސެކިއުޓަރުން ފަހުން ބުނެފައިވަނީ، ޓްރެންޓް އޭނާ މަރާލިކަން ސާފުކަމަށެވެ.
ރެބެކާ ބުނީ ދަރިފުޅު ރައިޑާ މަރުވުމާ ހަމައަށް ވެސް ޓްރެންޓް، ދަރިފުޅަށް ގޯނާކުރާކަން އޭނާއަށް ނޭނގޭ ކަމަށެވެ. ނަމަވެސް އެ ކުއްޖާއަށް ކުދިކުދި އަނިޔާތައް ލިބިފައިވާކަން އޭނާއަށް ފާހަގަވާން ފެށި ކަމަށެވެ.
ޕްރޮސެކިއުޓަރުން ބުނީ ދަރިފުޅަށް ގެއްލުމެއް ލިބެމުންދާ ކަމުގެ އިހްސާސް ކުރެވިގެން ރެބެކާ އޭނާގެ ފޯނުން ދަރިފުޅަށް އަނިޔާއެއް ދީފާނެ ކަމުގެ އިންޒާރުގެ ނިޝާންތަކާއި ބެހޭ ގޮތުން ހޯދާފައިވާ ކަމަށެވެ.
ޝަރީއަތުގެ މަރުހަލާގައި ފެނުނު ގަހުގެ ފޮޓޯ އަށް ފަހު ޖޫރީން މަނާކޮށްފައިވާ އިރު، އެއީ އިވޭ އަޑުތަކަށާއި ނުވަތަ ލީޑް އިންވެސްޓިގޭޝަން ޑިޓެކްޓިވްގެ ރެކޯޑިންގައި ހޮގް ކުށެއް ކުރިކަމާމެދު ޝައްކު އުފެދޭ ކަމަށް ބުނެފައިވާ ބުނުމަށް ބިނާކޮށެވެ.
ނަމަވެސް ކޯޓުން ނިންމާފައިވަނީ ދަރިފުޅު މަރުވެދިޔައީ ރެބެކާގެ ފަރުވާކުޑަކަމުގެ ސަބަބުން ކަމަށް ބަލާ. ތުއްތު ކުއްޖަކަށް އަނިޔާ ލިބެމުންދާކަން އެގިހުރެ، ކުއްޖާ އަށް އިހުމާލުވިކަމުގެ ކުށުގައި، 16 މަސް ދުވަހުގެ ޖަލު ހުކުމެއް އިއްވާފައެވެ.
ދަރިފުޅު ރައިޑާ މަރާލި ކަމުގެ ފުރަތަމަ ދަރަޖައިގެ މީހުން މެރުމުގެ ކުށް ސާބިތުވާ ކަމަށް ބަލައި ފުރަތަމަ އޭނާއަށް ދޭ އަދަބަކަށް އުމުރު ދުވަހުގެ ޖަލު ހުކުމެއް އިއްވަން ލަފާ ދިން ނަމަވެސް ފަހުން ވަނީ އެ ހުކުމް 16 މަސް ދުވަހުގެ ސަސްޕެންޝަނަކަށް ބަދަލު ކޮށްފައެވެ.
ހުކުމް އިއްވި ވަގުތު ހޯގީ ބުނީ މިހާރު ކުރެވޭނެ ކަމެއްނަމަ އެނބުރި ގޮސް ދަރިފުޅު މަރުވުން ހުއްޓުވުމަށްޓަކައި ކުރަންޖެހޭ ކޮންމެ ފަދަ ކަމެއް ވެސް ކޮށްފާނެ ކަމަށެވެ.
"ދެ އަހަރު ތެރޭ އަޅުގަނޑަށް ހަމަޖެހުމެއް ލިބުނު ހަމައެކަނި ކަމަކީ މިކަން ކުރި މީހާ(ދަރިފުޅު މަރާލި ލޯބިވެރިޔާ) މަރުވެފައި އޮތުން. އަޅުގަނޑަށް އެނގޭ އަޅުގަނޑުގެ ތުއްތު ދަރިފުޅު ސުވަރުގޭގައި ހުރިކަން އަދި ލޯބިވެރިޔާ ޓްރެންޓް އޭނާއާ ކައިރި އެއްވެސް ތަނެއްގައި ނެތްކަން." ރެބެކާ ކޯޓުގައި ބުނެފައިވެއެވެ.