ads
ދީޕިކާ--
ޗަޕާކުގެ ނާކާމިޔާބުން ރޭޓިންއަށް ބަދަލު އައިސްފި، ވިސްނުން ބަދެލެއް ނުވޭ: ދީޕިކާ
ބޮލީވުޑުގެ ކާމިޔާބު ފަންނާނު ދީޕިކާ ޕަޑުކޮން މިހާތަނަށް ކުޅުނު އެންމެ އުނދަގޫ ފިލްމު، ޗަޕާކަށް ބޮޑު ނާކާމިޔާބީއެއް ކުރިމަތިވެ، އޭނާއަށް ތާއީދު އޮތް މިންވަރަށް ބަދަލުތަކެއް އައި ނަމަވެސް ވިސްނުން ބަދަލު ނުވާ ކަމަށް ދީޕިކާ ބުނެފި އެވެ.

އައިއެމްޑީބީ ރޭޓިންއަށް ބަދަލު ގެނައި ނަމަވެސް އޭނާގެ ވިސްނުން ބަދަލު ނުވާކަމަށް ދީޕިކާ ބުނެފައި ވަނީ ފިލްމުގެ ޑައިރެކްޓަރު މެގްނާ ގުލްޒާރާއެކު ބައެއް އިންޑިއާގެ ނޫސްތަކަށް ދިން އިންޓަވިއުއެއްގެ ތެރެއިންނެވެ. 

މިމަހުގެ 10 ވަނަ ދުވަހު ފިލްމު ނެރުނުއިރު ފިލްމު ނެރުނުތާ 24 ގަޑިއިރު ނުވަނީސް ފިލްމު އޮންލައިންކޮށް ވަނީލީކު ކޮށްލާފައިވާފަ އެވެ. 

އެސިޑު ހަމަލާއެއްގެ ޝިކާރައަކަށްވީ ލަކްޝްމީ އަގަރްވާލުގެ ހަޔާތުގެ މައްޗަށް ނެރަފައިވާ މި ފިލްމަށް އޮތް ތަރުހީބު ދަށްވި ސަބަބެއްގެ ގޮތުގައި ގިނަ ބަޔަކު ސިފަ ކުރަނީ ސިޓިޒެންޝިޕް ގާނޫނާ ދެކޮޅަށް މުޒާހަރާ ކުރުމުން، އިންޑިއާގައި ބަޔަކު އަނިޔާ ކުރި ދަރިވަރުންތައް ނިސްބަތްވާ ޔުނިވާސިޓީއަކަށް ބޮލީވުޑުގެ ތަރި ދިޕިކާ ޕަޑުކޯން ދިޔުމެވެ. އެތަނަށް ޒިޔާރާތް ކުރުމާއެކު އެތައް ބަޔަކު ވަނީ އެ ފިލްމު ބޮއެކެޓްކުރަން ގޮވާލާފަ އެވެ. 

ފިލްމު އެޅުވިތާ ދެ ހަފުތާއެއްހާ ދުވަހުގެ ތެރޭގައި ފިލްމަށް ލިބިފައިވަނީ 40 ކްރޯޑް ރުޕީސް އެވެ. ނަމަވެސް އެ ފިލްމާއެކު ނެރުނު އަޖޭ ދޭވްގަންގެ ތަންހާޖީއަށް މިހާރު ވަނީ 235 ކްރޯޑް ރުޕީސް ލިބިފައި ކަމަށް ނޫސްތަކުން ބުނެ އެވެ.

ޗަޕާކުގައި ދީޕިކާއާ އެކު ފެނިގެން ދަނީ ވިކްރަންތު މެކްސޭ އެވެ. ވިކްރަންތު މިފިލްމުގައި ފެނިގެން ދާނީ، ލަކްޝްމީގެ ފިރިމީހާ، އަލޯކް ޑިކްސިތުގެ ރޯލުންނެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް