ads
ޓޫރިޒަމް މިނިސްޓަރު އަބްދުﷲ މައުސޫމް-- ފޮޓޯ: ޓޫރިޒަމް މިނިސްޓްރީ
ނުހެދިހުރި ރިސޯޓްތަކުގެ މަސައްކަތް ދޮޅުއަހަރުތެރޭ ނުފަށައިފިނަމަ އަތުލަނީ
މިހާރު ރިސޯޓް ތަރައްގީ ކުރަން ދީފައިވާ ރަށްތަކުގެ މަސައްކަތް ދޮޅުއަހަރުތެރޭ ނުފަށައިފިނަމަ ދައުލަތަށް ނެގޭ ގޮތަށް އަމަލު ކުރަން ފަށައިފިއެވެ.

މިއަދު ކުރިއަށްދާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވީ ނުހެދި ހުރި ރިސޯޓުތަކުގެ މައްސަލައަކީ ރަށްރަށުގެ ރައްޔިތުންގެ އިތުރުން ސަރުކާރުގެވެސް ވަރަށް ބޮޑު ގޮންޖެހުމެއް ކަމަށެވެ. އެހެންވެ ސަރުކާރުން މިހާރު އެރަށްރަށާ މެދު އަމަލު ކުރާނެ ގޮތެއް ވަނީ ނިންމާފައެވެ. 

ގައްދޫ ދާއިރާގެ މެންބަރު އަހުމަދު ޒާހިރު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން، ޑރ. މައުސޫމް ވިދާޅުވީ އެރަށްތައް ހަދަން ހަވާލުވި ފަރާތްތަކާއެކު މިހާރު އެއްބަސްވުންތައް ހަދަމުން ގެންދާ ކަމަށާއި މިހާރު ހަދަން ހަވާލު ކޮށްފައިވާ 75 ރިސޯޓަކާއެކު އެއްބަސްވުން ހަދައި ނިންމާފައިވާ ކަމަށެވެ. 

ޓޫރިޒަމް މިނިސްޓްރީން އެއްބަސްވުންތައް ހަދަމުންދަނީ ތިންއަހަރުތެރޭ ރިސޯޓުތައް ނިންމަން ޝަރުތު ކޮށްފައެވެ. އެހެންނަމަވެސް މިނިސްޓްރު ވިދާޅުވީ ދޮޅުއަހަރުތެރޭ މަސައްކަތް ނުފެށިއްޖެނަމަ އެއްބަސްވުން ބާތިލް ކުރުމުގެ ބާރު މިނިސްޓްރީއަށް ލިބިގެންވާ ކަމަށެވެ. 

ސީދާ ތިންއަހަރުން ނުނިންމައިފިނަމަ އޮޓޮމެޓިކުން އެގްރިމެންޓް ބާތިލްވާގޮތަށް ލިޔެވި އެގޮތަށް، އެއްބަސްވެ އެގްރިމެންޓް ކުރެވެމުންދާ ކަމަށް ޑރ މައުސޫމް ވިދާޅުވިއެވެ. 

"އާންމުކޮށް ރާއްޖޭގެ ރިސޯޓެއް ހެދޭ ކަމަށް މިބެލެވެނީ އެންމެ ބާރު ސްޕީޑުގަ ވެސް ދޮޅުއަހަރުން . އެހެންވީމަ ދޮޅުއަހަރުން ހަދަން ނުފެށޭ ރިސޯޓެއް އަނެއް ދޮޅުއަހަރުން ނިންމޭނެ ކަމަށް ނުބެލެވޭ. އެހެންވީމަ މިދެންނެވި އެގްރީމެންޓްގައި ސޮއިކުރުމަށްފަހު ދޮޅުއަހަރުތެރޭ ފުލްކޮށް މޮބިލައިޒް ނުކުރަންޏާ އަޅުގަނޑުމެން މިބަލަނީ ނުނިންމޭނެކަމަށް. އެހެންވީމަ ޓޫރިޒަމް މިނިސްޓްރީއަށް އެރިސޯޓެއްގެ އެގްރީމެންޓް ބާތިލް ކުރުމުގެ ރައިޓްސް އެބައޮތްކަމަށް" މައުސޫމް ވިދާޅުވިއެވެ.

މިއަހަރަކީ ރާއްޖޭގެ ޓޫރިޒަމް ސިނާއަތަށް 50 އަހަރު ފުރޭ އަހަރެވެ. 50 އަހަރު ފުރޭނީ މިއަހަރުގެ އޮކްޓޫބަރު 3 ގައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް