ads
ގިރިފުއްޓަށް ބޮޑުހިލައިގެ ދެވަނަ ޝިޕްމެންޓް ގެންދަނީ: ފޮޓޯ/ އެމްޓިސީސީ
ގިރިފުށީ ބަނދަރު މަރާމާތައް ބޭނުނއވާ ބޮޑުހިލައިގެ ދެވަނަ ޝިޕްމެންޓް ގެންގޮސްފި
ކ. ގިރިފުއްޓަށް ބޮޑު ހިލައިގެ ދެވަނަ ޝިޕްމެންޓް 13 ފެބްރުއަރީ 2022 ވަނަ ދުވަހު ވަނީ ޕްރޮޖެކްޓް ސައިޓަށް ގެންދެވިފައިވާ ކަމަށް އެމްޓީސީސީން ބުނެފިއެވެ.
Advertisement

އަދި މިހާރު ކުރިއަށްދަނީ ބޭރުތޮށީގެ ބެޑް ޕްރިޕަރޭޝަން މަސައްކަތްތައް ކަމަށްވެސް އެމްޓީސީސީން ބުނެއެވެ.

ޖުމްލަ 18.3 މިލިއަން ރުފިޔާ ހަރަދުކޮށްގެން ހިންގާ މި މަޝްރޫއުގެ ދަށުން، 268 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމާއި، 46 މީޓަރުގެ ސަރަޙައްދެއްގައި ނެރު ބޭރުތޮށި ލުމުގެ މަސައްކަތް ހިމެނެއެވެ.

އެއީ މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްއިން އެ ކުންފުންޏާއި ހަވާލުކޮށްގެން ކުރިއަށްގެންދާ މަޝްރޫއެކެވެ.

your imageގިރިފުއްޓަށް ބޮޑުހިލައިގެ ދެވަނަ ޝިޕްމެންޓް ގެންދަނީ: ފޮޓޯ/އެމްޓިސީސީ

މީގެ ހަފްތާއެއް ދުވަސް ކުރިން ދިވެހިރާއްޖޭގެ ގައުމީ ދިފާއީ ބާރުގެ ތަމްރީނުތައް ހިންގާ މައި މަރުކަޒު ހުންނަ ގިރިފުށީގެ ބަނދަރު އަޕްގްރޭޑްކުރުމުގެ މަޝްރޫއު މިނިސްޓަރު މާރިއާ ވަނީ އިފްތިތާހު ކޮށްދެއްވާފައެވެ.

އެގޮތުން ގިރިފުށީ ބަނދަރުގައި މިހާރު ލައިފައިވާ އެއްގަމު ތޮށްޓަކީ، 1998 ވަނަ އަހަރު ލައިފައިވާ ތޮށްޓެކެވެ. އަދި އޭގެފަހުން ގިރިފުށީ އެއްގަމު ތޮށީގައި 2002 ވަނަ އަހަރު ކޮންކުރީޓް ކެޕިން ޖެހުމުގެ މަސައްކަތް ވެސް ވަނީ ކުރެވިފައެވެ.

އަދި އޭރު ކަނޑުތޮށި ހަދާފައި ހުރީ ފަރުމަތިން ގާ ނަގައިގެން ތޮށިގަނޑެއް ހެދުމަށް ފަހު ފެންސްބައި ޖަހައިގެންނެވެ. މިގޮތަށް ހެދުމުން، ކަނޑުތޮށި ވަނީ ހަތަރު އަހަރު ތެރޭ އެއްކޮށް ހަލާކުވެފައެވެ. އަދި އެކި ފަހަރުމަތިން މަރާމާތު ކުރެވުނު ނަމަވެސް އެކަމަށް ދާއިމީ ހައްލެއް އޮތީ ނުލިބިފައެވެ.

ގިރިފުށި ބަނދަރު އަޕްގްރޭޑް ކުރުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަ މާރިޔާ އަހްމަދު ދީދީ ވަނީ، ޒަމާނުއްސުރެ، ދިވެހިރާއްޖޭގެ ސިފައިން ތަމްރީނުކުރާ މައި މަރުކަޒު ހުންނަ ގިރިފުށީގެ ބަނދަރު އަޕްގްރޭޑް ވެގެންދާކަމީ، ދިވެހި ގައުމީ ދިފާއީ ބާރަށް ލިބުނު މުހިއްމު ކުރިއެރުމެއްކަން ފާހަގަކުރައްވާފައެވެ. 

އަދި، މަޝްރޫއު ފެށިގެން ދިޔުމަކީ، ސިފައިންނަކީ ފަންނީ، ގާބިލް، ޕްރޮފެޝަނަލް، ހުރިހާ ހާލަތަކާ ވެސް ކުރިމަތިލުމަށް ތަމްރީނު ލިބި، ތައްޔާރުވެފައިވާ، "ފައިޓިން ފިޓް" ފޯސްއަކަށް ހައްދަވަން، ރައީސް ގެންގުޅުއްވާ ހަރުދަނާ ތަސައްވުރަށް އަމަލީ ސިފަ އަންނަމުންދާކަމުގެ އަލިގަދަ ހެއްކެއްކަމުގައި މިނިސްޓަރު ފާހަގަ ކުރެއްވިއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް