ads
ޑރ. އަބްދުﷲ ނިޔާފް-- ފޮޓޯ: ކޯޕޮރޭޓް މޯލްޑިވްސް
ކޮރޯނާ ވައިރަހާ ގުޅިގެން ޑރ. ނިޔާފުގެ މެސެޖެއް
ހަކުވިކަމާއެކު މިހާރު ފެތުރެމުންދާ ނުރައްކާތެރި ކޮރޯނާ ވައިރަސް ރާއްޖެއަށް ވެސް އައުމުގެ ފުރުސަތު އޮތުމުން، ދިވެހިންގެ ތެރެއިން ގިނަ ބަޔަކު ތިބީ ބިރު، ގަނެ ކަންބޮޑުވެ، ހާސްވެފަ އެވެ.

ރާއްޖޭގެ މަޝްހޫރު ކުޑަކުދިންގެ ހާއްސަ ޑޮކްޓަރު އަދި އޭޑީކޭ ހޮސްޕިޓަލުގެ ޗީފް މެޑިކަލް އޮފިސާ ޑރ. އަބްދުﷲ ނިޔާފް މި ވަނީ ކޮރޯނާ ވައިރަހާ މެދު ސަމާލުވާން ޖެހޭ ސަބަބުތައް ހާމަކޮށްދެއްވާފަ އެވެ. 

ޓްވިޓާގައި މީހަކު ވަނީ ކޮރޯނާ ވައިރަހާ މެދު ބިރު ގަންނަން ޖެހޭ ސަބަބެއް އޮތްތޯ ހުރިހާ ޑޮކްޓަރުންނާ ސުވާލުކުރައްވާފަ އެވެ. އެއާއެކު ޑރ. ނިޔާފް ވަނީ ސަމާލުވާން ޖެހޭ ސަބަބުތަކެއް ބަޔާންކޮށްދެއްވާފަ އެވެ. 

  • މިއީ އިންސާނުންނަށް ބަލި ޖެއްސުމުގައި މުޅިން އާ ވައިރަހެއް، އާ ވައިރަހަކަށް އިންސާނުންގެ މެދުގައި ދިފާއީ ހާއްސަ ބާރެއް ކުރިން އުފެދިފައި ނުވުމުގެ ސަބަބުން ބަލި ނުރައްކާވުމުގެ ފުރުސަތު އޮވޭ.
  • ބަލި ފެނުނުތާ މިވީ މަދު ދުވަސްކޮޅު ތެރޭގައި ހަލުވިކަމާއެކީ ޗައިނާގައި ފެތުރިފައިވުން، އަދި ބަލި ޖެހުނު މީހުންގެ ތެރެއިން ރިޕޯޓު ކުރެވިފައިވާ 20 އިންސައްތަ މީހުންނަށް ބަލިން އަސަރު ބޮޑު. ޖެހުނު މީހުންގެ ތެރެއިން 3 އިންސައްތަ މީހުން ނިޔާވެފައި ވުން.
  • ގައިން ގަޔަށް އަރާ ބައްޔެއްކަން ސާބިތުވެފައިވުން، އާއިލާ މީހުންނާއި ފަރުވާ ދިނުމުގައި ހަރަކާތްތެރިވި ބަޔެއް ފަރާތްތަކަށް ބަލި ޖެހިފައިވުން، އޭގެ ތެރެއިން ބަޔަކު ބަލީގައި ނިޔާވެފައިވުން (މިސާލަކަށް ފަރުވާ ކުރުމުގައި އިސްކޮށް އުޅުނު ޑޮކްޓަރެއް).
  • ބަލި ސާބިތުކޮށް ދެނެގަތުމުގައި ހަދަން ޖެހޭ ޓެސްޓުތަކަކީ މި ވަގުތު އާއްމުކޮށް ގިނަ ގައުމުތަކުގައި ނުހެދޭ ޓެސްޓަކަށްވުން. ބަލި ޔަގީން ކުރުމުގައި މީގެ ސަބަބުން ދަތިތަކެއް އަދި ލަސްތަކެއް ވުން.
  • ބަލި އާކަމުން އަދި ބައްޔަށް ހާއްސަ ވައިރަސް ނައްތާލާ ބޭހެއް ފެނިފައި ނުވަތަ ހޯދިފައި ނެތުން. ނަމަވެސްއެންޓި ވައިރަލް ފަރުވާއަކާ ނުލައި ރަނގަޅުވާ ފަރާތްތަކެއް ވެސް ފެންނަކަން.
  • ގައިން ގަޔަށް ބަލި އަރަން މެދުވެރިވާ ބައްޔެއްގައި ބަލީގެ އަލާމާތް ނެތި ބަލީގެ ވައިރަސް ކެރީ ކުރެވި ޓްރާންސްމިޓް ކުރެވޭ ކަން ފެނިފައިވާ ބައްޔެއް ކަމުގައިވުން.
  • މި ވާހަކަތައް މިހެން އޮތް ނަމަވެސް، އިންސާނުންގެ ތެރޭ މި ވައިރަސް ފެތުރޭތާ ދުވަސްތަކެއް (އަހަރުތަކެއް) ވާއިރު، އިންސާނުންގެ ތެރޭ ބަލިން ދިފާއުވުމުގެ ގާބިލްކަން އިތުރުވެ، ބަލި ދެނެގަތުމުގެ ނިޒާމު ކުރިއަރާ ފަރުވާ ދޭނެ ކާމިޔާބު ގޮތްތަކެއް ހޯދި، ކަންބޮޑުވުން ކުޑަ ވެދާނެ.
  • މިކަމުން ސަލާމަތް ވާއިރު މީގެ އެހެން ރޯޅިއަކަށް ދުރާލާ ތައްޔާރުވެ ވަސީލަތްތައް ވަރުގަދަ ކުރެވި އާއްމުންގެ އަދި ދާއިރާގެ އިތުބާރު ލިބޭ ގޮތަކަށް ކަންކަން ބައްޓަން ކުރުން.
  • އިންފްލުއެންޒާ އާއި މިއާ އެއް ގޮތް ކަންތައްތަކެއް އެބަ ހުރި، އަހަރުތަކެއް ފަހުން އިންފްލުއެންޒާ އަށް ވާ ފަދަ ނުވަތަ އެއަށް ވުރެ ވެސް ރަނގަޅު ހައްލުތަކެއް މިޔަށް ވެސް އަންނާނެ.
  • މި ވައިރަސް އާ ވުމުން ރާއްޖެ އާއި މުޅި ދުނިޔެ ވެސް ދަނީ މިއަށް ތައްޔާރުވަމުން، އިނގޭ ކަންކަމާއި ނޭނގޭ ކަންކަން ހުރީ ދަނެގެން.

އެ މައުލޫމާތު ހިއްސާ ކުރެއްވުމަށް ފަހު ޑރ. ނިޔާފް ވަނީ ވަރަށް މުހިއްމު މެސެޖެއް އާއްމުންނަށް ދެއްވާފަ އެވެ.

"ބިރު ގަންނަ ނަމަ ބިރު ގަންނަންވީ ބިރުން ހުއްޓުން އަރާ ހާސްވެ ގޮތް ހުސްވާކަށް ނޫން، ބިރުން ވިޔަސް ރައްކާތެރި ކަމަށް ސަލާމަތްވާން ފިޔަވަޅު އަޅަން،" ޑރ. ނިޔާފް ވިދާޅުވި އެވެ. 

88%
ކަމުގޮސްފި
2%
އަޑުއެހިތާ މިހުރީ
5%
ސަތޭކައަކުން ސުމެއް
5%
ވަރަށް ސަލާމް
ކޮމެންޓްސް