ads
ރާކީ މީޑިއާ ކުރިމަތީ ރޮނީ--
ބިގްބޮސް އަށްފަހު ރިތޭޝް ރާކީ ދޫކޮށްލި ވާހަކަ މީޑިއާއަށް ކިޔައިދެމުން ރާކީ ފެށީ ރޯން!
ބޮލީވުޑުގެ ޑްރާމާ ކްއީންގެ ގޮތުގައި ރާކީ ސާވަންތު ފާހަގަކުރެވިގެން ދާއިރު ގިނަ ފަހަރަށް އޭނާ ދައްކާ ވާހަކަ މީހުން ގަބޫލުކުރަން ވެސް ބޭނުމެއް ނުވެ އެވެ.
Advertisement

އެންމެ ފުރަތަމަ ދިޕަކް ކަލާލް އާ ކައިވެނި ކުރަން ކަމަށް ބުނެ އެތައް ވާހަކަތަކެއް ދެއްކުމަށް ފަހު ފަހުން އެއީ ދޮގެއްކަމަށް ބުންޏެވެ. އޭގެ ފަހުން ރާކޭޝް ނަމަކަށް ކިޔާ ވިޔަފާރިވެރިއަކާ ކައިވެނިކޮށްފައިވާ ކަމަށް ބުނެ އިންސްޓަގްރާމަށް ކައިވެނީގެ ހެދުމެއްގައި ނަގާފައިވާ އޭނާގެ ފޮޓޯލި އެވެ. އެކަމަކު އޭރު ރާކޭޝްގެ ފޮޓޯއެއް އޭރު ހާމައެއް ނުކުރެއެވެ. ފޮޓޯ ހާމަނުކުރަނީ ރިތޭޝް ލަދުގަންނާތީކަމަށް އޭރު ރާކީ ބުނަމުންދިޔަ އެވެ. އެއީ ވެސް ރާކީ ހެދި ދޮގެއް ކަމަށް ގިނަ ބަޔަކު ގަބޫލުކުރެ އެވެ. 

އޭގެފަހުން ބިގްބޮސްގެ 14ވަނަ ސީޒަންގަައި ރާކީ ބައިވެރިވިއިރު އޭނާގެ ފިރިމީހާ ވަރަށް މިސްވެގެން އުޅޭ ކަމަށް ބުނެ އެވެ. އަދި އެއްވެސް މީހަކު އެކަން ގަބޫލުނުކުރާތީ ރާކޭޝް އެންމެންގެ ކުރިމައްޗަށް ގެންނާނެކަމަށާއި ދެން ސީޒަނެއްގައި ފިރިމީހާ އާ އެކު ބައިވެރިވާނެ ކަމަށްވެސް ބުންޏެވެ.

އޭގެފަހުން އެންމެ ފަހުން ނިމިގެންދިޔަ ބިގްބޮސްގެ 15ވަނަ ސީޒަންގައި އޭނާ ވަނީ ވައިލްޑް ކާޑުގައި ޖޮއިން ކޮށްފައެވެ. ގިނަ ބަޔަކަށް ޝޮކެއް ގެނުވާ އޭނާގެ ފިރިމީހާ ކަމަށް ބުނަމުން އައީ ރިތޭޝް ވެސް އެ ޝޯގައި ބައިވެރިވި އެވެ. ރާކީ އޭނާ އެންމެނަށް ތައާރަފް ކޮށްދިނީ ވެސް އޭނާގެ ފިރިމީހާ ރިތޭޝްގެ ގޮތުގައެވެ. 

އޭގެފަހުން ފައިނަލަށް ނުދަނީސް ރިތޭޝް ބިގްބޮސް ހައުސްއިން ބޭރުވިއެވެ. ރާކީ ގެއިން ބޭރުވީ ފައިނަލުގެ ފަހެއްގައެވެ. ޝޯ ނިމުމުން އެކި އިވެންޓުތަކުން ދެމީހުން އެކީ ފެނިގެންވެސް ދިޔައެވެ. މީޑިއާ ކުރިމަތީ ވަރަށް ލޯބިން އުޅޭތަންވެސް ފެނުނެވެ. އަދި ބައެއް ފަހަރު ރާކީ ރިތޭޝް މޫނުގައި "ބޮސް" ދޭ މަންޒަރުވެސް ފެނެއެވެ.

ނަމަވެސް މިމަހުގެ 14ވަނަ ދުވަހު ފާހަގަކުރި ލޯބިވެރިންގެ ދުވަހަކީ މިދެމީހުންގެ ލޯބި ނިމުމަކަށް އައި ދުވަހެވެ. އެދުވަހު އިންސްޓަގްރާމުގައި އޭނާ ވަނީ ކައިވެނި ރޫޅާލިކަން ހާމަކޮށްފައެެވެ.

ފަހުން މަގުމަތީ ހުރެ މީޑިއާތަކާއި ވާހަކަދައްކަމުން ރާކީ ވަނީ ދެމީހުުންގެ ކައިވެންޏާއި ބެހޭގޮތުން ވާހަކަދައްކާފައެވެ. ރާކީ ބުނީ ރިތޭޝް ރާކީ ބޭނުންކުރީ މީހުންގެ މަގުބޫލުކަން ހޯދާ، ބިގްބޮސްގައި ބައިވެރިވުމަށް ކަމަށާއި، ބިގްބޮސް އިން ނިކުތުމަށްފަހުވެސް ދުވަސްކޮޅެއްވަންދެން ލޯބިން އުޅުނީ އެތަނަށް ވަދުނީ ދެމަފިރިންގެ ގޮތުގައި ވާއިރު، އެގުޅުން އެހާ އަވަހަށް ކަނޑާލައިފިނަމަ ކަލާސްޓީވީން ދިން 2 ކަރޯރް ރުޕީސް ރާކޭޝް އަތުން އަތުލަފާނެތީ ކަމަށެވެ. 

އަދި އޭނާ ބޭނުން ނެތުމުން ދޫކޮށްލީ ކަމަށް ރާކީ ބުންޏެވެ. މިވާހަކަތައް ދައްކަމުން ރާކީ ދިޔައީ ރޮމުންނެވެ. ރާކީ ބުނީ ސަލްމާން އާއި އެކު ލަވައެއް ކުޅެން ޖެހޭތީ ހަށިގަނޑަށް ވަރަށް ބޮޑަށް ބަލައިގެން އުޅުން ނަމަވެސް މިހާރު ގިނަ ވަގުތުތަކުގައި ހިތްދަތިވެގެން އަބަދު ކެވެނީ ކަމަށެވެ. 

ރާކީ ވަނީ އެދެމީހުން ގާނޫނީ ގޮތުން ކައިވެނި ނުކުރާ ކަމަށްވެސް ބުނެފައެވެ. 

ރިތޭޝް ބިގްބޮސް ހައުސިން އިން ބޭރުވުމާއި ހަަމަޔަށް ވީ ދުވަސްތަކުގައި ފެނިގެންދިޔައީ އޭނާއަށް އެތަނުގެ އުސޫލުތަކާއި ގޭމް ކުޅެވީގޮތް އެނގޭ ކަމަށް ބުނެ އަމިއްލަ ނިމުންތައް ނިންމަމުން ދިޔަތަނެވެ. އަދި އޭނާއާއިމެދު ނުވިސްނާ ރާކީގެ ގޭމް ރާކީ އަމިއްލަ ކުޅުމަށާއި، އޭނާއަށް ގޮތް ކިޔާ ނުދޭށޭ ބުނެ އެތައް ޒުވާބެއް ދެމީހުންގެ ދޭތެރޭ ދިޔައެވެ. އެއިން ކޮންމެ ފަަހަރަކު ރާކީ ދެރަކޮށް ދަށްކޮށްލާތީ ޝޯގެ ހޯސްޓު ސަލްމާންވެސް ވަނީ ރިތޭޝްއަށް "ކުރި ދޮށިން" އެތައް ފަހަރަކު ނަސޭހަތް ދީފައެވެ.

އެދެމީހުން ދެމަފިރިންގެ ގޮތުގައި ޝޯއަށް ވަނުމުން، ދެ މީހުން ދިމާވެ، ކައިވެނިކުރެވުނު ގޮތް ކިޔާދިނުމަށް ހައުސް މޭޓްސްއިން އެދުމުން ރިތޭޝް އާއި ރާކީ ވަނީ އެވާހަކަ ކިޔާދީފައެވެ.

އޭރު ރިތޭޝް ބުނީ ރާކީއަށް އެންމެ ފުރަތަމަ މެސެޖްކުރީ އޭނާ ކަމަށާއި، ނަންބަރު ލިބުނީ އޭނާގެ ކުންފުނީގައި މަސައްކަތްކުރާ މީހެއްގެ ފަރާތުން ކަމަށެވެ. ރާކީއަށް މެސެޖް ކުރީ ވަޓްސް އެޕުންކަމަށާއި ފުރަތަމަ މެސެޖްކުރުމުން ރާކީ ބްލޮކް ކޮށްލީ ކަމަށް އޭނާ ކިޔާދިނެވެ. ނަމަވެސް ފަހުން އެހެން ނަންބަރަކުން އަނެއްކާ މެސެޖުކޮށްގެން އެފަހަރު ރާކީ ވާހަކަ ދެއްކި ކަމަށާއި، ވާހަކަ ދައްކަމުން ގޮސް ދެމީހުންގެ މެދުގައި ލޯބި އުފެދުނީ ކަމަަށް ބުންޏެވެ.

އަވަހަށް ކައިވެނިކުރީ ރާކީ ބޭނުންވެގެން ކަމަށްވެސް އޭނާ ބުންޏެވެ.

43%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
29%
ސަތޭކައަކުން ސުމެއް
29%
ވަރަށް ސަލާމް
ކޮމެންޓްސް