ads
ފޮޓޯ/ގޫގްލް
ހުވަފެނުން ފެނުނީ ޗެޓް ކުރަނިކޮށް، ހޭލެވުނު އިރު ކައިވެނި ރޫޅިއްޖެ!
މިއީ ދުވަހަކުވެސް ވަކިނުވާނެ ކަމަށް ވައުދުތަކާއި އަހުދުތައްވެ، ލޯބިން ކައިވެނިކޮށް ހަތަރު ދަރިންލިބި އުޅެން އެންމެ ބޭނުންވި ދުވަހު ފެނުނު ހުވަފެނާއި އެކު ކައިވެނި ރޫޅި ވަރިވި ދިވެހި އަންހެނެއްގެ ވާހަކައެކެވެ.

އަޝާ ވެސް އެހެން އަންހެނުންނެކޭ އެއްފަދައިން އޭނާގެ އުމުރުން 22 އަހަރުގައި ހަޔާތުގެ ބައިވެރިއެއް ހޯދީ އުފާވެރި ޒަވާޖީ ހަޔާތެއްގެ އުއްމީދުގައެވެ. ނަމަވެސް އެންމެ އުޅެން ބޭނުންވި ދުވަހު އަޝާ ވަނީ ދުނިޔެއިން އެކަނިވެރި ކަމާއި މާޔޫސް ކަމާ ކުރިމަތިލާން ޖެހިފައެވެ.

އަޝާ "ސީއެންއެމް" އަށް ބުނީ މިއަދު އަޝާ އަކީ އެކަނިވެރި މައެއް ކަމުގައި ވިޔަސް ފިރިިމީހާގެ އަޅާލުން ހަތަރު ދަރިންނާއި އަޝާއަށް ލިބޭކަމަށެވެ. ދެވަނަ ކައިވެންޏެއް ކުރާކަށް ބޭނުން ނޫން ކަމަށާއި، ފިރިއެއްގެ ގޮތުގައި ދެކެން ބޭނުންވަނީ އަނާން ކަމުގައި ވިޔަސް އަނާން އަށް ހަމަ އިތުބާރު ނުކުރެވޭ ކަމަށް އަޝާ ބުންޏެވެ.

އަޝާގެ އުމުރުން 22 އަހަރުގައި ކުރި ކައިވެންޏާ އެކު ދެދަރިންލިބި، މިހާރު އުމުރުން 29 އަހަރުގެ އަޝާ ބުނާގޮތުން އޭނާ ވަނީ ދުނިޔޭގައި ވަރަށްގިނަ ހިތި ތަޖުރިބާ ތައެއް ކޮށްފައެވެ.

އަނާން އަކީ އެހެން ރަށަކަށް ނިސްބަތްވާ މީހެކެވެ. އަނާން އާއި އަޝާ ދިމާވީ ފޭސްބުކުގެ ޒަރީއާއިންނެވެ. މެސެންޖާއިން މެސެޖްކޮށް އެތައް ދުވަހަކު އުޅުމަށްފަހު މާލެ އައީ ކަމަށް އަޝާ ބުންޏެވެ.

އަޝާ މާލޭގައި ހޭދަކުރި ތިން މަސް ދުވަހުގެ ތެރޭގައި، ދެމީހުންގެ ލޯބި ވަރުގަދަވެ ކައިވެންޏާ ހަމަޔަށް އައީ ދެފަރާތުގެ އާއިލާގެވެސް ރުމާއެކު ކަމަށް އަޝާ ބުންޏެވެ. ކައިވެނީގެ ފަހުން ފިރިމީހާގެ ރަށަށް، އަޝާ ބަދަލުވެ އުޅެމުން ދިޔައީވެސް އުފާވެރި ދިރިއުޅުމެއްގައި ކަމަށާއި، ނަމަވެސް ދެވަނަ ދަރި ލިބި މާގިނަ ދުވަހެއް ނުވެ ފިރިމީހާގެ އަޅާލުން މަޑުމަޑުން ކުޑަވަމުންދާ ކަން ފާހަގަވި ކަމަށް އަޝާ ބުންޏެވެ.

"މި މައްސަލަ ގަނޑުގެ ތެރެއިން ކިތަންމެ ރީއްޗަށް ފިރިމީހާއާއި ވާހަކަދެއްކިއަސް އޭނާ ފަށަނީ ޒުވާބު ކުރަން. އަދި ބުނި އަހަރެން ގެއަށް ނާންނަނީ އެހެން އަންހެނަކާއި ހިތާވެގެން އުޅޭތީ ނޫނޭ. އެ ނަޒަރުން އަޝާ އަށް ނޭނގި އަޝާ ނޫން އެހެން އަންހެނަކާއި އަހަރެން ވާހަކަ ދައްކައިފި ނަމަ އަހަރެންގެ އަންބެއް ނުހުންނާނެޔޭ"

އެހެން ނަމެސް އަޅާނުލާ ވަގުތު ތައް ގުނަމުން ދިޔައީ ކަމަށް އަޝާ ބުންޏެވެ. ފިރިމީހާ ބޭރުގައި އުޅޭ ވަގުތު ގިނަވުމާއި ނިދަން އައުން ލަސްވަމުން ދިޔައެވެ. ހަފްތާ ދެހަފްތާ ވެގެންދާ އިރު ނާންނާތީ އެހާ ހިސާބުން ޝައްކު ކުރަން މަޖުބޫރު ކުރުވެގެން ދިޔައެވެ. ޝައްކު ކުރުން އެއީ އެއްވެސް އިރެއްގައި ކުރަން ބޭނުންވި ކަމެއް ނޫން ކަމަށް އަޝާ ބުންޏެވެ. 

އެގޮތަށް އެކަނިމާ އެކަނި ފިރިމީހާއާއި ދުރުގައި ނިދާތާ ތިންމަސް ވެގެން ދިޔައިރު އެއްރޭ ހުވަފެނުން އަނާން އެހެންމީހަކާއި ޗެޓް ކުަރަމުންދާ މަންޒަރު ފެނުނު ކަމަށްވެސް އަޝާ ބުންޏެވެ.

ރައްޓެހިވެގެން އުޅުނުއިރުންސުރެން ފެށިގެން ދެމީހުންގެ މެދުގައި އިތުބާރު ދެމެހެއްޓުމަށްޓަކައި "ފޭސްބުކްމެސެންޖާ" ގައި ދެމީހުން އެއްޕާސްވޯޑެއް ދިޔައީ ބޭނުން ކުރަމުންނެވެ. އެއް ޕާސްވޯޑް ބޭނުން ކުރި ނަމަވެސް ދުވަހަކުވެސް ފިރިމީހާ ކުރާކަމެއް ނުބުލާ އަޝާ ނުބަލައެވެ. އެހެން ނަމަވެސް ފެނުނު ހުވަފެނުގެ ސަބަބުން ބަލަން ހިތް މަޖުބޫރު ކުރުވިކަމަށް އަޝާ ބުންޏެވެ.

ކުދިން ނިންދެވުމައްފަހު 11:30 އެހާކަށްހާއިރު އަޝާ އޮތީ ނިދަން އެނދަށް އަރާކަމަށާއި، އެގޮތަށް އޮވެ 12:30 ވީއިރު ވެސް ނުނިދި އެނދުގެ ދެކޮޅު ދެކޮޅަށް ފުރޮޅިލަ ފޮރޮޅިލަ އޮއްވާ ކުޑަކޮށް ނިދި ޖެހުނު ކަމަށް އަޝާ ބުންޏެވެ. ނިދުމަށްފަހު އަޝާ އަށް ހޭލެވުނީ ގަޑިން އެއްގަޑި ފަނަރަހާއިރު ކަމަށާއި، ހޭލެވުނު އިރު އޮތީ ދާހިއްލާ ފޯވެފައި ކަމަށް އަޝާ ބުންޏެވެ. ހޭލެވުމާއެކު ނިދި ޖެހުނު ވަގުތު ފެނުނު ހުވަފެން މަތިން ހަދާން ކުރެވުނެވެ. ގަބޫލު ކުރަން ދަތިކަމަށް ވިނަމަވެސް ހުވަފެނުގައި ފެނުނީ އަނާން އެހެން އަންހެނަކާއިއެކު ޗެޓް ކުރަނިކޮށް ކަމަށް އަޝާ ބުންޏެވެ.

ހުވަފެނުގެ ހަނދާން ސިކުޑީގައި ޖަހާބެރެއްހެން ގޮވަމުން ގުގުމުން ދާންފެށިއެވެ. ހިތަށް ކެތްނުވެ، މަޖުބޫރުވީ އިތުބާރެއްގެ ގޮތުން ފިރިމީހާ ދީފައި އޮތް މެސެންޖާ ޕާސްވޯޑް ޖަހައިގެން ފޯނު ޗެކްކުރުމަށެވެ. އެއީ އަހަރެންގެ ދިރިއުޅުން ފަހަރެއްގަވެސް އަދިރިވެގެން ކަޅުވިލާގަނޑެއްގެ ކަޅު ކަމުގެ ތެރެއަށް ގެބިގެން ގޮސްދާނެ ކަމަށް ނޫން ކަމަށް އަޝާ ބުންޏެވެ. ނަމަވެސް މިހާރުވެސް "ބައެއް ދުވަސް ދުވަހު ހިތައް އަރާ އެރޭ އެގޮތަށް މެސެންޖާ ޗެކް ނުކުރެވުނު ނަމައޭ" އަޝާ ބުންޏެވެ.

"ވަރިބަސް ބުނިތާ ތިންވަނައަށް ވީރޭ ހަމަ ހިތަށް ކެތް ނުވެގެން، ފިރިމީހާ އޮންލައިންވީމަ މެސެންޖާ ބަލަމުން ދިޔައީ. އަނާން ދިޔައީ ބަރާބަރަށް ޗެޓް ކުރަމުން. ވާހަކަ ދައްކަމުން ދައްކާ ވާހަކަތައް ޑިލީޓްވެސް ކުރަމުން. އަހަރެން ދިޔައީ ބަލަމުން ސްކްރީން ޝޮޓް ނަގަމުން" އަޝާ ބުންޏެވެ.

ސްކްރީން ޝޮޓްތައް ފޯނުގައި ބަހައްޓައިގެން ކެތްނުވި ނަމަވެސް އެއަށް ބަލާ އެތައް ފަހަރަކު ރޮވުނު ކަމަށް އަޝާ ބުންޏެވެ. ޖެހިގެން އައިދުވަހު ފިރިމީހާ ގެއަށް އައުމުން ސުވާލު ކުރުމުން އެއްބަސް ނުވިކަމަށާއި، އޭނާ ފެށީ ޒުވާބް ކުރަން ކަމަށް އަޝާ ބުންޏެވެ. ވަގުތުން ފޯނު ދެއްކި ކަމަށްބުނެ އަޝާ ބުނީ އަނާން ވަގުތުން ބަސް ހުއްޓި ކޮޓަރިން ނުކުމެގެން ދިޔަކަމަށެވެ.

އަޝާ އަށް އެއްވެސް ފިރިހެނަކަށް އިތުބާރު ނުކުރެވޭ ކަމަށާއި، އިތުރު ކައިވެންޏެއް ކުރަންވެސް ބޭނުން ނުވާ ކަމަށް އަޝާ ބުންޏެވެ. ފެނުނު ހުވަފެން ހަގީގަތަކަށްވެ އެންމެ ފަޅި ސިކުންތެއްގެ ތެރޭގައި ދިރިއުޅުން ވިއްސިވިހާލިވެގެން ދިޔައީއެވެ.

33%
ކަމުގޮސްފި
33%
އަޑުއެހިތާ މިހުރީ
33%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް