ads
ކޮމަންޑޫ ކައިރިން ރިސޯޓަށް ހަދާ 3 ރަށް
ރިސޯޓު ހަދާ ރަށްތަކުގެ ލިސްޓުން ކޮމަންޑޫ ދާއިރާގެ ތިން ރަށް އުނިކޮށްފި
ށ. ކޮމަންޑޫ ދާއިރާގެ މަޖިލިސް އިންތިހާބު ތެރެއިން ކޮމަންޑޫ ކައިރީ ރިސޯޓު ހަދަން ނިންމާ، ރިސޯޓު ހަދާ ލިސްޓަށް އިތުރުކުރި، ކޮމަންޑޫ ކައިރީގައިވާ ތިން ރަށް އެ ލިސްޓުން އުނިކޮށްފި އެވެ.
Advertisement

ރިސޯޓް ހެދުމަށްޓަކައި 18 ރަށެއް ކުއްޔަށް ދޫކުރަން ޖެނުއަރީ މަހު ސަރުކާރުން ހުޅުވާލިއެވެ. އެހެން ނަމަވެސް އޭގެ ތެރޭގައި ށ. އަތޮޅުގެ ތިން ރަށެއް ނުހިމެނެވެ.

އެ ރަށްތައް އިތުރު ކުރީ ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަން އިއުލާނު ކޮށް ކެމްޕެއިން ކުރަމުން ގެންދަނި ކޮށެވެ. އިތުރު ކުރި ތިން ރަށަކީ ށ. މެދުރަށާއި ށ. މައިރަށުގެ އިތުރުން ށ. ދިގުރަށެވެ. މި ތިން ރަށް އޮންނަނީ ކޮމަންޑޫ އާ ވަރަށް ކައިރީގަ އެވެ.

މިހާރު މި ރަށްތައް ވަނީ ލިސްޓުން އުނިކޮށްފައެވެ.

މި ތިން ރަށް އެ ލިސްޓުން އުނިކޮށްފައި މިވަނީ، އެ ތިން ރަށް ސަރުކާރުން ރިސޯޓު ހަދާ ލިސްޓަށް އިތުރުކުރިއިރު މީގެ ކުރިން، ޕްރިމިއާ އިކުއިޓީ ކިޔާ ކުންފުންޏަކަށް އެ ރަށްތައް ދޭން އެއްބަސްވެފައިވާ މައްސަލައެއް ފެންމަތިވެ، އެ ރަށްތައް ދިނުން މަޑުޖައްސާލުމަށް މިދިޔަ އާދިއްތަ ދުވަހު، ސިިވިލް ކޯޓުން ޓްއަރިޒަމް މިނިސްޓްރީއަށް އަންގާފައި ވަނިކޮށެވެ.

އެމައްސަލާގައި ކުންފުނީގެ ފަރާތުން ހުށަހަޅާފައިވާ މައްސަލާގައި ބުނެފައިވަނީ، އެތިން ރަށަކީ އެކުންފުންޏާއެކު ސަރުކާރުން ހެދި ސެޓްލްމެންޓް އެއްބަސްވުމެއްގެ ދަށުން އެކުންފުންޏަށް ދޭން އެބަސްވެފައިވާ ތިން ރަށް ކަމަށެވެ. 

އެހެންވެ އެކުންފުނިން ވަނީ އެހެން ބަޔަކަށް އެތިން ރަށް ދިނުން ހުއްޓުވުމަށް ވަގުތީ އަމުރެއް ނެރެދޭން ކޯޓުގައި އެދިފައެވެ. 

މިމައްސަލައިގައި ސިވިލް ކޯޓުގެ އަމުރުގައިވަނީ އެ މައްސަލަ ވަކި ގޮތަކަށް ނިމެންދެން އެހެން ބަޔަކަށް އެރަށްތައް ނުދެވޭނެ ގޮތަކަށް ކޯޓުން ފިޔަވަޅު އަޅަން ޖެހޭ ކަމަށެވެ. އަދި ފެންނަން ހުރި ކަންކަމަށް ބަލާއިރު އެރަށްތައް އެހެން ބަޔަކަށް ކުއަޔަށް ދީފި ނަމަ ޕްރިމިއާ އިކުއިޓީ ކުންފުންޏަށް ލިބޭނެ ކަމަށް ބެލެވޭ ގެއްލުން މާބޮޑެވެ. 

ޓޫރިޒަމް މިނިސްޓްރީގެ މައްޗަށް ނެރެފައިވާ އަމުރުގައިވަނީ އެތިންރަށުގައި ރިސޯޓް ހަދަން ބިޑްކުރުން ފަސްކުރުމަށް އެމިނިސްޓްރީގެ މައްޗަށް އަންގައި އަމުރު ކުރާ ކަމަށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް