ads
އައްޑޫ ފްލައިން ސުކޫލު
ދިވެހި ފްލައިން ސްކޫލުގެ ޕައިލެޓް ކޯހުގެ އަގުތައް ކުރީ ފްލައިން ސްކޫލަށްވުރެ ބޮޑު!
އައިލެންޑް އޭވިއޭޝަން ސާވިސް (އައިއޭއެސް) އާއި ގައުމީ ޔުނިވާސިޓީ (އެމްއެންޔޫ) ގުޅިގެން އުފެއްދި ފުރަތަމަ ދިވެހި ފްލައިން ސްކޫލު، "މޯލްޑިވިއަން އޭވިއޭޝަން އެކަޑެމީ" ގެ ޕައިލެޓް ޓްރެއިނިންގެ ކޯސް ފީގެ އަގުތައް އާއްމުކޮށްފި އެވެ.

އެ އެކަޑެމީން އިއުލާންކޮށްފައިވާ އަގުތަކަށް ބަލާއިރު، އިންޓަގްރޭޓެޑްކޮށް ކިޔަވާ ދަރިވަރުންގެ ކޯސް ފީއަކީ 58،007 ޑޮލަރު (894،468 ރުފިޔާ) އެވެ.

އަދި މޮޑިއުލާ އިހުތިޔާރުކޮށް، ކިޔަވާ ނަމަ 59،626 ޑޮލަރު (919،433 ރުފިޔާ) ދައްކަން ޖެހެ އެވެ.

މި އަގުތަކަކީ އައްޑޫގައި ހިންގަމުން ދިޔަ އޭޝިއަން އެކަޑެމީ އޮފް އެރޮނޯޓިކްސް (އޭއޭއޭ) ފްލައިން ސްކޫލަށް ވުރެ ބޮޑު އަގުތަކެއް ކަމަަށް މައުލޫމާތު ލިބެއެވެ. އެ ފްލައިން ސްކޫލުން ކޯހަކަށް ނަގަމުންދިޔައީ ކޮންމެ ދަރިވަރެއްގެ އަތުން 49،103 ޑޮލަރު(757،168 ރުފިޔާ) ކަމަށް އެ ސްކޫލުން އެންމެ ފަހުން އާއްމުކޮށްފައި ހުރި މައުލޫމާތުން އެގެއެވެ.

އޭއޭއޭ އިން އައްޑޫގައި ހިންގި ފްލައިން ސްކޫލްގައި ކިޔަވަމުން އަންނަ ދަރިވަރުންގެ ކިޔެވުން ނުނިމި ދިގުލާ މައްސަލަ ބޮޑުވެފައި ވަނިކޮށް އެ ސްކޫލް ފަހުން ހިންގަން ހަވާލުވި އެވިޑް ކޮލެޖުން އެ އެއްބަސްވުން ބާތިލްކޮށްފައި ވަނީ ސެޕްޓެމްބަރު މަހުގެތެރޭގަ އެވެ.

އެއަށްފަހު މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައި ވަނީ ފުރަތަމަ ދިވެހިންގެ ފްލައިން ސްކޫލުގެ ގޮތުގައި ފްލައިން ސްކޫލެއް ހުޅުވާފައެވެ.

ދިވެހިންގެ ފުރަތަމަ ފްލައިން ސްކޫލު މެދުވެރިކޮށް އަހަރަކު 80 ކުދިންނަށް ޖާގަ ހުޅުވާލެވިގެންދާއިރު، ފުރަތަމަ ބެޗުގައި 30 ދަރިވަރުންނަށް ޖާގަ ދޭނެ އެވެ. 

މި ސްކޫލުގެ ކޯސްތައް ހިންގާނީ ޗެކް ރިޕަބްލިކުގެ ފްލައިން އެކަޑަމީއާއި ގުޅިގެންނެވެ. އަދި އެއާކްރާފްޓް މެއިންޓެނަންސް އާއި ސޭފްޓީ ރެގިއުލޭޝަން ބަލަހައްޓާނީ އައިލެންޑް އޭވިއޭޝަނުންނެވެ. 

އެ ސްކޫލްގެ ކިޔެވުން ފެށީ މިދިޔަ މަހުގެ 10 ވަނަ ދުވަހު އެވެ.

ރިފްރެޝާ ޕްރޮގްރާމްގައި ހިމެނެނީ 150 ގަޑިއިރުގެ ތިއަރީ ބަޔަކާއި 10 ގަޑިއިރުގެ ފްލައިން އެވެ.

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް