ads
ދެވަނަ ފިޔަވަހި ފްލެޓްތަކެއް----
ސޯޝަލް ހައުސިންގެ ފްލެޓްތައް ކުއްޔަށް ދޫކުރެވޭ އުސޫލު އިއުލާންކޮށްފި
ސަރުކާރުން ސޯޝަލް ހައުސިން ސްކީމްގެ ދަށުން ދޫކޮށްފައިވާ ތަންތަން ކުއްޔަށް ދޫކުރުމުގައި އަމަލު ކުރަން ޖެހޭނެ އުސޫލެއް އެކުލަވާލައިފިއެވެ.

އިޖުތިމާއީ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކުގެ ދަށުން ދޫކޮށްފައިވާ ފުލެޓުތަކާއި ރޯހައުސްތަކާއި ގޯތި ފަދަ ތަންތަން ކުއްޔަށް ދެވޭނީ އެ މަޝްރޫއު ހިންގި އިދާރާއިން ކަނޑައަޅައިފައިވާ އުސޫލުތަކުގެ ދަށުން އެ އިދާރާއެއްގެ ހުއްދަ ލިބިގެން ކަމަށާއި، މި ގަވާއިދަށް މިއަދުން ފެށިގެން އަމަލު ކުރަން ފަށާނެ ކަމަށް ސަރުކާރުން ރޭ ގެޒެޓްކުރި އުސޫލުގައި ބުނެފައިވެއެވެ. 

އަދި އެގޮތަށް ދޭއިރު ވެސް ފްލެޓާއި ރޯހައުސް އަދި ގޯތި ފަދަ ތަންތަން އެއްކޮށް ކުއްޔަކަށް ނުދެވޭނެ ކަމަށާއި ކުއްޔަށް ދޫކުރެވޭނީ ގިނަ ވެގެން ފަސް އަހަރަށް ކަމަށް ވެސް އުސޫލުގައި ވަނީ ބަޔާން ކޮށްފައެވެ. އެހެން ނަމަވެސް ތަން އެއްކޮށް މިލްކު ކޮށްފައިވާ ނަމަ ކުއްޔަށް ދޫކުރުމުގައި އެއްވެސް ހުރަހެއް ނެތް ކަމަށް އުސޫލުގައި ފާހަގަ ކޮށްފައިވެއެވެ. 

"ރޯހައުސްތަކާއި ފުލެޓުތަކާއި ގޯތި ފަދަ ތަންތަން ކުއްޔަށް ދެވޭނީ އެންމެ ގިނަވެގެން ފަސް އަހަރު ދުވަހުގެ މުއްދަތައް. އަދި އެ މުއްދަތު އިތުރު މުއްދަތަކަށް އާ ކުރެވޭނީ އެ މަޝްރޫއު ހިންގި އިދާރާއިން ކަނޑައަޅާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތީން." އުސޫލުގައި ބުނެފައިވެއެވެ.

ސަރުކާރުން މިފަދައިން އުސޫލެއް ކަނޑައަޅާ ގެޒެޓް ކޮށްފައިމިވަނީ، ހިޔާ ފްލެޓް ލިބުނު ބައެއް ފަރާތްތައް އެތަންތަން ކުއްޔަށް ދެމުން އަންނަ ކަމަށް ބުނެ ގިނަ ބަޔަކު ނުރުހުން ފާޅު ކުރަމުން ގެންދަނިކޮށެވެ. 

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް