ads
ފޮޓޯ: އަލްޖަޒީރާ
އިތިއޯޕިއާގެ ރެފިއުޖީ ކޭމްޕަކަށް ދިން ހަމަލާތަކެއްގައި ބަޔަކު މަރުވެއްޖެ
އިތިއޯޕިއާގެ އުތުރުގެ އަފާރް ސަރަހައްދުގައި ހުރި ރެފިއުޖީ ކޭމްޕަކަށް ދިން ބޮމުގެ ހަމަލާތަކެއްގައި ފަސް މީހުން މަރާލައިފިއެވެ.

އދ. އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އިތިއޯޕިއާގައި ދިރިއުޅޭ އެރިޓްރިއާގެ 100،000(އެއް ލައްކަ) އަށް ވުރެ ގިނަ ރެފިއުޖީންނަށް އަމާޒުކޮށް ދިން ހަމަލާތަކުގައި މިހާތަނަށް ފަސް މީހުން މަރުވެފައި ވީނަމަވެސް ގިނަ ބަޔަކު އަދިވެސް ފެނިފައި ނުވާކަމަށެވެ. އެހެން ކަމުން މަރުވި މީހުންގެ އަދަދު އިތުރު ވުމަކީ އެކަށީގެން ވާކަމެއް ކަމަށް އދ އިން ވަނީ ބުނެފައެވެ. 

އަދި މި ހަމަލާތަކަށް ފަހު އެ ކޭމްޕުތަކުން ފިލަން މަސައްކަތްކުރި ބަޔަކު ހަމަލާ ދިން މީހުން ރަހީނުކޮށްފައި ވާކަމަށާއި، އަދި މިހާތަނަށް ރަހީނު ކުރި މީހުންގެ ސީދާ އަދަދު ނޭނގޭ ކަމަށްވެސް އދ އިން ވަނީ ބުނެފައެވެ. 

އިތިއޯޕިއާގެ ސަރުކާރުން ވަނީ މި ހަމަލާތައް ދިނީ، އެގައުމުގައި ވަކިވެ ގަތުމަށް މަސައްކަތް ކުރަމުން އަންނަ ޓިގްރޭ ޕީޕަލްސް ލިބަރޭޝަން ފްރަންޓް ކަމަށް ބުނެފައެވެ. އަދި ރަހީނު ކުރި މީހުން ސަލާމަތް ކުރުމަށް ކުރަންޖެހޭ ކޮންމެ މަސައްކަތެއް ކުރާނެ ކަމަށާއި، ހަނގުރާމަ ކުރަން ޖެހިއްޖެނަމަ އެކަންވެސް ކުރާނެ ކަމަށް ބުނެފައެވެ. 

އެހެން ނަމަވެސް އަދި މިހާތަނަށް މި ހަމަލާ ތަކުގެ ޒިންމާ އެއްވެސް ޖަމާއަތަކުން ނަގާފައި ނުވެއެވެ. 

މި ހަމަލާތަކާއި ގުޅިގެން އެ ތަނުގައި ދިރިއުޅެމުންދިޔަ ގިނަ އަދަދެއްގެ މީހުން ވަނީ މިހާރު ރައްކާތެރި ހިސާބުތަކަށް ބަދަލުކޮށްފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް