ads
ފޮޓޯ: ސޯޝަލް މީޑިއާ
މުއްދަތް ހަމަވެފައި ހުރި ވެކްސިން ބައެއްގެ ގަޔަށް ޖެހި ނަރުހެއް ހައްޔަރު ކޮށްފި
ކޮވިޑް-19 އިން ދިފާއުވުމަށް ދުނިޔޭގެ އެކި ކަންކޮޅު ތަކުގައި ދެމުން އަންނަ ވެކްސިނެއް ކަމަށްވާ، ފައިޒާ ވެކްސިންގެ މުއްދަތު ހަމަވެފައި ހުރި ޑޯޒްތަކެއް އަމިއްލަ އާއިލާގެ މީހުންގެ ގަޔަށް ޖަހާ އެ ވެކްސިނުން ވިޔަފާރި ކުރި ނަރުހަކު ހައްޔަރުކޮށްފި އެވެ.

ނައިޖީރިއާގެ 67 އަހަރުގެ ކްރިސްޓަން ޕެޓްރީސަން ނަމަކަށް ކިޔާ ނަރުހެއް ވަނީ، އޭނާގެ ކޮއްކޮ އަށާއި، ކޮއްކޮގެ ފިރިމީހާގެ އިތުރުން އެދެމަފިރިންގެ ދަރިއެއްގެ ގަޔަކަށް މުއްދަތު ހަމަވެފައި ހުރި ވެކްސިން ޖަހާފައެވެ.

މިކަމާއި ގުޅިގެން ކްރިސްޓަން ވަޒީފާ އަދާކުރަމުންދިޔަ ހޮސްޕިޓަލުން ނެރުނު ބަޔާނެއްގައި ބުނީ، އޭނާ މިކަން ކުރިކަން އެނގުނީ، މުއްދަތު ހަމަވެފައި ހުރި ވެކްސިންތައް އަނބުރާ ފޮނުވާލަން ތައްޔާރު ކުރި ރިޕޯޓުން ސްޓޮކުގައި ހުރި އަދަދާއި ސިސްޓަމްގައި ހުރި އަދަދު ދިމާ ނުވުމުން ކަމަށާއި، ސެކިއުރިޓީ ކެމެރާތައް ބެލިއިރު، ކްރިސްޓަން ވެކްސިންގެ ޑޯޒްތައް ނަގާމަންޒަރު ފެނިފައި ވާކަމަށެވެ.

އަދި މިކަމާއި ގުޅިގެން ސުވާލު ކުރުމުން އޭނާ އެ ވެކްސިން ދިނީ، އޭނާގެ އާއިލާ މީހުންނަށް ކަމަށް ބުނެފައި ވާކަމަށާއި، އިތުރު ބައެއް ވެކްސިންގެ ޑޯޒް މީހުންނަށް ވިއްކާފައި ވާކަމަށްވެސް އޭނާ ބުނެފައި ވާ ކަމަށް ހޮސްޕިޓަލުން ބުނެއެވެ.

މި މައްސަލަ އެގައުމުގެ ފުލުހުން ތަހުގީގު ކުރަމުން އަންނަ އިރު، މުއްދަތު ހަމަވެފައި ހުރި ވެކްސިން ޖެހި މީހުންނަށް ސިއްހީ މައްސަލަތަކެއް ދިމާވެދާނެ ކަމަށް ބަލާ މިހާރު ވަނީ ހޮސްޕިޓަލަށް ގެނެސް އެޑުމިޓު ކޮށްފައެވެ.

މި ކަމުގެ ސަބަބުން އޭނާއަށް އުމުރު ދުވަހުގެ ޖަލު ހުކުމެއް އަތުވެދާނެ ކަމަށް އެގައުމުގެ ނޫސްތަކުގައި ވަނީ ބުނެފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް