ads
ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް
ލޯ ލާރިއެެއްގައިވެސް ނުޖެހެން، 24 ގަޑިއިރު މިތިބެނީ ރައްޔިތުންގެ ހިދުމަތުގައި: އަސްލަމް
24 ގަޑިއިރު އަމާނާތްތެރިކަމާއިއެކު މަސައްކަތްކުރަމުންދަނީ ރައްޔިތުންގެ ހިދުމަތުގައި ކަމަށާއި، ދައުލަތުގެ ލޯ ކާރިއެެއްގައިވެސް ޖެހިފައި ނޯންނާނެކަމަށް ހައުސިން މިނިސްޓަރު އަސްލަމް ވިދާޅުވެއްޖެ އެވެ.

ޅ.ނައިފަރުގައި އިމާރާތްކުރާ 100 ހައުސިން ޔުނިޓު ކައުންސިލާއި ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރު އަސްލަމް ވިދާޅުވީ، ވަކި ރަށެއް ނުބަލާ ތަފާތު ކުރުމެއްނެތި އެރަށަކަށް ބޭނުންވާ ކަންކަން ސަރުކާރުގެ ފުއްދުންތެރިކަން ހުރި މިންވަރަކުން ކުރިއަަށް ގެންދަމުންދާ ކަމަށެވެ.

ޅ. އަތޮޅު ހިންނަވަރަށް ވަޑައިގެންނެވުމުން އެރަަށު މީހަކު އެހި ސުވާލެއްގެ ވާހަކަ ހިއްސާކުރަމުން މިނިސްޓަރު އަސްލަމް ވިދާޅުވީ، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އުމްރާނީ ތަރައްގީގެ ބޮޑެތި ގިނަ މަސައްކަތްތައް ކުރަމުންދާ ގޮތާއިބެހޭ ގޮތުން އޭނާ ސުވާލުކުރި ކަމަށެވެ. އަދި އެކަމަށް ހަރަދުކުރަނީ ކިހިނެތްތޯއާއި، އެ މަޝްރޫއުތަކަށް ދޭނެ ލާރި އެބަހުރިތޯ އަދި ދެންތޯވެސް ސުވާލުކުރިކަމަށެވެ.

މިނިސްޓަރު އަސްލަމް ވިދާޅުވީ އެ ސުވާލާއިއެކު އެ ސުވާލުގެ ޖަވާބުވެސް އޭނާ ދިން ކަމަށެވެ. 

“އޭނާ ބުނި ލާރި އޮންނާނެ ނޫންހޭ. ކުރިން ކުރާގޮތަށް ވައްކަމެއް މިހާރު ނުކުރޭ އެހެންވީމަ ވާއްކަން ނުކުރާތީ ސޭވް ވެފައި ހުންނަ އެތިކޮޅު ހުންނާނެ ނޫންހެއްޔޭ. އެ ހަރަދު ކުރަން އެބަ ހުއްޓޭ”އަަސްލަމް ވިދާޅުވިއެވެ.

މިމޭރުމުން ވާހަކަދައްކަމުން އަސްލަމް ވިދާޅުވީ، އެއީ ވަރަށް. ބޮޑު ތެދެއްކަމަށާއި، މަސައްކަތް ކުރަމުންދަނީ ވަރަށް އަމާނާތްތެރިކަމާއިއެކު ކަމަށެވެ.

އެގޮތުން ދައުލަތުގެ ލޯލާރިއެެއްގައިވެސް ޖެހިފައި ނުވާނެކަމަށާއި، 24 ގަޑިއިރު ތިބެނީ ރައްޔިތުންގެ ހިދުމަތުގައި ކަމަށެވެ.

“ތެދެއްް ވަރަށް އަމާނާތްތެރިކަމާއިއެކު މަސައްކަތް ކުރަމުން މިދަނީ. ވަރަށް އަމާނާތްތެރިކަމާއިއެކު. ލޯ ލާރިއެއްގައިވެސް ޖެހިފަކާ ނޯންނާނެ. ލޯލާރިއެއްގައިވެސް ޖެހިފަކަ ނޯންނާނެ. އަޅުގަނޑުމެން ހިތުގެ އަޑިން ގަބޫލުކުރާ އަޅުގަނޑުމެން ރައްޔިތުންނަށް ހެޔޮ އެދޭތީ އަޅުގަނޑުމެން މިތިބެނީ 24 ގަޑިއިރު މިކަމަށް ހުސްވެގެން” މިނިސްޓަރު އަސްލަމް ވިދާޅުވިއެވެ.

މިނިސްޓަރު އަސްލަމް އިތުރަށް ވިދާޅުވީ ރާއްޖެއަކީ އަދި ތަރައްގީވަމުން އަންނަ ގައުމެއް ކަމަށާއި، ތަރައްގީގެ މަގުގައި ދާން އޮތް ރާސްތާ ވަރަށް ދިގު ކަމަށެވެ.

40%
ކަމުގޮސްފި
60%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް