ފުލުހުންބުނީ އެފަދަ މައްސަލައެއް ކ. އއ. އދ. އަދި ވ. ހިމެނޭ ރަށަކުން މިދިޔަ ޖެނުއެރީ އަށް ވަނަ ދުވަހު ރިޕޯޓު ކޮށްފައިވާ ކަމަށެވެ.
އަދި މިމައްސަލައާއި ގުޅިގެން 39 އަހަރުގެ ބިދޭސީ ފިރިހެނަކު ޖެނުއެރީ 19 ވަނަދުވަހު ހައްޔަރު ކޮށްފައިވާ ކަމަށާއި، ޝަރީއަތް ނިމެންދެން އޭނާ ބަންދުގައި ބެހެއްޓުމަށް ޖެނުއެރީ 20 ވަނަ ދުވަހު ކޯޓުން އަމުރު ކޮށް ފައިވާ ކަމަށެވެ.
ކުޑަކުދިންނާއި ގުޅޭ މައްސަލަ ތަކަކީ ސީރިއަސް މައްސަލަ ތަކަކަށް ވާތީ ކުއްޖާގެ ޒާތީ މައުލޫމާތު ރައްކާތެރި ކުރުމުގެ ގޮތުން މިހާދިސާގެ އިތުރު މައުލޫމާތެއް ފުލުހުން ހާމައެއް ނުކުރެއެވެ.