ads
މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހީމް ރަޝީދު (ބޮންޑޭ)--
ކަރަންޓު އަދި ފެން ބިލު ނުދެއްކެނީ ފަގީރުވުމުން: ބޮންޑޭ
ކަރަންޓު ބިލާއި ފެންބިލް ނުދައްކާ ތިބޭ ފަރާތްތަކުގެ އަތުން ޖޫރިމަނާ ނެގުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި، އެފަރާތްތަކުން ބިލުތައް ނުދައްކާ ތިބެނީ ފަގީރުކަމުން ކަމަށް ރައްޔިތުން މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެންބަރު ޔާސިރު އަބްދުއްލަތީފު ހުށަހެޅުއްވި ފެނާއި ނަރުދަމާގެ ބިލަށް ވާހަކަ ދައްކަވަމުން ބޮންޑޭ ވިދާޅުވީ، ރައްޔިތުންގެ ތެރެއިން ކަރަންޓު އަދި ފެން ބިލް ނުދައްކާ ތިބޭ ފަރާތްތަކަކީ އެފަރާތްތަކުގެ މާލީ ހާލަތު ދަށްވުމުގެ ސަބަބުން ބިލް ނުދެއްކި ތިބި ފަރާތްތައް ކަމަށާއި، އެހެން ކަމުން އެ ބިލްތަކަށް އަރާ ޖުރިމަނާ އަކީ ނެގިގެންވާނެ އެއްޗެއް ނޫން ކަމަށެވެ. 

މި ބިލުގައި މިހާރު ވާގިތުން އެއް މިލިއަން ރުފިޔާ ޖޫރިމަނާ ގޮތުގައި ނަގާގޮތަށް އެބައޮތް ކަމަށާއި، އެހެން ނަމަވެސް ކުރިން ޖޫރިމަނާގެ ގޮތުގައި ނަގަމުން އައީ 50،000 ރުފިޔާ ކަމަށެވެ. އަދި މިފަދަ އަސާސީ ހިދުމަތްތަކުން ނަގަމުން އަންނަ ޖޫރިމަނާ ނެގުން ހުއްޓާލާ އެއްވެސް އަސާސީ ހިދުމަތަކުން ޖޫރިމަނާ ނުނެގުމަށް ބޮންޑޭ ވަނީ ހުށައަޅާފައެވެ. 

"ކަރަންޓު އަދި ފެން ބިލު ނުދެއްކެނީ ފަގީރުވުމުން. ފަގީރުކަމުގެ ސަބަބުން ކަރަންޓު ބިލު ނުވަތަ ފެން ބިލު ނުދެއްކޭ މީހާ ބިލުގައި ޖޫރިމަނާ ހިމަނައިގެން ބިލު ދައްކަންޖެހެމުން އޮންނަނީ ދަރަނިވެރިވެފައި." ބޮންޑޭ ވިދާޅުވި އެވެ.

މީގެ އިތުރުން ބޮންޑޭ ވިދާޅުވީ، މި ބިލު ގާނޫނަކަށް ބަދަލުވެގެން އަންނައިރު، ފެނުގެ ހިދުމަތުން ނެގޭނެ އެންމެ ބޮޑު އަގުވެސް ކަނޑައެޅިފައި އޮންނަން ޖެހޭނެ ކަމަށާއި، މީގެ އިތުރުން ކަރަންޓު މީޓަރުތަކުން ނަގަމުން އަންނަ ޖޫރިމަނާތައް ނެގުން ހުއްޓާލަން ޖެހޭނެ ކަމަށެވެ. 

އަދި ހަމައެހެންމެ ފެނާއި ނަރުދަމާގެ ބިލް އިސްލާހުވެގެން އަންނައިރު ކައުންސިލްތަކަށް ގްރިޑް ކޮންޓްރޯލް ކުރުމުގެ ފުރުސަތު ދީގެން ނޫނީ ކަރަންޓުގެ އަގު ހެޔޮ ނުކުރެވޭނެ ކަމަށްވެސް ބޮންޑޭ ވިދާޅުވިއެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް