ads
ޜޫޓް ފައިސާ ފޭރެން އުޅުނު ހަތަރު މީހުން
ރޫޓުގެ ފައިސާ ފޭރެން އުޅުނު މީހުން ޖަލަށް ލާން ހުކުމް ކޮށްފި
ދެހާސް ވިހި ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ފަސް ވަނަ ދުވަހު ރޫޓް ފިހާރައިގެ ފައިސާ ފޭރެން އުޅުނު މައްސަލައިގައި ދައުވާ ކުރި ފަސް މީހުންގެ ތެރެއިން ހަތަރު މީހަކު ޖަލަށް ލާން ކްރިމިނަލް ކޯޓުން މިއަދު ހުކުމް ކޮށްފިއެވެ.

މި މައްސަލަ އާއި ގުޅިގެން މިމީހުން ހައްޔަރު ކުރީ، 2020 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ފަސް ވަނަ ދުވަހު ރޫޓް ފިހާރައިގެ ފަރާތުން ބޭންކް އޮފް ސިލޯނަށް ޖަމާކުރުމަށްޓަކައި ގެންދިޔަ ހަތަރު މިލިއަނަށްވުރެ ގިނަ ފައިސާ ސައިކަލެއްގައި އައިސް ފޭރެން އުޅުނު މައްސަލައިގައެވެ. 

އެކަމާއި ގުޅިގެން ދައުލަތުން  ލ. ގަން. ތުނޑި، ކީމިޔާގެ، އަބްދުﷲ ރާޝިދުއާއި، ގއ. ވިލިނގިލި، ކަނީރުމާގެ، މުހައްމަދު މުސްއަބު ޒުބައިރުއާއި، ކ. މާލެ، ދަފްތަރު. ނަންބަރު ރސ 3678، ހުސައިން އަބްދުލްމަޖީދުއާއި، ކ. މާލެ، ވ. ޕިންކްވިލާ، އަހްމަދު އަމީރުގެ މައްޗަށް އުފުލީ ފޭރުމުގެ ދައުވާއެވެ. 

މި މައްސަލަ އާއި ގުޅިގެން މިދިޔަ ހަފްތާގައި ކުރިއަށް ދިޔަ މިމައްސަލާގެ އަޑުއެހުމުގައި މި ހަތަރު މީހުން ވެސް ވަނީ ދައުވާއަށް އެއްބަސްވެ މައްސަލަ އަވަސް ނިޔާގެ މައްސަލައެއްގެ ގޮތުގައި ކުރިއަށް ގެންދިއުމަށް އެދިފައެވެ. 

ދައުވާ އަށް އިބްތިދާއީ މަރުހަލާގައި މިމީހުން އެއްބަސް ވުމުން ކުށުގެ ދަރަޖަ އެއް ދަރަޖަ ދަށްކޮށް އެމީހުންގެ މައްޗަށް ދެއަހަރާއި ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމެއް ކްރިމިނަލް ކޯޓުން މިއަދު ވަނީ ކޮށްފައެވެ. އެހެން ނަމަވެސް މި ހަތަރު މީހުންނަކީ ވެސް ޝަރީއަތް ނިމެންދެން ބަންދުގައި ތިބި މީހުން ކަމުން އެ ދުވަސްތައް އުނިކުރުމަށް ފަހު އެމީހުން ބަންދުގައި ތިބެންޖެހޭނީ، އެއްއަހަރާއި ތިން މަހާއި 15 ދުވަހުއެވެ. 

މި މައްސަލާގައި ދެން ދައުލަތުން ދައުވާ ކުރަނީ، ރ. ރަސްމާދޫ، އޯކިޑްމާގެ، މުހައްމަދު އަޒްމީންގެ މައްޗަށެވެ. އޭނާގެ މައްޗަށް ދައުލަތުން ވަނީ، ފައިސާ ފޭރުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާ އުފުލާފައެވެ. އޭނާގެ މައްސަލަ ކްރިމިނަލް ކޯޓުން ކުރިއަށް ގެންދަނީ ވަކިންނެވެ. 

ރޫޓު ފިހާރައިގެ ފައިސާ ފޭރުން ހުއްޓުވީ ވޭނުގައި ތިބި ރޫޓު ފިހާރައިގެ މުވައްޒަފުންނާއި ބީއޯސީ ކުރިމަތީގައި ހުރި ސެކިއުރިޓީ ގާޑެކެވެ. އެކަމާ ގުޅިގެން ސެކިއުރިޓީ ގާޑަށް 50،000 ރުފިޔާ ރޫޓު ފިހާރައިން ވަނީ ދީފަ އެވެ. އަދި ތިން މުވައްޒަފަކަށް، 10،000 ރުފިޔާ ދީފައިވެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް