މީގެ ކުރިން ކަރާފަނި ތައްޔާރު ކުރާގޮތާއި މިހާރު ކަރާފަނި ތައްޔާރު ކުރާ ގޮތާ ވެސް ތަފާތެވެ. މީގެ ކުރިން ގިނައިން ފެންނަނީ ކަރާ ފެޅުމަށް ފަހު އެ ކިއުބް ގޮތަށް ކުޑަކޮށް ކޮށުމަށް ފަހު ހަކުރު އަޅައި ފެން އެޅުމަށްފަހު ތައްޔާރު ކޮށްލެޥޭ ތަނެވެ.
ނަމަވެސް މިހާރު ކަރާފަނި ތައްޔާރު ކުރަނީ އެއާ ހިލާފަށް މުޅިން ތަފާތު ކޮށެވެ. މިގޮތަށް ތައްޔާރު ކޮށްލުމުން އޭގެ ރަހަޔަށް ބޮޑު ބަދަލެއް އައިސް މީރު ކަމަށްވެސް ގިނަމީހުން ބުނެއެވެ.
ތައްޔާރު ކުރުމަށް ބޭނުންވާ ތަކެތި:
1 ކަރާ ( މެދު ސައިޒުގެ )
ހަކުރު ( ފޮނިރަހަލާވަރަށް )
ފެން (ކަރާ އަޅާ ޖަގަށް ހެޔޮވަރަށް )
މިންޓް ލީފް
ލުނބޯ
އެއްފުޅި ސްޕްރައިޓް
ތައްޔާރު ކުރާގޮތް:
އެންމެ ފުރަތަމަ މިންޓްލީފް ކުދިކޮށް ކޮށާލަށެވެ. އެއަށްފަހު ހަކުރު ކޮޅާއި، ކިއުބު ގޮތަށް ކޮށާލާފައި ހުރި ކަރާ ރަނގަޅަށް މިކްސް ވަންދެން މިކްސްޗަރުން ގިރާލާށެވެ. އެއަށްފަހު ފުރޭންޏަކުން ފުރާނާށެވެ.
ބިއްލޫރިއަށް ނުވަތަ ޖަގަށް ކޮށާފައި ހުރި މިންޓްލީފް އަޅާލާށެވެ. އަދިލުބޯހުތްވެސް އެއަށް އަޅާލާށެވެ. އެއަށްފަހު ސްޕްރައިޓް އެއަށް އެޅުމަށްފަހު، އައިސް ކިއުބް އަޅާށެވެ. ދެން އޭގެ ތެރެއަށް މިކްސް ކޮށްފައިހުރި ކަރާ އަަޅާލާށެވެ.
ކަރާޖޫސް ތައްޔާރު ކޮށްނިމުނީ އެވެ. ނިކަން ފްރެޝް ވޯޓާމެލަން ޖޫސް ތައްޔާރު ކޮށް އަޖުމަ ބަލާލަ ބަލާށެވެ. ޖޫހަކަށްމީ ހަމަ އެއްވަނައެވެ.