ads
ފައިބްރޯ ސްކޭން މެޝިން ހަވާލުކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން
ހެލްތު މިނިސްޓްރީން ފައިބްރޯ ސްކޭން މެޝިނެއް އައި.ޖީ.އެމް ހޮސްޕިޓަލާ ހަވާލު ކޮށްފި
ހެލްތު މިނިސްޓްރީން ފައިބްރޯ ސްކޭން މެޝިނެއް އައި.ޖީ.އެމް ހޮސްޕިޓަލާ ހަވާލުކޮށްފިއެވެ.

ދިވެހިރާއްޖޭގައި ވައިރަލް ހެޕަޓައިޓިސް (ހެޕަޓައިޓިސް ބީ އަދި ސީ) ގެ ފަރުވާގެ ކަންކަން ހަރުދަނާ ކުރުމަށްޓަކައި ކުރެވެމުންދާ މަސައްކަތުގެ ދަށުން ހެޕަޓައިޓިސް ބީ އަދި ސީ ގެ ފަރުވާގެ ފެންވަރު މަތި ކުރުމަށްޓަކައި ބޭނުންވާ ފައިބްރޯ ސްކޭން މެޝިނެއް އިއްޔެ ހެލްތު މިނިސްޓްރީން އައި.ޖީ.އެމް ހޮސްޕިޓަލާ ހަވާލު ކޮށްފިއެވެ.

ފައިބްރޯ ސްކޭންގެ ޚިދުމަތް ގާއިމްކުރުމަށް ހެލްތު މިނިސްޓްރީން އެ ހޮސްޕިޓަލާ ހަވާލުކޮށްފައިވާ މި މެޝިނަކީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއު.އެޗް.އޯ) އިން އެ މިނިސްޓްރީއަށް ހަދިޔާ ކޮށްފައިވާ މެޝިނެކެވެ.

ވައިރަލް ހެޕަޓައިޓިސް (ހެޕަޓައިޓިސް ބީ އަދި ސީ) އަށް ބޭސް ބޭނުންވާ ފަރާތްތަކަށް ރާއްޖޭގައި ތިބެގެން އާސަންދައިގެ ދަށުން، މިހާރު ދަނީ ބޭސް ފޯރު ކޮށްދެމުންނެވެ. އަދި ބަލި ދެނެގަތުމަށާ ފަރުވާގެ ކަންކަން ފުރިހަމައަށް ގެންދިއުމަށްޓަކައި ބޭނުންވާ އެކި ވަސީލަތްތަކާ ޚިދުމަތްތައް ގާއިމް ކުރުމުގެ މަސައްކަތް ޑަބްލިއު.އެޗް.އޯ ގެ އެހީތެރިކަމާއެކު ދަނީ ކުރަމުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް