ads
ޗިކެން ނަގެޓްސް..
ޗިކެން ނަގެޓްސް ގޭގައި ތަައްޔާރުކޮށްލަށް ފަސޭހަ ގޮތެއް!
ޗިކެން ނަގެޓްސް އަކީ މީރު އެހެން ނަމަވެސް އަގުބޮޑު އެއްޗެއްކެވެ. ގިނަ ފަހަރަށް އަނގަކަށް ނުބަލާ ގަނެގެން ކެވޭތަން ފެނެ އެވެ. ނަމަވެސް އަމިއްލައަަށް ތައްޔާރު ކޮށްްލައިފި ނަމަ ކުޑަ ހަރަދަކުން ގިނަ ބަޔަކަށް ކާ ލެވޭ ވަރަށް ނަގެޓްސް ތައްޔާރުކޮށްލެވިދާނެ އެވެ.

ނަގެޓްސް ގޭގައި ތައްޔާރު ކޮށްލުމަށް މާގިނަ އެއްޗެއް ބޭނުމެއް ނުވާނެއެވެ. އާއްމުކޮށް ގޭގައި ކައްކަން ބޭނުން ކުރާ ބައެއް ސާމާނު ބޭނުން ކޮށްގެން ވެސް ނަގެޓްސް ތައްޔާރު ކޮށްލެވިދާނެވެ. މިއީ ސުފުރާމަތި ފަޅުފިލުވާލުމަށް ހަމަ އެއްވަނައެވެ. އަދި ކުޑަކުދިންނަށް ވަަކިން ހާއްސަކޮށް މީރު އެއްޗެކެވެ. މިހާ ހިސާބުން ނަގެޓްސް ތައްޔާރު ކޮށްލާނެ ގޮތް ކިޔާލަމާ ހިނގާށެވެ.

ތައްޔާރު ކުރުމަށް ބޭނުންވާ ތަކެތި: 

އެއްބޮޑި ޕާން

ބޯންލެސް ޗިކެން

ގާލިކް ޕައުޑާ

ސޯލް

ޕެޕްރިކާ

ސޯޔާސޯސް

1 ބިސް

ކޯންފްލާ

ތައްޔާރު ކުރާނެ ގޮތް:

ޕާން ކޮޅު މިސްޗަރުން މިކްސް ކޮށްލާށެެވެ. އެއަށް ފަހު ކުކުޅު ކޮޅު ވެސް މިކްސް ކޮށް ލާށެވެ. އެއަށް ފަހު ދެބާވަތް އެއްކޮށް ލުމަށް ފަހު، ކޯންފްލާ ފިޔަވާ އެހެން ހުރިހާ ބާވަތެއް އަޅާ، އެކެއް ނޫނީ ދެ މިނެޓް ވަންދެން މިކްސްޗަރުން މިކްސް ކޮށްލާށެވެ. މި ހަދާލެވުނު މަސްގަނޑު ފްރިޖް ތެރޭގައި، 30 ނުވަތަ 40 މިނެޓް ވަންދެން ބަހައްޓާށެވެ. 

އެއަށް ފަހު ކޯންފްލާ ތައްޓަކަށް ފެތުރުމަށް ފަހު، ކުޑަކޮށް ފަތާކޮށް މަސްގަނޑު އަތުން ޝޭޕް ކުރުމަށް ފަހު ކޯންފްލާ ތައްޓަށް މަސްކޮޅުލާށެވެ. އެއަށް ފަހު ފްރްޖްގައި ބެހެއްޓުމަށް ފަހު ތެލުލާށެވެ. މިހާރު ނަގެޓްސް ތައްޔާރު ކޮށް ނިމުނީ އެެވެ. ޓޮމާޓޯ ސޯސް އާ އެކު ސާވް ކޮށްލާށެވެ.

50%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
50%
ވަރަށް ސަލާމް
ކޮމެންޓްސް