ads
އާރްސީސީން ހުޅުމާލޭގައި އެޅުމަށް ހަމަޖެހިފައިވާ މިސްކިތުގެ ޑިޒައިން
އާރްސީސީގެ ބޮޑު ހަދިޔާ: ހުޅުމާލޭގައި މިސްކިތެއް އަޅަނީ
ރާއްޖޭގެ މަޝްހޫރު ކޮންސްޓްރަކްޝަން ކުންފުނި، ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން (އާރްސީސީ) އިން ހުރިހާ ހަރަދެއް ކޮށްގެން ހުޅުމާލޭގައި އެޅުމަށް ހަމަޖެހިފައިވާ މިސްކިތުގެ ބިންގާ މިއަދު އަޅައިފި އެވެ.
ރާއްޖޭގެ މަޝްހޫރު ކޮންސްޓްރަކްޝަން ކުންފުނި، ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން (އާރްސީސީ) އިން ހުރިހާ ހަރަދެއް ކޮށްގެން ހުޅުމާލޭގައި އެޅުމަށް ހަމަޖެހިފައިވާ މިސްކިތުގެ ބިންގާ މިއަދު އަޅައިފި އެވެ.

އާރްސީސީން ދިވެހި ރައްޔިތުންނަށް ކުރާ ހަދިޔާއެއްގެ ގޮތުގައި އަޅާ މިމިސްކިތުގެ ބިން މިއަދު އަޅުއްވައިދެއްވީ އާރްސީސީގެ ޗެއާމަން އަބްދުއް ރަޝީދާއި، މެނޭޖިން ޑިރެކްޓަރު އިބްރާހިމް ރަޝީދުގެ އިތުރުން އާރްސީސީގެ ޑިރެކްޓަރު އަދި މަޖިލީހުގެ ދަނގެތީ ދާއިރާގެ މެންބަރު މުހައްމަދު ނާޒިމާއި، އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ސުހައިލް އަހްމަދާއި، ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް އެވެ.

މިރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އާރްސީސީގެ ޗެއާމަން އަބްދުއްރަޝީދުގެ ދަރިކަލުން އަދި ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމު ވިދާޅުވީ މިސްކިތެއް އެޅުމަކީ އޭނާގެ ބައްޕައާއި ބޮޑުބޭބެގެ ވަރަށް ބޮޑު އުއްމީދެއް ކަމަށެވެ. މިއަދު އެކަން ކުރަން ފުރުސަތު ލިބިފައިވާ ކަން ފާހަަގަކުރައްވަމުން ނާޒިމް ވިދާޅުވީ މިއީ 1300 މީހުންގެ ޖާގައިގެ ދެ ބުރިއަށް އިމާރާތް ކުރާ މިސްކިތެއް ކަމަށެވެ.

ނާޒިމް ވިދާޅުވީ މިމިސްކިތަށް ދައުލަތުން ކުރަންޖެހޭ ހޭދަކުރުމަށްޓަކައި އިޔާދަކުރަނިވި ހަކަތަ ބޭނުންކޮށްގެން މިމިސްކިތަށް ބޭނުންވާ ކަރަންޓް އުފައްދާނެ ސޯލާ ނިޒާމުތައް ގާއިމުކުރާނެ ކަމަށެވެ. އަދި މިމިސްކިތުގެ މަސައްކަތް އެއްކޮށް ނިންމާ، 2022 ވަނަ އަހަރު ބޭނުންކުރެވޭ ވަރުވާނެ ކަމަށްވެސް ވިދާޅުވި އެވެ. އާރްސީސީގެ މި މަސައްކަތް ކުރިއަށް ގެންދިއުމަށް އިސްލާމިކް މިނިސްޓްރީ އާއި އެޗްޑީސީގެ ފަރާތުން ވަރަށް ބޮޑު އެއްބާރުލުމެއް ލިބިފައިވާ ކަންވެސް ނާޒިމް ވަނީ ފާހަގަކުރައްވާފަ އެވެ.

މިރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވީ އާރްސީސީގެ މިސްކިތް ބިނާ ކުރާ ސަރަހައްދަކީ ގާތްގަނޑަކަށް 20،000 މީހުން ދިރިއުޅޭ އަދި ވަގުތީ ދެ މިސްކިތެއް ވެސް ހުރި ސަރަހައްދެއް ނަމަވެސް ބައެއް ދުވަސް ދުވަހު މި ދެ މިސްކިތް ވެސް ފުރިގެންދާ ކަމަށެވެ. އެހެންކަމުން އާރްސީސީގެ މިސްކިތް އަޅަން ނިންމާފައިވާ ސަރަަހައްދަކީ ބޮޑު މިސްކިތެއް ބޭނުންވާ ސަރަހައްދަކަށް ވާތީ މި މިސްކިތް ނިމި ބޭނުންކުރަން ފެށުމުން މިސަރައްދުގައި ދިރިއުޅޭ ރައްޔިތުންނަށް ވަރަށް ބޮޑު ފަސޭހައެއް ލިބިގެންދާނެ ކަމަށްވެސް ވިދާޅުވި އެވެ.

ހުޅުމާލޭގައި ހުންނަ އަމީންއެވެނިއު ފްލެޓްތަކުގެ ފުރަގަހުން އޮންނަ ބިމުގައި ހަދާ މި މިސްކިތަކީ މިހާތަނަށް ހުޅުމާލޭގައި ހަދާ އެންމެ ބޮޑު މިސްކިތަށް ވެގެންދާނެ ކަމަށް އާރްސީސީން މައުލޫމާތުދެ އެވެ. މި މިސްކިތް ހަދާނީ އަންހެނުންނަށް ވެސް ނަމާދުކުރަން ހާއްސަ ބައެއް ހިމެނޭ ގޮތަށް ކަމަށްވެސް އެކުންފުނިން މައުލޫމާތުދެ އެވެ. އަދި މި މިސްކިތަށް ނަމާދަށް މީހުންނަށް ހާއްސަކޮށްގެން ހަތަރު ޕާކިން ޒޯނެއް ހެދުމަށްވެސް ވަނީ ނިންމާފަ އެވެ. އެގޮތުން މިޒޯންތަކުގައި 150 އަށް ވުރެ ގިނަ ސައިކަލް ޕާކް ކުރެވޭނެ ކަމަށްވެސް އާރްސީސީން ބުނެ އެވެ.

އާރްސީސީ އަކީ 1950 ވަނަ އަހަރުގެ ތެރޭގައި އެކުންފުނީގެ ޗެއާމަން އަބްދުއްރަޝީދު "ރަޝީދު ކާޕެންޓަރީ"ގެ ނަމުގައި ފެށި ކުޑަ ވަނޑާންގެއެކެވެ. އެކުންފުނީގެ މަސައްކަތް ފުޅާވެ، މިއަދު އާރްސީސީއަކީ އިމާރާތްކުރުމުގެ ދާއިރާގައި ރާއްޖޭގައި އެންމެ ފާހަގަކޮށްލެވޭ ކުންފުންޏެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް