މާލޭގައި އެއްވެވޭނެ ސަރަހައްދުތައް ކަނޑައަޅާ ފުލުހުން މި އައްމުކުރީ އުސް އިމާރާތަކުން ވެއްޓުނު ހައްވާ ޔުމްނު ރަޝީދަށް އިންސާފި ހޯދާދިނުމަށް ގޮވާލާ ޒުވާނުން މަޖީދަގުގައި ކުރަމުން އައި މުޒާހަރަތައް ބާރުގެ ބޭނުންކޮށް ރޭ ރުޅާލައި ދެ ޒުވާނަކު ހައްޔަރުކުރުމަށްފަހުއެވެ.
ފުލުހުން މިރޭ ކުރި އިއުލާނެއްގައި ބުނީ ސުލްހަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ގާނޫނުގެ ދަށުން މާލޭގައި އެއްވެވޭނެކަމަށް މިހާރު ކަނޑައަޅާފައިވަނީ އެންމެ ސަރަހައްދެއްކަމަށެވެ. އެހެންކަމުން މާލޭގައި ސުލްހަވެރިކަމާއެކު އެއްވެއުޅުމުގެ ފުރުސަތު އިތުރަށް ފަހިކުރުމުގެ ގޮތުން އިތުރު ސަރަހައްދުތައް ކަނޑަޅާކަމަށެވެ.
މާލޭގައި އެއްވާން ހުއްދަދިން ތަންތަން
މާލޭގައި ސިލްސިލާކޮށް މިހާރު ހިނގަމުންދާ މުޒާހަރާގެ ތެރެއިން ރޭ ހައްޔަރުކުރި، އައިޝަތު ޝިމަން އަހުމަދު އަދި އަބްދު ﷲ މަހްޒޫމް މާޖިދުގެ ބަންދަށް ކޯޓުން މިއަދު ވަނީ 3 ދުވަސް ޖަހާދީފައެވެ.
ފުލުހުން ބުނީ މަޖީދީމަގުގައި ޒުވާނުން ކުރަމުން އައި މުޒާހަރާ ބާރުގެ ބޭނުންކޮށް ރޭ ރޫޅާލީ މިއަދު އޯލެވެލް އިމްތިހާނު ހަދަން ގިނަ އަދަދެއްގެ ކުދިން ދާންޖެހޭތީކަމަށެވެ.