
މިކަމާއި ގުޅިގެން ކިމް ބުނިގޮތުގައި އެދެމީހުން ވަކި ވާން އޭނާ އަމިއްލައަށް އިންތިހާ ބޭނުން ވާކަމަށާއި ނަމަވެސް އެކަމުގެ ތަފްސީލް މީޑިއާއަށް ފާޅުގައި ހާމަ ނުކުރުމަށް ވެސް ކަންޔޭ ކައިރިން އެދިފައިވާނެ ކަމަށެވެ.
ނަމަވެސް އޭނަގެ ހަރަކާތްތައް ހުރީ އޭގެ ސަބަބުން ވަރަށް ވެސް އުނދަގޫވާ ގޮތަކަށް ކަމަށާއި، ސޯޝަލް މީޑިއާގައި ކަންޔޭ ކިމްއާއި ބެހޭ ގޮތުން ގެންދަނީ ހަގީގަތާއި ހިލާފު ވާހަކަ ދައްކަމުން ކަމަށެވެ.
އެދެމީހުންގެ ދަރިފުޅުގެ ޒިންމާ އާއި ބެހޭ ގޮތުން ވެސް ދައްކަމުންދާ ވާހަކަ ތަކަކީ އެއްގޮތަކަށް ވެސް އޭނަ ހިތްހަމަ ނުޖެހޭ ވާހަކަތައް ކަމަށް ކިމް ވަނީ ބުނެފައެވެ.
ކިމް ކާޑޭޝިއަންގެ ކައިވެނީގެ ވާހަކަ ތަކަކީ ފެށިގެން ގޮސް ނިމެންދެން މީޑީއާގައި ވަރަށް ވެސް ބާރަށް ދެކެވެމުން ދިޔަ ވާހަކަތަކެވެ. އަދި އެދެމީހުން މައްސަލަ ޖެހުނު ހިސާބުން ގޮސް ކައިވެނި ރޫޅި ޒަވާޖީ ހަޔާތް ނިމުނު އިރުވެސް މިދެތަރިންގެ ވާހަކަ އެކި ބީދައިން މީޑިއާގެ ފަލަ ސުރުހީތަކަށް ދިޔައީ އަރަމުންނެވެ.
މީގެ އިތުރުން މިފަހުން ކަންޔޭ ވަނީ ކިމް އޭނަގެ ދަރިންނާއި އޭނާ ދެމެދު ހީނަރުކަން އުފެދޭ ގޮތަށް އަމަލުތައް ބަހައްޓަމުން ދާކަމަށް ހާމަކޮށްފައެވެ. އަދި އެދެމީހުން ވަކިވާން ޖެހުނު މައިގަޑު ސަބަބަކީ، ކަންޔޭ ކަމަށް ދެކިގެން ނުވާނެކަމަށް ވެސް ކަންޔޭ ވަނީ ބުނެފައެވެ.
އިއްޔެ ކިމް ވަނީ ކޯޓުން ކައިވެނި ނިމުނުކަން ކަށަވަރު ކޮށްދެން އެދިފައެވެ. އަދި ކިމް ބުނީ ކަންޔޭ ވެސް މިކަން އަމިއްްލަ އަށް ގަބޫލުކޮށް މިކަމަށް އިހުތިރާމް ކުރަންޖެހޭނެ ކަމަށެވެ. މީގެ އިތުރުން ކިމް ވަނީ މިމަހުގައި ފާއިތުވެ ދިޔަ ލޯބިވެރިންގެ ދުވަހުގައި އޭނާގެ މިހާރުގެ ލޯބިވެރިޔާއި އެކުގައި ވަގުތު ހޭދަކޮށް ނަގައިފައިވާ ފޮޓޯ ސޯސަލް މީޑިއާގައި ހިއްސާކޮށް އެދެމީހުންގެ ގުޅުން ކަށަވަރު ކޮށްދީފައެވެ.