ads
ދޮންކެޔޮ ޕުޑިން
ވިރިގެން ބަނޑަށް ދާއިރު ވާގޮތެއް ނޭނގޭ، މީރު ދޮންކެޔޮ ޕުޑިން
އާދައިގެ ޕުޑިން އެކޭ ދޮންކެޔޮ ޕުޑިން އެކޭ މާބޮޑު ތަފާތެއް ނެތް ކަމުގައި ވިޔަސް ޕުޑިން އަކީ އޭގެ ޒާތުގައި ގިނަ މީހުންނަށް މީރު އެއްޗެކެވެ. އެހެން ވުުމުގެ ސަބަބުން ގިނަ މީހުންނަށް ހަމަ ގިނަ ފަހަރަށް ހަދާލެވެނީ އާދައިގެ ޕުޑިން އެވެ. އެހެން ނަމަވެސް މިފަހަރު މި އާދަޔާ ހިލާފަށް މީރު ދޮންކެޔޮ ޕުޑިންގެ އަޖުމަ ބަލާލަމާ ހިނގާށެވެ.
Advertisement

އާދައިގެ ޕުޑިން އާއި ދޮންކެޔޮ ޕުޑިން ހަދާ ނިމިފައި ހުންނަ އިރު، އެއްގޮތް ނަމަވެސް އޭގައި ލާ ރަހަ ތަފާތެވެ. އަދި ދޮންކެޔޮ ޕުޑިންގެ އަޖުމަ ބެލި ގިނަ މީހުން ބުނާ ގޮތުން އާދައިގެ ޕުޑިން އަށް ވުރެ ދޮންކެޔޮ ޕުޑިންގެ ރަހަ މާބޮޑަށްވެސް މީރުވެފައި ތަފާތެވެ.

ބޭނުންވާ ތަކެތި:

1. ދެ ވައް ދޮންކެޔޮ

2. ދެ ބިސް

3. ތިން ސަމްސާ ހަކުރު

4. ދެ ސަމްސާ ފެން

5. އެއް ކަޕް މިލްކް

6. ޓޭބަލް ސްޕޫން ވެނީލާ އެސެންސް

ތައްޔާރު ކުރާނެ ގޮތް:

ހަކުރު ކޮޅާއި ފެން އެއްކޮށް ލުމަށް ފަހު ޓްރޭގެ ތެރެއަށް އަޅާ ރަތް ވަންދެން ހޫނު ކޮށްލާށެވެ. އެއަށް ފަހު ދެން ބާކީ ހުރި ހުރިހާ އެއްޗެއް މިކްސްޗަރަށް އަޅާ އެއްކޮށް ލުމަށް ފަހު، ރަނގަޅަށް މިކްސް ކޮށްލާށެވެ. އެއަށްފަހު ރަތް ކުރި ހަކުރު ޓްރޭގެ ތެރެއަށް އަޅާލާށެވެ.

ޓްރޭ މަތީގައި ފޮއިލް ގަނޑެއް އެޅުމަށްފަހު، އަވަނަށް ލާށެވެ. 30 ނުވަތަ 35 މިނެޓް ވުމަށްފަހު އަވަނުން ނަނގާލާށެވެ. މިހާރު ދޮންކެޔޮ ޕުޑިން ހަދާ ނިމުނީއެވެ. ފްރިޖްގައި އައިސް ކުރުމަށްފަހު ރަހަބަލާ ށެވެ. ދޫމަތިން ވިރިގެން ގޮސް ބަނޑާ ހަމަޔަށް ދާއިރު އަދި ވާގޮތެއް ހަމަ ނޭނގޭނެއެވެ. ޕުޑިން ތަށި އެއްކޮށް ކައި ހުސްވިޔަސް އަދި ކާ ހިތް ނުކެޑޭނެ ކަން ޔަގީނެވެ.

މީގެ ޕުޑިންއެއް ހެދުމުގެ ކުރިން ދެ ޕުޑިން ހެދޭވަރަށް ސާމާނު ގަނެގެން ފަށާށެެވެ. ހަމަ ޔަގީނުން ވެސް އެކަތިން ނުވާނެއެވެ. މީރު ފޮނި ހެދިކާގެ ތެރެއިންވެސް މީ ހަމަ އެއްވަނަ އެވެ.

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް