ads
އައިމިނަތު އީމާން: ފޮޓޯ| ރާއްޖެ ޓީވީ
އީމާންއަށް އައިސީޔޫގައި އަދިވެސް ދަނީ ފަރުވާ ދެމުން!
އިއްޔެ ހަވީރު ހުޅުމާލޭގައި ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި އަނިޔާވި، ވިލިމާލެ ދާއިރާގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެމްބަރު އައިމިނަތު އީމާން މަރުވި ކަމަށް "ސީއެންއެމް" ގައި ލިޔެފައި އިން ހަބަރާއި ގުޅިގެން ދަންނަވަމެވެ.

މަރުގެ ހާދިސާ ތަކުގެ މައުލޫމާތު "ސީއެންއެމް"ގައި އާންމުކުރަނީ އެކަމާއި ގުޅޭ އިދާރާތަކުން ނުވަތަ އާއިލާއިން މަރުވި ކަން ކަށަވަރުކޮށްދިނުމުން ކަމަށް ވާއިރު، މިއަދު ގެނެސްދިން ހަބަރުގައި އީމާން މަރުވި ކަމަށް ގެނެސްދީފައި ވަނީ، މާލޭ ސިޓީ ކައުންސިލްގެ ފަރާތުން އެކަން މި ނޫހަށް ކަށަވަރު ކޮށްދިނުމުންނެވެ. 

އައިމިނަތު އީމާން އަކީ ވިލިމާލެ ދާއިރާގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެމްބަރެއް ކަމުން އެ ކައުންސިލުން ވަނީ އީމާން މަރުވިކަން އާއިލާއިން ކަށަވަރު ކޮށްދީފައިވާކަން މިއަދު މެންދުރު 12:45 ގައި އެ ކައުންސިލްގެ ހަބަރުތައް ނޫސްވެރިންނަށް ހިއްސާ ކުރުމަށް ހަދާފައިވާ ވަޓްސްއެޕް ގުރޫޕުގައި ހިއްސާ ކޮށްފައެވެ. 

ސިޓީ ކައުންސިލުން އެގޮތަށް މައުލޫމާތު ހިއްސާ ކުރުމުން މި ނޫހުން ވެސް ވަނީ އެހަބަރު ކިޔުުންތެރިންނާއި ހިއްސާކޮށްފައެވެ. 

އެހެން ނަމަވެސް އައިމިނަތު އީމާން މަރު ނުވާކަން އީމާން އަށް ފަރުވާ ދެމުން އަންނަ އޭޑީކޭ ހޮސްޕިޓަލުން ފަހުން  ވަނީ ބުނެފަ އެވެ. އަދި އީމާން އަށް ފަރުވާ ދެމުން ދަނީ އެ ހޮސްޕިޓަލުގެ އައިސީޔޫގައި ވެންޓިލޭޓަރުގައި ކަމަށްވެސް ވަނީ ބުނެފައެވެ. އީމާން މަރު ނުވާކަން އެ ހޮސްޕިޓަލުން ވަނީ ކަށަވަރު ކޮށްދީފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް