
އެންމެ ސުޕާރި އެއް ގަތް ނަމަވެސް އެ ވެސް ފޮތެއްގައި ނޯޓުކޮށްފައި ބަހައްޓާށެވެ. މީގެ އިތުރުން މީހާ ފަގީރުވެގެންދާ ހަ ކަމަކުން ދުރުހެލިވުމަށް ގަދައަޅާށެވެ.
ބޭކާރު ގޮތުގައި ޝޮޕިން އަށް ދިޔުން
ކްރެޑިޓް ކާޑާއި އޮންލައިން ޝޮޕިން ތައާރަފް ވުމުގެ ސަބަބުން އޮންލައިންކޮށް ޝޮޕިން އަށް ލޯބިކުރާ ގިނަ މީހުން ބޭކާރު އެތަކެއް އެއްޗެއް ގަނެލަ އެވެ. އަދި ގަނެ ނިމޭ ފަހުން އެއީ ބޭނުމެއް ނެތް އެއްޗެއްކަން އިހުސާސު ކުރެވިގެންދެ އެވެ. މިއީ ހުއްޓާލަން ޖެހިފައިވާ ވަރަށް ނުރަނގަޅު އާދައެކެވެ. މިކަން ހުއްޓާލުމަށް އެންމެ ރަނގަޅު ގޮތަކީ ފޯނުގައި ހުރި ހުރިހާ އޮންލައިން ޝޮޕިން އެޕްތައް ޑިލީޓުކޮށްލުމެވެ. އަދި މީގެ ބަދަލުގައި ވާހަކަ ކިޔައި މުނިފޫހިފިލުވުމުގެ ހަރަކާތެއްގައި ވަގުތު ހޭދަކުރާށެވެ.
ކާރާއި ސައިކަލުގައި އުޅޭލެއް މަދުކޮށް ހިންގާފައި އުޅުން
އެންމެ ކުރުކުރު ރާސްތާއަށް ދިޔުމަށްޓަކައި ވެސް ކާރަކަށް އެރުމުގެ ބަދަލުގައި ހިނގާފައި ދާށެވެ. މިހެން ކަންތައް ކުރުމުން 25 ރުފިޔާ ސަލާމަތް ކުރެވިގެން ދާނެއެވެ. އަދި މި ގޮތަށް ކަންނެތްކަން ފިލުވާލައި ހިނގާފައި ދާ ދުވަސްތަކުގެ ރުފިޔާ އެއްޗަކަށް އަޅާފައި ބަހައްޓައިގެން ރައްކާކުރެވެނީ ކިހާ ވަރަކަށްތޯ ބަލާށެވެ.
ބޭނުންވާ ސާމާނު ގަންނަންދާ އިރު ލިސްޓެއް ތައްޔާރު ނުކުރުން.
ކޮންމެ ދުވަހަކު ގޭތެރެއަށް ބޭނުންވާ ސާމާނު ގަތުމުން ދުރުހެލިވާށެވެ. މީގެ ބަދަލުގައި އަގުހެޔޮކޮށް ގިނަ އެއްޗެހި އެއް ތަނަކުން ލިބޭ ތަނަކަށް ދާށެވެ. މި ގޮތަށް ކަންތައް ކުރަން ރާވައިފިނަމަ ވަރަށް ގިނަ ފައިސާ ރައްކާ ކުރެވިގެން ދާނެއެވެ.
ބޭރުން ކެއުން.
މަހަކު އެއްފަހަރު ނުވަތަ ދެފަހަރު ބޭރުން ކާލިޔަސް ނުވަތަ މީހަކާއި ބައްދަލުކުރަން ބޭރަށް ނުކުމެ އުޅޭ އިރު ބޭރުން ކެއުމަކުން މައްސަލައެއް ނެތެވެ. އެހެން ނަމަވެސް ކޮންމެ ދުވަހަކު ބޭރުން އޯޑަރުކޮށްގެން ކެއުމަކީ ފައިސާ އިސްރާފުވެ، ސިއްހަތަށް ގެއްލުން ލިބެނިވި ކަމެކެވެ. މީރު އެއްޗެއް ކާލަން ބޭނުންވާ ނަމަ އެ އެއްޗެއް ގޭގައި ތައްޔާރުކޮށްލާށެވެ. ހުރިހާ ވައްތަރެއްގެ ރެސިޕީ، މިހާރު އޮންލައިންކޮށް ލިބެން ހުރެއެވެ. އެހެންކަމުން މިއީ ނުހަނު ފަސޭހަ އަދި ގިނައިން ފައިސާ ރައްކާކުރާނެ ރަނގަޅު ގޮތެކެވެ.
ސޭލް ތަކުން އެއްޗެހި ގަތުން.
ކޮންމެ އަހަރަކު ވެސް ތަފާތު މުނާސަބަތުތަކާއި ގުޅުވައިގެން އެކި ބްރޭންޑްތަކުން ވެސް އަދި ފިހާރަތަކުން ސޭލް ގައި މުދާ ވިއްކާލަ އެވެ. ބޭކާރު ގޮތުގައި އެއްޗެހި ގަނެލުމުގައި ފައިސާ ހަރަދުކުރުމަށް ވުރެ މި ގޮތަށް ސޭލް އިން އެއްޗެހި ގަންނަ ނަމަ އެތަކެއް ފައިސާ އެއް ރައްކާކުރެވިގެން ދާނެއެވެ. އެހެންކަމުން ގަންނަން ބޭނުންވާ ހުރިހާ ތަކެއްޗެއްގެ ލިސްޓެއް ހަދައި ސޭލް އަށް އެއްޗެހި ނެރޭ ދުވަސްކޮޅު ގަނެލާށެވެ.
ސިނގިރެޓު ބުއިން.
ދުންފަތުގެ އިސްތިއުމާލު ކުރުމަކީ ހަމައެކަނި ކެންސަރު ޖެހުމަށް މަގުފަހިވާ ކަމެއް ނޫނެވެ. އަދި އެއީ ޖީބުން މަޑުމަޑުން ނޭނގި ހުއްޓާ ފައިސާ ހުސްވެގެންދާ ގޮތެކެވެ.
އެވްރެޖްކޮށް ސިނގިރެޓު ފޮށްޓެއްގައި 20 ސިނގިރެޓު އޮންނަ އިރު އެންމެ ފޮށްޓެއްގެ އަގު ވެސް އުޅެނީ 105 ރުފިޔާ އަށެވެ. ހަފްތާ އަކު މީގެ އެތަކެއް ފޮށްޓެއް ގަނެލާ އިރު މަހެއްގެ މައްޗަށް ގަނެވެނީ ކިތައް ފޮށި ސިނގިރެޓު ތޯ ގުނާލާށެވެ. އޭރުން ކޮންމެ މަހަކު ސިނގިރެޓު ގަންނަން އަތުން ދާ ފައިސާގެ އަދަދު އެނގިގެން ދާނެއެވެ. މަަސް ނިމިގެން ބަލާލާއިރު ބޮޑު ހަރަދެއް ހުންނާނީ އެކަމަށް ހިނގާފަ އެވެ.
މަތީގައި އެވާ ކަންކަން ނުކުރާ ނަމަ ދިރިއުޅުގެ ހަރަދުތައް ދެކޮޅު ނުޖެހި މީހާ ދަރަނިވެރި ވެގެން ހިނގައިދާނެ އެވެ.