ads
މަސްވެރިންގެ މުޒާހަރާގެ ތެރެއިން:--
ކެޔޮޅުކަން ހުއްޓި މާކެޔޮޅުން މާޔޫސްކަމުގައި!
ދިވެހިރާއްޖޭގައި ލޭނު އަޅައިގެން ރީނދޫ އުރަހަ ކަންނެލި ބޭނުން މަނާކުރީ، 2019 ވަނަ އަހަރުގެ ތެރޭގައެވެ.
Advertisement

ފިޝަރީޒް މިނިސްޓްރީން އެގޮތަށް ނިންމީ، ޔޫރަޕުން ދިވެހި ރާއްޖޭގެ މަސްވެރިކަން ބޮއިކޮޓް ކޮށްފާނެ ކަމުގެ ބިރު އޮތް ކަމަށް ބުނެއެވެ. 

ރާއްޖޭގައި ލޭނު އަޅަދިގެ ދެ ވައްތަރެއްގެ މަސްވެރިކަން ކުރާ ބަޔަކު އުޅެއެވެ. އެއީ ލޭނު އަޅައިގެން އެކިބާވަތްތަކުގެ މަސްވެރިކަން ކުރާ މަސްވެރިންނާއި، އަތުވަޅު ލޭނު އަޅައިގެން ރީނދޫ އުރަހަ ކަންނެލީގެ މަސްވެރިކަން ކުރާ މަސްވެރިންނެވެ.

މިގޮތުން ރީނދޫ އުރަހަ ކަންނެއްޔަކީ އިންޑިއާ ކަނޑުން ހުސްވެދާނެ ކަމުގެ ބިރު އޮތް ބާވަތެކެވެ. 

މިކަމާ ގުޅޭގޮތުން ކުރީގެ ފިޝަރީޒް މިނިސްޓަރު 2019 ވަނަ އަހަރުގެ މަސްވެރިންގެ ދުވަހު ވިދާޅުވެފައިވަނީ ރާއްޖޭގައި އެންމެ ގިނައިން ބާނާ މަހުގެ ބާވަތް ކަމަށްވާ ރީނދޫ އުރަހަ ކަންނެލި އިންޑިއާ ކަނޑުން ހުސްވުމުގެ ބިރަކީ، ރާއްޖޭގެ މަސްވެރިކަމަށް ވެސް އޮތް ބޮޑު ގޮންޖެހުމެއް ކަމަށެވެ. 

"ކަނޑުމަހުގެ ސްޓޮކްގެ ހާލަތު ދެމެހެއްޓެނިވި މިންގަނޑަކަށް ގެނައުމަށްޓަކައި، އިންޑިއާ ކަނޑުގައި މަސްވެރިކަން ކުރާ ހުރިހާ ގައުމަކުން މަސް ބާނާ މިންވަރު މަދުކުރުމަށް ދުނިޔޭގެ ބޮޑެތި ރީޓެއިލަރުން މިއަދު ދަނީ ބާރު އަޅަމުން،"

ރީނދޫ އުރަހައިގެ ކަންނެލީގެ ސްޓޮކް ހުސްވެދާނެ ކަމުގެ ބިރު އޮތުމުންނާއި، އެހެނިހެން ސަބަބުތަކަކަށްޓަކައި ލޭނު އެޅުން ހުއްޓުވުމުން ރާއްޖޭގައި ރީނދޫ އުރަހައިގެ ކަންނެލި ނޫން މަސް ބާނާ މަސްވެރިންނަށް ވެސް ވަނީ ދަތިތަކަކާ ކުރިމަތިލާން ޖެހިފައެވެ. 

މިގޮތުން ރީނދޫ އުރަހައިގެ ކަންނެލީގެ މަސްވެރިކަން ކުރަނީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައެވެ. ނަމަވެސް ރާއްޖޭގެ ކަނޑުގެ އިގްތިސާދީ ސަރަހައްދާއި "ހައި ސީ" ގައި ލޭނު އަޅައިގެން މަސްވެރިކަން ކުރާ މަސްވެރިން ވަނީ މާޔޫސް ކަމަކާ ކުރިމަތިލާން ޖެހިފައެވެ.

your imageފޮޓޯ އައިޓީސީ 

ރީނދޫ އުރަހައިގެ ކަންނެލީގެ ޑިމާންޑު އޮތީ ޔޫރަޕަށް ނަމަވެސް، ހައި ސީގައި ބާނާ ލޯ ބޮޑު ކަންނެލީގެ ޑިމާންޑު ބޮޑަށް އޮތީ އެމެރިކާ އާއި ޖަޕާނު ފަދަ ގައުމުތަކަށެވެ. 

ލޭނު އަޅާއިގެން ލޯ ބޮޑު ކަންނެލީގެ މަސްވެރިކަން ކުރާ މީހަކު ބުނީ ލޭނު އަޅައިގެން ލޯ ބޮޑު ކަންނެލީގެ މަސްވެރިކަން ކުރުމަކީ ރާއްޖެއަށް އިގްތިސާދީ ގޮތުން ވެސް ބޮޑު ފައިދާއެއް ވެދާނެ ކަމެއް ކަމަށެވެ.  

"ރީނދޫ އުރަހަ ކަންނެލި އިންޑިއާ ކަނޑުން މަދުވާތީ އަޅުގަނޑުމެން ދެން ތިބެންވީތީ ލޭނު އަޅައިގެން ބޭނެން ހުރި އެހެން ބާވަތްތަކުގެ މަސްވެސް ނުބާނާތޯ؟ ލޯ ބޮޑު ކަންނެއްޔާ، ސްވޯޑް ފިޝް އަދި މާލިން ކަހަލަ ހިބަރަކީ ވެސް ޑިމާންޑުއޮތް ރާއްޖޭގެ ކަނޑުގައިވާ ހަޒާނާތަކެއް." ލޭނު އަޅައިގެން މަސްވެރިކަން ކުރަން ބޭނުންވާ މަސްވެރިއަކު ބުންޏެވެ.

your imageރީނދޫ އުރަހަ ކަންނެލި އިންޑިއާ ކަނޑުގައި ދަނީ މަދުވަމުން

ލޭނު އަޅައިހެން ބާނަ ލޯ ބޮޑު ކަންނެއްޔަކީ 90 މީޓަރަށްވުރެ އަޑިން ބާނާ ކަންނެއްޏެކެވެ. މި ޒާތުގެ މަސްވެރިކަން ކުރާ މީހުން ބުނާގޮތުން، މިހާ އަޑިން މަސްވެރިކަން ކުރާއިރު ލޭނު އަޅާ ވަދުތައް، ރާއްޖޭގައި ހިމާޔަތްކޮށްފައިވާ މަސްމަސް އުޅޭ ފުންމިންތަކާ ތަފާތު ފުންމިންތަކެއްގައި ބެހެއްޓިދާނެއެވެ. 

your imageލޭނު އަޅާއިރު ރައްކާތެރިކަމާއެކު ލޭނު އެޅިދާނެ ގޮތެއް

"އަޅުގަޑުމެން މި އެދެނީ ލޭނު އެޅުން އެއްކޮށް މަނާ ނުކުރަން. މަސްވެރިކަމަކީ ރާއްޖޭގެ އިގްތިސާދަށްވެސް މަންފާ ހޯދޭ މަސައްކަތެއް. ލޯބޮޑު ކަންނެލި ބާނާ މިންވަރު އިތުރު ކޮށްގެން ރީނދޫ އުރަހަ ކަންނެލި ބޭނުން ކޮންޓްރޯލް ކުރެވިދާނެވެ. ރާއްޖޭއިން ލޯބޮޑު ކަންނެލި ނުބޭނިއަސް އެކަން މުޅި ދުނިޔޭގަ އެދަނީ ކުރަމުން،" މަސްވެރިޔާ ބުންޏެވެ.

މަސްވެރިކަން ކުރަން ރާއްޖޭގެ ކަނޑުގެ އިގްތިސާދީ ސަރަހައްދަށް ނުކުންނަ އުޅަނދުފަހަރުން އިންސާނީ ވަގު ފާރި ކުރުމާއި، މަސްތުވާތަކެތީގެ ވިޔަފާރި ކުރާކަމުގެ ތުހުމަތުވެސް ލޭނު އެޅުން ހުއްޓުވިއިރު ކުރިއެވެ. 

ނަމަވެސް މަސްވެރިން މިކަމާ މެދު ދެކޭގޮތް މުޅިން ތަފާތެވެ. މަސްވެރިން ދެކެނީ  މަސްވެރިކަމުގެ ޒަމާނީ ގާނޫނެއް އެކުލަވާލުމާއި ވެސަލް އޮޕަރޭޓިން ޑިވައިސް ހަރުކުރުމާއި އުޅަނދު ފަހަރު ހަރަކާތްތެރިވާ ގޮތް ބެލޭނެ އިންތިޒާމުތައް ހަމަޖެއްސުމަށް ކުރާ މަސައްކަތް އަވަސް ކުރުމަށެވެ. 

މިގޮތުން ލޭނު މަސްވެރިކަން ކުރުން އެކަށީގެންވާ އުސޫލެއްގެ ތެރެއިން ގެނެސް އަލުން ފެށުމަށް ދިވެހިރާއްޖޭގައި މަސައްކަތް ކުރާ އޯޝަން ހަންޓަރ ފިޝަރީޒް ގެ ފަރާތުން ވަނީ ފިޝަރީޒް މިނިސްޓަރު ޑރ. ހުސެން ހަސަން އާއި ވެސް ބައްދަލު ކޮށްފައެވެ. 

0%
ކަމުގޮސްފި
50%
އަޑުއެހިތާ މިހުރީ
50%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް