ނަމަވެސް އޭރު ބޯޅަ ތެޅީ އެއްވެސް މަގްސަދެއް އޮވެގެން ނޫން ކަމަށް ބުނެ އޭނާ ބުނީ އޭރު ކުޅުނީ ހަމަ ކުޅޭ ހިތުން ކަމަށާއި، ނަމަވެސް ގަލޮޅު ދަނޑާ ހަމަޔަށް އާދެވުނީ ލައްކަ ބޮޑު ގުރުބާނީ އެއް ވެގެން ކަމަށެވެ.
މިއީ މިއަދު ފުޓްބޯޅައިގެ ކުރިއަރަމުން އަންނަ ޒުވާނެއް ކަމުގައިވާ އަޒުވާން އަބުދުލް އަޒީޒް މަޝްހޫރު ނަމުން (ދަގޭ) ގެ ފުޓްބޯޅައިގެ ހަޔާތް ފެށިގެން އައިގޮތް އޭނާ ކިޔައިދިން ގޮތެވެ. ބޯޅައިގެ ވަށް ދުނިޔެއިން ގަލޮޅު ދަނޑަށް ދަގޭ ނުކުތީ ފަހަރެއްގައި ވެސް އެހާ ހިސާބަށް ހިނގައިދާނެ ކަމަކަށް ނޫނެވެ. މިއަދު ދަގޭ އެންމެ އުފާވަނީ ގަލޮޅު ދަނޑުގައި އޭނާއަށް ރާއްޖޭގެ މަޝްހޫރު ކުލަބްތަކަށް ފުޓްބޯޅަ ކުޅެވޭތީއެވެ.
ދަގޭ އަކީ އުއްމީދީ ކުޅުން ތެރިއެކެވެ. އޭނާގެ އަޒުމެއް އެބައޮތެވެ. އޭނާގެ ހިތްވަރު އެބަހުއްޓެވެ. އޭނާ އުއްމީދު ކުރަނީ ގައުމީ ޓީމަށް ފުޓްބޯޅަ ކުޅެވޭނެ ދުވަހަކަށެވެ.
ފުޓްބޯޅައިގެ ގަދަ ކުޅުންތެރިއެއް ކަމަށްވާ އީގަލްސް ކުލަބަށް ކުޅަމުން އަންނަ އެކުލަބުގެ އަހްމަދު ނޫމާން (ހެލްމެޓް) ބުންޏެވެ. ހެލްމެޓް ނޫމާން ފަދަ ކުޅުންތެރިންނާއި އެކު ކުޅެވިފައި ހުރުމުގެ ސަބަބުން ނޫމާން ވެސް ދަގޭގެ ކުޅުމަށް ކުރަނީ ފޮނި އުއްމީދެކެވެ.
ކޮންމެ މީހަކުވެސް ކުރާނީ އުއްމީދު ތަކެވެ. އެ އުއްމީދު ތަކުގައި ކުލަޖެއްސުމަށް ކަށިން ހިތަވްރު ނެރެ އަޒުމާއި ސާބިތުކަން ދައްކައިފި ކޮންމެ މީހަކަށް ވެސް ކަމިޔާބީގެ އެންމެ އުސް ހަރުފަތަށް ވާސިލް ވެވޭނެއެވެ. އެއީ އެފަދަ ކޮންމެ މީހަކަށް ވެސް ވަރަށް ކައިރީ ގައި އޮތް ކަމެކެވެ. މިއަދު އަޒުވާން ވެސް ދައްކަމުން އެދަނީ އެ އަޒުމެވެ. އެ ހިތަވްރެވެ. އޭނާ ފަދައިން އެއާއިލާގައި ދެން ތިބީ ވެސް ފުޓްބޯޅަ ކުޅުން ތެރިންނެވެ. އެއްބަނޑު ހަތަރު ބެއިން ކުޅިވަރުގެ މައިދާނުން ފްޓްބޯޅައަށް ނުކުމެ ފޮޓޯއިން އެކަކު ފެންނަން ނެތަސް އަޒުވާންގެ ކޮއްކޮ ވެސް ދަނީ އަޒުވާންގެ ކިބައިން މިސާލު ނަގައިގެން ކުރިއަށެވެ.
އޭނާ މިއަދު ފުޓްބޯޅަ ކުޅެމުންދާ ކުލަބް ކަމުގައިވާ އީގަލްސް އިން ވެސް އޭނާއަށް އުއްމީދު ތަކެއް ކުރެއެވެ. އަޒުވާންގެ އުއްމީދު ތަކާއި އެއްގޮތަށް އެކުލަބުގެ ފަރާތުން ވެސް އޭނާ ކުޅުމަށް ކުރަމުން ދަނީ ވެސް ހަމަ އެފަދަ ފޮނި އުއްމީދު ތަކެވެ.
އަޒުވާން "ސީއެންއެމް' އަށް ބުނީ އޭނާގެ ފުޓްބޯޅައިގެ ހަޔާތް ފެށިގެން އައީ ގޭ ބަދިގޭގެ ފުރަގަހުން އޮތް ހުސްބިމުން ކަމަށެވެ. ބޯޅައެއް އަތަށް ލިބުނީމަ އެންމެ ކުޑައިރުން ފެށިގެން އޭގެ އެއވެސް އަމާޒެއްނެތި އެކުޅެމުން އައިކަމުގައި ވިޔަސް މިއަދު ބަދިގޭ ހުސްބިމުން ގަލޮޅު ދަނޑަށް އާދެވުނީތީ އުފާވާ ކަމަށެވެ.
ޕްރެޒިޑެންޓް ކަޕް، ދިރާގް ޕްރިމިއާލީގް، އަދި ލިބޭ ފުޓްސަލް، ފަދަ މުބާރާތް ތަކުގައި ރާއްޖޭގެ މަޝްހޫރު ކުޅުންތެރިންނާއެކު، އަޒުވާން ވަނީ ފުޓްބޯޅަ ކުޅެފައެވެ. އަދި އޭނާ ވަނީ ވިކްޓްރީ ސްޕޯޓްސް ކުލަބަށް ވެސް ކުޅެފައެވެ. މިހާރު އަޒުވާން ކުޅެމުން ދަނީ ކްލަބް އީގަލްސް އަށެވެ.
ގއ. ކަނޑުހުޅުދޫ އަށް އުފަން އަޒުވާން އަކީ ސުކޫލް ދައުރުގައި ސްކޫލްގައި ބާއްވާ ފުޓްބޯޅަ މުބާރާތް ކަމަށްވާ އިންޓަހައުސް ގައިކުޅެފައެވެ. އުމުރުން އެންމެ ހަނގު ކުއްޖަކަށް އެ މުބާރާތުގައި ކުޅެ، އެންމެ އަށް އަހަރުގައި 14 ގޯލު ކަށަވަރު ކުރި ފުޓްބޯޅައިގެ ބަތަލެކެވެ. އޭގެފަހުން އެހާ ކުޑައިރު ރަށު ލެވެލްގައި ބޭއްވި ބޮޑެތި ގިނަ މުބާރާތް ތަކުގައި ވެސް އަޒުވާން ވަނީ މޮޅުކުޅުން ދައްކައި އަތޮޅު ލެވެލް ގައިވެސް ފުޓްބޯޅަ ކުޅެފައެވެ.
އަޒުވާން އެންމެ ކުޑައިރު ފުޓް ބޯޅާއިގެ ހަދާނުން ބޫޓެއް ލިބުނު ދުވަސް އޭނާ ކިޔައި ދިނެވެ.
2012 އިން ފެށިގެން ފުޓް ބޯޅައިގެ ދުނިޔެ އަށް ވަން އަޒުވާންގެ އުމުރުން 21 އަހަރެވެ. އަޒުވާންގެ ފުޓްބޯޅައިގެ ހަޔާތުގައި ދިމާވި އެންމެ ހިތްދަތިވީ ވަގުތު އޭނާ ވަނީ ސީއެންއެމްއާ ހިއްސާ ކޮށްފައެވެ. ހަނދާނުން އެކަމެއް ފޮހެވެން ނެތް ކަމެއްގެ ގޮތުގައި އޭނާ ފާހަގަކުރީ ރަށުގައި ކުޅުނު އިރު ދިމާވި ކަމެކެވެ. އެއީ އާއިލާ ޓީމަމަކަށް ކުޅެން އެދިފައި އޮއްވާ އެހެން ޓީމަކަށް ކުޅުމުން ދިމާވި ހަމަނުޖެހުން ތަކެއްގެ ވާހަކައެވެ. އެހެންނަމަވެސް އޭނާ އެވާހަކަ މާބޮޑަކަށް ދަންކަން ބޭނުމެއް ނުވެއެވެ.
ނަމަވެސް އެއީ ހިތްވަރެއް ކަމަށް ބަލައިގަނެ ކޮންމެ ކަމެއް ވެސް ވާނީ އެކަމެއް އޮތް އެންމެ ރަނގަޅަށް ކަމަށް ވިސްނައިގެން ކުރިއަށް ގޮސްފި ނަމަ މިއަދު މިދެކޭ ހުވަފެން ހަގީގަތަކަށް ބަދަލުވުމަކީ މާ ދުރުގައި އޮތް ކަމެއް ނޫން ކަމަށް އޭނާ ދެކެއެވެ. ފުޓްބޯޅައިގެ ހަޔާތުގައި އަޒުވާން އެންމެ އުފާވަނީ ޕްރެޒިޑެންޓް ކަޕްގައި ގަލޮޅު ދަނޑުދައި ކުޅެން ލިބުނު ފުރުސަތު ގައި ރާއްޖޭގައި އޮތް އެންމެ މޮޅު ކުލަބު ކަމަށްވާ މާޒިއާ އާއި ދެކޮޅަށް ކުޅެ ގޯލެއް ކާމިޔާބު ކުރެވުނު ދުވަސް ކަމަށް އަޒުވާން ބުންޏެެވެ.
އަޒުވާން މޮޅީ ހަމައެކަނި ފްޓްބޯޅައަކަށް ވެސް ނޫނެވެ. އޭނާ އަކީ ރަށު ސުކޫލުގައި ކިޔަވުމަށް ވެސް ފާހަގަ ކޮށްލެވޭ ސުކޫލުގެ ގަދަ ފަސް ކުދިންގެ ތެރެއިން އެކެކެވެ. އަޒުވާން އަކީ އިޖްތިމާއީ ކަންކަމުގައި ވެސް ބައިވެރިވާ ކޮވިޑް ފްރޮންޓްލައިންގެ ބައިވެރިއެކެވެ. އަދި މޮޅު ފޮޓޯ ގްރާފަރެއް ވެސް މެއެވެ.
އަޒުވާން ރަށު ސުކޫލްގައި އަދާ ކުރި ވަޒީފާ ދޫކުރުމަށް ފަހު ފުޓްބޯޅަ ކުޅުމުގެ ފޯރީގައި އުޅެބޮޑުވި ރަށާއި އާއިލާ ދުރުގައި މިއަދު އުޅެމުން ދަނީ މާލޭގައެވެ. އަދި މިވަގުތު ވަޒީފާ އެއް ނެތް ކަމުގައި ވިޔަސް ވަޒީފާއެއް ހޯދުމުގެ ވިސްނުން އެބަ ގެންގުޅޭ ކަމަށާއި، ބޭނުން ވަނީ ސިޔާސީ އެއްވެސް ނުފޫޒެއް ނެތް ވަޒީފާ އެއް ކަމަށް އޭނާ ބުންޏެވެ.
އާއިލާ އާއި ދުރުގައި މާލޭގައި އުޅުނު ނަމަވެސް އެންމެ އުފާވަނީ އެންމެ ކުޑައިރު އާއިލާގެ ފަރާތުން ލިބުނު އެއްބާރުލުން އަދިވެސް ލިބޭތީ ކަމަށް އަޒުވާން ބުންޏެވެ. އަދި މިވަގުތު ފުޓްބޯޅަ ކުޅެމުންދާ ކުލަބް ކަމުގައިވާ ކްލަބް އީގަލްސް އިން ބަހައްޓާ ގާތްކަން އަޒުވާން ފާހަގަ ކުރެއެވެ.
ރަށުގައި ފްޓްބޯޅަ ކުރިއެރުވުމަށް މަސައްކަތް ކުރާ ފަރާތެއް ކަމަށްވާ މުހައްމަދު ހަމްދޫން (މޯޑްބެ) ވެސް އަޒުވާން މިހާ ހިސާބަށް ގެނެސް ދިނުމަށް ކުރިމަސައްކަތް ދުވަހަކުވެސް ހަދާން ނެތިގެން ނުދާނެ ކަމަށް ބުނެ އަޒުވާން ބުނީ މޯޑްބެ އަދިވެސް ގުޅާފައި ވަރަށް ހިތްވަރުދީ ހަދާ ކަމަށެވެ.