ads
ޗައިނާގައި ދޫނި ރޯގާ ޖެހިގެން ގިނައަދަދެއްގެ ކުކުޅު ވަނީ މަރުވެފަ
ޗައިނާގައި ދޫނި ރޯގާ ވެސް ފެތުރެން ފަށައިފި
ކޮރޯނާ ވައިރަސް ޖެހިގެން 259 މީހުން މަރުވެފައިވަނިކޮށް، އެގައުމުގައި ދޫނި ރޯގާ ވެސް ފެތުރެން ފަށައިފިއެވެ.

މި ބަލި ފެނިފައިވަނީ ޝައިޔޮންގް ސިޓީން ނެވެ. އެ ސިޓީގައި 7،850 ކުކުޅު ވަނީ މި ވައިރަސް ޖެހިގެން މަރުވެފައެވެ. 

މި ބަލި ފެތުރޭތީ ޗައިނާގެ މިނިސްޓްރީ އޮފް އެގްރިކަލްޗާ އެންޑް ރޫރަލް އެފެއާޒް އިން ވަނީ ކުކުޅު ގެންގުޅޭ 17،828 ތަނެއް ވަގުތީގޮތުން ހުއްޓައިލުމަށް އަންގައިފައެވެ. 

ޗައިނާގައި މި ވައިރަސް ޖެހިގެން  259 މީހަކު ވަނީ މަރުވެފައެވެ. މިހާތަނަށް ޗައިނާއިން އެކަނި ވެސް 2102 މީހުން ނަށް ކޮރޯނާ ވައިރަސް ވަނީ ޖެހިފައެވެ. މުޅި ދުނިޔޭގެ އެކި ކަންކޮޅުތަކުން 11،709 މީހަކަށް މި ވައިރަހުގެ އަސަރު ކޮށްފައިވާކަން ވަނީ ޔަގީން ވެފައެވެ. އަދި އެތައް ހާސް ބަޔަކު އެކި ގައުމުތަކުގައި ވަނީ ކަރަންޓީނުކޮށްފައެވެ. 

ދުނިޔޭގެ ގިނަ ގައުމުތަކުން އަންނަނީ، ޗައިނާއަށް ދަތުރުކޮށްފައިވަ މީހުން އެގައުމުތަކަށް އެތެރެވުން ހުއްޓުވަމުންނެވެ. އަދި ބައެއް އެއާލައިންތަކުން ވަނީ ޗައިނާއަށް ކުރާ ދަތުރުތައް ހުއްޓާލައިފައެވެ. 

ބައެއް ގައުމުތަކުން އަންނަނީ ޗައިނާގައި ތިބި އެގައުމުތަކުގެ އާންމުން ބޭލުމުގެ މަސައްކަތް ވެސް ކުރަމުންނެވެ. 

ކޮރޯނާ ވައިރަސް ފެތުރެން ފެށި ޗައިނާގެ ވޫހަން ސިޓީގައި ތިބި 7 ދިވެހިން އިންޑިއާށް ގެންގޮސް ކަރަންޓީނުކުރުމުގެ މަސައްކަތް ފޮރިން މިނިސްޓްރީން އަންނަނީ ކުރަމުންނެވެ. 

50%
ކަމުގޮސްފި
50%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް