ads
ޔޫކްރެއިންގެ ރައީސް ވޮލޮޑްމީރް ޒެލެންސްކީ
ތިހެން ބަލަން ނުތިބެ އަހަރުމެންނަށް އެހީވެދީ: ޔޫކްރެއިންގެ ރައީސް
ދުނިޔޭގެ ބޮޑެތި ބިޔަ ގައުމު ތަކުން ތިބީ ރަޝިއާއިން ޔޫކްރެއިން އަށް ދެމުން އަންނަ ހަމަލާތައް ބަލަން ކަމަށާއި، އެހެން ނުތިބެ ޔޫކްރެއިން އަށް އެހީތެރިވެ ދިނުމަށް، ޔޫކްރެއިންގެ ރައީސް ވޮލޮޑްމީރް ޒެލެންސްކީ އެދިވަޑައިގެންފިއެވެ.
Advertisement

ޔޫކްރެއިންގެ ވެރިރަށުގައި ހުންނަވާ ރައީސް ޒެލެންސްކީ އާއްމު ކުރެއްވި ވީޑިއޯ މެސެޖެއްގައި ވިދާޅުވީ، ރަޝިއާއިން ކުރަމުން އަންނަ ހަނގުރާމާގައި ޔޫކްރެއިންގެ އެތައް މިލިއަން ބަޔަކަށް އަސަރު ކޮށްފައި ވާކަމަށާއި، އޭގެ ތެރޭގައި ކުޑަކުދިންގެ އިތުރުން އުމުރުން ދުވަސްވީ ގިނަ ބަޔަކު ހިމެނޭ ކަމަށެވެ. 

އަދި ރަޝިއާއިން މިހާރު ހަމަލާތައް ދެމުން އަންނަނީ، ޔޫކްރެއިންގެ ހޮސްޕިޓަލު ތަކާއި، ސުކޫލް ތަކުގެ އިތުރުން އާއްމުން ދިރިއުޅެމުން އަންނަ އިމާރާތްތަކަށް ކަމަށްވެސް ރައީސް ވިދާޅުވިއެވެ. އަދި މިކަންކަން ބަލަން ދުނިޔޭގެ ގައުމުތަކުން ތިބުމުގެ ބަދަލުގައި އެހީތެރިވެދިނުމަށް ޔޫކްރެއިންގެ ރައީސް ވޮލޮޑްމީރް ޒެލެންސްކީ ވަނީ ދުނިޔޭގެ ގައުމުތަކަށް ގޮވާލައްވާފައެވެ. 

"ރަޝިއާއިން އަންނަނީ އަހަރުމެންގެ މުޅި ގައުމު ސުންނާފަތި ކުރަމުން. އެދަނީ މަދަރުސާތަކާއި ހޮސްޕިޓަލުތައް ސުންނާފަތި ކުރަމުން. ދުނިޔޭގެ ގައުމުތަކުން އެތިބެނީ ބަލަން. އެޅި ފިޔަވަޅަކުން ވީކަމެއް ނެތް. އަހަރެން މި އެދެނީ ތިހެން ބަލަން ނުތިބެ އަހަރުމެންނަށް އެހީތެރިވާން،" ޔޫކްރެއިންގެ ރައީސް ވޮލޮޑްމީރް ޒެލެންސްކީ ވިިދާޅުވިއެވެ.

މީގެ އިތުރުން ޔޫކްރެއިންގެ ރައީސް ވިދާޅުވީ، މިއަދު ޔޫކްރެއިން އަށް ދެމުންދާ ހަމަލާތަކުގެ ދިފާއުގައި ދުނިޔޭގެ ގައުމުތަކުން ބަލަން ތިބުމުން ގެއްލުން ވަނީ ހަމައެކަނި ޔޫކްރެއިން އަށް ނޫން ކަމަށާއި، ޔޫރަޕުގެ ހުރިހާ ގައުމަކަށް މިކަމުގެ ސަބަބުން ގެއްލުން ވާނެ ކަމަށެވެ. އެހެން ކަމުން މިއީ ބަލަން ތިބެވޭނެ ވަރުގެ ކަމެއް ނޫން ކަމަށް ވެސް ޔޫކްރެއިންގެ ރައީސް ވޮލޮޑްމީރް ޒެލެންސްކީ ވިދާޅުވިއެވެ. 

ޒެލެންސްކީ މިފަދައިން ވާހަކަ ދައްކަވާފައި މިވަނީ، ޔޫކްރެއިންގެ ސަރަހައްދުގެ މަތިން އުދުހުން މަނާ ކުރުމަށް އެގައުމުން ހުށަހެޅި ހުށައެޅުމަށް އެމެރިކާއިން ނޫނެކޭ ބުނުމުންނެވެ. އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް އެންޓޮނީ ބްލިންކެން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ޔޫކްރެއިންގައި މަތިންދާ ބޯޓުތަކަށް އުދުހުން މަނާކޮށްފި ނަމަ، ޔޫރަޕުގެ ސަރަހައްދު ތަކުގައި ބޮޑު ހަނގުރާމައެއް ހިނގަން ފަށާނެ ކަމަށެވެ. 

42%
ކަމުގޮސްފި
25%
އަޑުއެހިތާ މިހުރީ
25%
ސަތޭކައަކުން ސުމެއް
8%
ވަރަށް ސަލާމް
ކޮމެންޓްސް