ads
ނ. ވެލިދޫ
ދޮން ދަރިއަށް ޖިންސީ ގޯނާ ކުރި މުދިމަކު ފުލުހުން ހައްޔަރު ކޮށްފި
ދޮން ދަރިފުޅަށް އެތައް ފަހަރެއްގެ މަތިން ޖިންސީ ގޯނާ ކުރި ތުހުމަތުގައި، ނ. ވެލިދޫ މިސްކިތެއްގެ މުދިމަކު ހައްޔަރު ކޮށްފިއެވެ.
Advertisement

މިކަމާއި ގުޅިގެން ފުލުހުން ބުނީ، މި މައްސަލަ އާއި ގުޅިގެން ކޯޓު އަމުރެއްގެ ދަށުން އުމުރުން 38 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރު ކޮށްފައި ވާކަމަށެވެ. އަދި އެ މައްސަލަ ފުލުހުން އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ. 

މި މައްސަލަ އާއި ގުޅިގެން "ސީއެންއެމް" އަށް މައުލޫމާތު ދިން ވެލިދޫ މީހަކު ބުނީ، މި މައްސަލަ އެންމެ ފުރަތަމަ ފުލުހަށް ހުށަހެޅީ ހުސްވި މަހުގެ 26 ވަނަ ދުވަހު ކަމަށާއި، އެހެން ނަމަވެސް ފުލުހުން އެފަހަރު އެކަމަށް މާބޮޑު ސަމާލުކަމެއް ނުދޭ ކަމަށެވެ. އަދި ފުލުހުން ރޭ ހައްޔަރު ކޮށްގެން ގެންދިޔައީ، އެ ރަށު މިސްކިތެއްގެ މުދިމު ކަމަށާއި، އޭނާގެ ފަރާތުން ޖިންސީ ގޯނާ ލިބެމުން ދިޔައީ އޭނާގެ 12 އަހަރުގެ ދޮން ދަރިއަށް ކަމަށް ވެސް އެ މީހާ ވަނީ ބުނެފައެވެ. 

"މި މައްސަލަ އެންމެ ފުރަތަމަ ހުށަހެޅީ ފެބްރުއަރީ މަހުގެ 26 ވަނަ ދުވަހު. އެ ފަހަރު ފުލުހުން މާބޮޑަށް ސަމާލުކަމެއް ނުދޭހެން ހީވަނީ. އެހެން ނަމަވެސް ރޭ ފުލުހުންގެ ޓީމެއް ރަށަށް އައިސް އޭނާ ހައްޔަރު ކޮށްގެން ގެންދިޔައީ. އޭނާގެ ފަރާތުން އެ ކުއްޖާއަށް ޖިންސީ ގޯނާގެ އަނިޔާ ލިބޭތާ ދުވަސްތަކެއް ވެއްޖެ." ވެލިދޫއިން ވާހަކަ ދެއްކި މީހާ ބުންޏެވެ.

ފަހަކަށް އައިސް ރާއްޖޭގައި އިތުބާރު ކުރެވޭ މަގާމުތަކުގައި ތިބޭ ފަރާތްތަކުގެ ފުށުން ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ ގިނަ މައްސަލަތަކެއް ވަނީ ފެންމަތިވެފައެވެ. މިކަމާއި ގުޅިގެން ގިނަ އިދާރާތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށް އެމައްސަލަތައް ވީއެންމެ އަވަހަށް ބަލާ ފިޔަވަޅު އެޅުމަށް ސަރުކާރުގެ މުވައްސަސާތަކަށް ގޮވާލާފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް