ads
ހަތަރު މަސް ދުވަހު ތެރޭގައި ޝިޕިން ލައިން ގާއިމްކުރުމުގެ މަސައްކަތް ފަށާނެ: އެސްޓީއޯ
ކުރިއަށް އޮތް ހަތަރު މަސް ދުވަހުގެ ތެރޭގައި ގައުމީ ޝިޕިންގލައިން ޤާޢިމްކުރުމުގެ މަސައްކަތް ފަށާނެކަމަށް އެސްޓީއޯއިން ހާމަކޮށްފިއެވެ.

އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރ ހުސައިން އަމްރު މިއަދު ވިދާޅުވީ ޝިޕިންލައިން ގާއިމްކުރުމަށްޓަކައި ގިނަ މަސައްކަތްތަކެއް ކުރަންޖެހޭކަމަށެވެ. 

"ޝިޕިންލައިނެއް ގާއިމް ކުރުމަށް ގިނަ މަސައްކަތްކެއް އަންނަނީ ކުރަމުން. ގިނަ މަސައްކަތްތަކެއް ކުރަން އެބަހުރި. މަސައްކަތްތަކުގެ ތަފްސީލު މީޑިއާއަށް ހާމަކުރަމުން ގެންދާނަން،" އަމްރު ވިދާޅުވިއެވެ. 

އެސްޓީއޯއިން ވަނީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކާއި ވާދަކުރުން ހުއްޓާލައި، ބޮޑެތި ވިޔަފާރިތަކުގެ ތެރެއަށް ވަނުމަށް ނިންމާފައެވެ. 

ޝިޕިން ލައިން ގާއިމް ކުރުމުގެ މަސައްކަތަކީވެސް ބޮޑެތި ވިޔަފާރިތަކުގެ ތެރެއަށް ވަމުގެ ގޮތުން ކުރެވޭ މަސައްކަތެކެވެ. 

"ބޮޑެތި ވިޔަފާރިތަކާއި ދިމާލަށް ދިއުމަކީ ކުންފުނީގެ މިހާރުގެ ސިޔާސަތު،"

އެސްޓީއޯގެ އަމިއްލަ ޝިޕިންލައިނަކާއެކު އެ ކުންފުންޏަށް ރަނގަޅު އާމްދަނީއެއް ލިބޭނެކަމަށް އެސްޓީއޯއިން ބުނެއެވެ. 

މުދަލާއި ހިދުމަތުގެ އަގު ހެޔޮކުރުމުގެ ގޮތުން ވެސް މިވަގުތު ދިވެހިރާއްޖެއަށް ގައުމީ ޝިޕިންލައިނެއް ބޭނުންވެއެވެ. ސަބަބަކީ ބޭރުގެ ބޯޓު ފަހަރުގައި މުދާއުފުލުގެ ސަބަބުން ވަރަށް ބޮޑުތަނުން އަގު އުފުލެއެވެ. ސަބަބަކީ އެ ބޯޓު ފަހަރަށް ބޯޑުފަހަރަށް ބޮޑު ފީއެއް ދައްކަންޖެހޭތީއެވެ. 

"އެސްޓީއޯއިން ޝިޕިންގލައިންގ ވިޔަފާރިއަށް ވަންނާނީ ފުރިހަމަ ތައްޔާރީތަކާއެކު. މިހާރު މިގެންދަނީ މިކަމުގެ ފީސިބިލިޓީ ހަދަމުން،" އަމްރު ވިދާޅުވިއެވެ.

ރާއްޖޭގައި އެންމެ ފުރަތަމަ ޝިޕިންގލައިނެއް އުފެއްދީ ރައީސް އިބްރާހިމް ނާސިރުގެ ސަރުކާރުގައެވެ.މޯލްޑިވްސް ނެޝަނަލް ޝިޕިންގ ލިމިޓެޑް، އެމްއެންއެސްއެލްގެ ނަމުގައި ގިނަ އަހަރުތަކެއް ވަންދެން ކުންފުނި ހިންގުމަށްފަހު ކުންފުނި ހުއްޓާލީ ދަރަނި ބޮޑުވުމާއި ގުޅިގެންނެވެ. ނަމަވެސް އެފަަދަ ކަންކަމަށް އެސްޓީއޯ ތައްޔާރަށް އޮތްކަމަށް ވެސް އެ ކުންފުނިން ބުނެއެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް