ads
ހަނިމާދޫގައި ތަރައްގީ ކުރެވުނު ލައިބްރަރީ
ކޮމިއުނިޓީ ފަންޑުގެ ދަށުން ހަނިމާދޫ ސްކޫލް ލައިބްރަރީ ތަރައްގީކޮށްފި
ބީއެމްއެލް ކޮމިއުނިޓީ ފަންޑުގެ ދަށުން ހދ. ހަނިމާދޫ ސްކޫލްގެ ލައިބްރަރީ ތަރައްގިކޮށްފިއެވެ. މި މަޝްރޫއު ހިންގާފައިވަނީ ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާގެ ފަރާތުންނެވެ.

މި ޕްރޮޖެކްޓު  ދަށުން ލައިބްރައީއަށް ބޭނުންވާ އިތުރު ފޮތްހަރުގަނޑު ހިމަނައި، ސެން ކްލާސް ދަރިވަރުންނަށް ހާއްސަ ރީޑިންގ ކޯނާރ އެއް ގާއިމްކުރުމުގެ އިތުރުން ގޮނޑި، މޭޒު ފަދަ ފަރުނީޗަރު ވަނީ ހޯދައިދެވިފައެވެ. 

your imageހަނިމާދޫގައި ތަރައްގީ ކުރެވުނު ލައިބްރަރީ

މީގެ އިތުރުން އާންމުންގެ ފަރާތުން ހަދިޔާ ކުރި ފޮތާއެކު ޖުމްލަ 700 އަށް ވުރެ ގިނަ ފޮތް ވަނީ ލައިބްރަރީއަށް އިތުރުކޮށްދެވިފައެވެ. މި ފޮތްތަކުގެ ތެރެއިން 450 އަށް ވުރެ ގިނަ ފޮތަކީ ކޮމިއުނިޓީ ފަންޑުގެ ދަށުން ގަނެވުނު ފޮތެވެ.

your imageހަނިމާދޫގައި ތަރައްގީ ކުރެވުނު ލައިބްރަރީ

ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާގެ ރައީސް، ޙުސައިން ވަޙީދު ވިދާޅުވީ " ލައިބްރަރީ ބޭނުންކުރާ ދަރިވަރުން އިތުރުވަމުން ދިޔުމާއެކު އެ ކުދިންނަށް އެކަށޭނެ މާހައުލެއް ގާއިމްކޮށްދިނުމުގެ މަގްސަދުގައި އަޅުގަނޑުމެން ލައިބްރަރީ އިތުރަށް ތަރައްގީކުރަން ބޭނުންވީ. އައު ފޮތްތަކާއި އިތުރު ގޮނޑި މޭޒުގެ އިތުރުން ސެން ކްލާސް ކުދިންނަށް ހާއްސަ ކޯނަރ އެއް ހިމަނައި ލައިބްރަރީ އަށް މި ގެނެވުނު ބަދަލާއެކު ފޮތްކިޔުމަށާއި ފިލާވަޅުތައް ދަސްކުރުމަށް އިތުރު ކުދިން ޝައުގުވެރިވާނެ މާހައުލެއް މިވަނީ ގާއިމްވެފައި. މި ފުރުސަތުގައި ޖަމިއްޔާގެ މެންބަރުންނަށާއި އަދި އެހެނިހެން ގޮތްގޮތުން މި ޕްރޮޖެކްޓަށް އެހީވެދެއްވި އެންމެހާ ފަރާތްތަކަށް ޝުކުރު  ދަންނަވަން."

your imageހަނިމާދޫގައި ތަރައްގީ ކުރެވުނު ލައިބްރަރީ

ކޮމިއުނިޓީ ފަންޑަކީ އާންމު ފަރުދުންނާއި ޖަމިއްޔާތަކުން މުޖުތަމައަށް ފައިދާކުރާނެ ޕްރޮޖެކްޓް ހިންގުމަށް އެހީތެރިވުމުގެ ގޮތުން ތައާރަފްކުރެވުނު ފަންޑެކެވެ. 

މި ފަންޑަށް ހުށަހަޅާ ޕްރޮޕޯސަލްތަކަކީ ހިލޭ ސާބަހަށް ކުރާ މަސައްކަތްތަކަށާއި، ތަޢުލީމާއި، ކުޅިވަރު ހަރަކާތްތަކުގެ އިތުރުން ތިމާވެށި ހިމާޔަތްކުރުން ފަދަ ކަންކަމަށް އަމާޒުކޮށްގެން ހުށަހެޅޭ ޕްރޮޕޯސަލްތަކެކެވެ. މިހާރު ބޭންކުން ދަނީ މިއަހަރުގެ ފުރަތަމަ ކުއާޓަރ އަށް ހުށަހެޅުނު ޕްރޮޕޯސަލްތައް އިވެލުއޭޓް ކުރުމުގެ މަސައްކަތްކުރަމުންނެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް