މެކްސްކޮމް ކުންފުންޏަކީ، ސެމްސަންގް ކުންފުނީގެ ފޯނާއި ޓެބްލެޓްގެ ރާއްޖޭގެ އޮތޮރައިޒް ޑިސްޑިބިޓަރެވެ. އެކުންފުންޏަށް އޮތޮރައިޒް ޑިސްޓޮބިއުޓަރު ކަމުގެ މަގާމު ލިބުމާއި ގުޅިގެން އެކުންފުނިން ވަނީ، ސެމްސަންގް އަށް ހާއްސަ އޮތޮރައިޒް ސާވިސް ސެންޓަރެއް ހަމަޖައްސައި ފޯނާއި ޓެބް މަރާމާތު ކުރުމުގެ ހިދުމަތް ވެސް ފަށާފަ އެވެ.
މެކްސްކޮމް މެނޭޖަ މާކެޓިން އެންޑް ސޭލްސް މުހައްމަދު އާތިފް "ސީއެންއެމް" އަށް ވިދާޅުވީ، ސެމްސަންގެ އެންމެ ފަހުގެ ފްލެގްޝިޕް ފޯނުތައް ކަމަށްވާ ގެލެކްސީ އެސް22 އާއި ގެލެކްސީ އެސް22 އަދި ގެލެކްސީ އެސް22 އަލްޓްރާގެ ޕްރީ އޯޑަރަށް ބޮޑު ތަރުހީބެއް ލިބެމުން އަންނަ ކަމަށާއި، މި ސީރީސްގެ ފޯނު މެކްސްކޮމްއިން ގަންނަ ފަރާތްތަކަށް ސެމްސަންގެ އަހަރީ ވޮރެންޓީގެ އިތުރުން ސެމްސަންގް އޮރިޖިނަލް ކަވަރަކާއި އިޔާބަޑް އެއް ވެސް ލިބިގެންދާނެ ކަމަށެވެ.
ގެލެކްސީ އެސް 22 ގެ ފޯނުތައް މެކްސްކޮމް އިން ވިއްކުމަށް ހަމަޖެހިފައިވާ އަގުތައް:
މެކްސްކޮމް އިން ވިއްކާ ފޯނުތަކާއި އިތުރު ތަކެތި، ބީއެމްއެލް އިސްލާމިކް، ބީއެމްއެލް އީޒީ ޕޭ، އެމްއެފްއެލްސީ، އަދި އިސްލާމިކް ބޭންކްގެ އިތުރުން އެހެނިހެން އިންސްޓޯލްމަންޓް ސްކީމްތައް މެދުވެރިކޮށް ވެސް ނެގުމުގެ ފުރުސަތު ކަސްޓަމަރުންނަށް ވަނީ ހުޅުވާލެވިފައެވެ.