ads
ހުޅުމާލެ ހޮސްޕިޓަލް---
ޒަހަމްތަކާ އެކު މަގުމަތީގައި އޮއްވާ ފެނުނު މީހާ ފަރުވާއަށް ފަހު ދޫކޮށްލައިފި
ޒަހަމްތަކަކާއެކު ހުޅުމާލޭ މަގެއްގެ މަތީގައި އޮއްވާ ފެނުނު މީހާއަށް ފަރުވާދިނުމަށްފަހު ދޫކޮށްލައިފި އެވެ.
Advertisement

ހުޅުމާލޭ ދެވަނަ ފިޔަވަހި ފެށޭ ހިސާބުގެ ބުރިޖެއްގެ ކައިރިން ޒަހަމްތަކަކާއެކު މީހަކު އޮއްވާ ފެނުނީ މިދިޔަ އާދިއްތަ ދުވަހުގެ ހަވީރުގެ ވަގުތެއްގައެވެ. އެއީ އުމުރުން 32 އަހަރުގެ ބިދޭސީއެކެވެ. އޭނާގެ ބޮލަށް އަނިޔާވެފައިވާކަމަށް ފުލުހުން މީގެކުރިން ވަނީ ބުނެފައެވެ.

ފުލުހުން މިއަދު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނެފައިވަނީ އެ މީހާއަށް ހުޅުމާލޭ ހޮސްޕިޓަލުގައި ފަރުވާދިނުމަށްފަހު ހޮސްޕިޓަލުން ދޫކޮށްލުމުން މިހާރު އޭނާ މަސައްކަތްކުރާ ކުންފުންޏާއި ހަވާލުކޮށްފައިވާ ކަމަށެވެ.

ހަމައެހެންމެ މި މައްސަލައާއި ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައެއްނުވާ ކަމަށާއި, މައްސަލަ ތަހުގީގު ކުރަމުން އަންނަކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް